ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕަސަންގެ މަގާމުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުތުރުކޮށް ވަކިކޮށް، ޕާޓީ ހިންގުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއާ ހަވާލުކޮށްފައިވާކަން އެނގިއްޖެ އެވެ.
ފަލާހަކީ އަބްދުއްރަހީމްގެ ހުރި މިންވަރަށްވެސް ތައުލީމެއް ހުރި ފަރާތެއް ނޫނެވެ. ސާނަވީ ތައުލީމު އުނގެނިގެން ނެތް އިރު، ދިވެހިވެސް އިނގިރޭސި ވެސް ނޭނގޭ، ފަރާތެކެވެ. އަބްދުއްރަހީމް އަށް ދިވެހިބަހާއި، ދިވެހިބަހުން ހިސާބު އިލްމު އޭރު ރަށްރަށުގައި ކިޔަވައިދީފައިވާ މިންވަރަށް ހުރީ ކިޔަވައިގެންނެވެ. ނަމަވެސް ފަލާހު އަކީ ގްރޭޑް 6 ގެ ފެންވަރުވެސް ނެތް މީހެކެވެ. ރާއްޖޭގެ އޮތް ދެވަނައަށް އެންމެ ބޮޑު ޕާޓީ ހިންގަނީ ސާނަވީ ތައުލީމު ނެތް ފަރާތެކެވެ. މިއީ މުއިއްޒުގެ ނާގާބިލުކަމާއި، އިލްމު ހުރި މީހުންނާއި މެދު އޭނާ ޖެހިލުންވާ މިންވަރު ފެނިގެން ދިޔަ ކަމެކެވެ.
ތަފްސީލު އަންނަނީ...