ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުރެ ރިޝްވަތު ނަގާވަރުން، ޖޭއެސްސީއިން ސަސްޕެންޑު ކުރުމުން މަގާމުން ވަކިވި ނިހާޔަތު، މުއިއްޒު ބުނެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލައިފިއެވެ.
2015 ވަނަ އަހަރު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ނިހާޔަތު ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުއްޓާ ސަސްޕެންޑް ކޮށްފައެވެ. މައްސަލާގެ ބާވަތުން ގާޒީ ކަމުން ވަކި ކުރުމަށް ނިންމާފައި ވަނިކޮށް އޭރު އޭނާ ވަނީ އަމިއްލަ 2015 ވަނަ އަހަރު ޑިސެމްބަރު 31 ގައި އިސްތިއުފާ ދީފައެވެ. އޭރެ ބަލަމުން ދިޔައީ ފައިސާ އަށް ގާޒީ ކަމުގައި ހުރެގެން ނިހާޔަތު މައްސަލަ ނިންމަދޭ މައްސަލައެވެ. ގާޒީއަކަށް ހުރެގެން ފައިސާ ނަގައިގެން ހުކުމެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭސީސީންވަނީ ނިހާޔަތުގެ ބޭންކު އެކައުންޓުތަކުގެ ސްޓޭޓްމެންޓުތައް ވެސް އޭރު ހޯދާފައިވެއެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުންނަވައިގެން ގާޒީ މަރިޔަމް ނިހާޔަތު ކަސްޓަމްސް ކޮމިޝަނަ ޖެނެރަލްގެ މަގާމު ހޯއްދެވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްއާއި ބައްދަލުކޮށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ރައީސް ޔާމީން އެއަށްވުރެ ރަނގަޅު މަގާމެއް އޭނާއަށް ހަމަޖައްސައި ދެއްވިއެވެ. އެއީ އެސިސްޓެންޓް ޕީޖީގެ މަގާމެވެ. ނިހާޔަތަކީ ރައީސް ޔާމީނުގެ އަނބިކަބަލުންނާއި ގާތް ގުޅުމެއް މިހާރުވެސް އަދި އޭރުވެސް އޮންނަ ފަރާތެކެވެ.
ޕީޖީއިން ނިހާޔަތު ހުރި އިރު އޭނާ ބަލަމުން ދިޔަ ބައެއް މައްސަލަތައް އެތަނުން ވަކިވެގެން، އެ މައްސަލައިގެ ގާނޫނީ ވަކީލު ކަން ކުރުމުން ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން އެކަމަށް އިންކާރުކޮށްފައިވާ ދެ މައްސަލައެއްވެސް ނިހާޔަތުގެ ފަރާތުން ރައްޔިތުންނަށް ފެނިފައިވެއެވެ. މިއީ ޒިންމާދާރު މަގާމެއްގައި ހުރެ، ވަކިވެގެން ޝަރަފުވެރި، ނުވަތަ ރަނގަޅު އަޚުލާގެއް ހުރި އެއްވެސް ފަރާތެއް ކުރާނެ ކަމެއް ނޫނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މީގެ ކުރިން 2019 ގައި ވެސް ނިހާޔަތު ކުރިމަތިލިއެވެ. ނަމަވެސް އަޚްލާގީ ގޮތުން ފަނޑިޔާރު ކަމަށް އެކަށީގެން ނުވާ އަދި ޖޭއެސްސީއިން އޭނާގެ މައްސަލަ ބަލައި ސަސްޕެންޑް ކޮށްފައިވާ ފަރާތެއް އަލުން ފަނޑިޔާރު ކަމަށް ގެނައުމަކީ ޖުޑިޝިއަރީގެ މިނިވަން އަދި އިންސާފުގެ ތަސައްވުރު ހުތުރުވެގެން ދާނެ ކަމަކަށް ވާތީ އޭނާ ސުޕްރީމް ކޯޓަށް ނަގާފައި ނުވެއެވެ.
މުއިއްޒަށް ރަނގަޅީ ކޮރަޕްޓު ނުބައި ފަރާތްތައް ކަމުން، ނިހާޔަތު ޤާޒީކަމަށް ގެންނަށް މުއިއްޒު އާއި ޖަންގިޔާ ނާޒިމް ނިންމާފައިވާ ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެެ. ނިހާޔަތަކީ ކޯޓުގައި ރިޝްވަތަށް ހުކުން ކުރުމަށް ރަތްލާޖެހި މަޝްހޫރު މީހެކެވެ.