ޚަބަރު

ޖޭއެސްސީއިން މިހާރު ހިންގަނީ ސަދޫމުގައި ކުރިއަށް ދިޔަ ކަހަލަ ނުބައި ތަހްގީގުތަކެއް؛ ފަނޑިޔާރު އަޒްމިރަލްޑާ އަށްވެސް، މަހާޒަށްވެސް ޤާނޫނީ ވަކީލެއްގެ ހައްޤު މުއިއްޒު އަންގައިގެން ނުދިން!

ދިޔަވަރު
ޖޭއެސްސީއިން މިހާރު ހިންގަނީ ސަދޫމުގައި ކުރިއަށް ދިޔަ ކަހަލަ ނުބައި ތަހްގީގުތަކެއް؛ ފަނޑިޔާރު އަޒްމިރަލްޑާ އަށްވެސް، މަހާޒަށްވެސް ޤާނޫނީ ވަކީލެއްގެ ހައްޤު މުއިއްޒު އަންގައިގެން ނުދިން!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ސިއްރު ތަހުގީގުގައި ގާނޫނީ ވަކީލެއްގެ ބޭނުން ހިފުމުގެ ފުރުސަތަށް ހުރަސްއަޅައިފިއެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ވަކީލަށްވެސް ދިފާއުގައި ވާހަކަދެއްކުމުގެ ހައްޤު ނުދީވަނީ ބަޔާންތަކެއް ނަގާފައެވެ.

ސުލޫކީ މައްސަލާގައި ފަނޑިޔާރު އަޒްމިރާލްދާ ހާޒިރުކުރީ މިއަދު ހެދުނު 10:00 ގައެވެ. ރައީސް މުއިއްޒު އައްޔަންކުރެއްވި މެންބަރު ޔަޒްމީދު މުހައްމަދު ޗެއާކުރާ ކޮމިޓީން އަޒްމިރަލްދާގެ ބަޔާން ނެގުމަށް ގަޑިއިރެއްހާއިރު ހޭދަކުރިއެވެ.

އަޑުއެހުމަށްފަހު ފަނޑިޔާރު އަޒްމިރަލްޑާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ޖޭއެސްސީގެ ތުހުމަތުތަކަށް ފަނޑިޔާރު އިންކާރުކުރެއްވި ކަމަށެވެ. "އެބޭފުޅުން ފުރުސަތެއް ނުދެއްވި. ވަކީލަށް އެއްވެސް ވާހަކައެއް ނުދެއްކެވޭނެ ކަމަށް އެބޭފުޅުން ފާހަގަކުރައްވަމުން ގެންދެވީ," ވަކީލު ވިދާޅުވިއެވެ.

މައްސަލަ ބަލާ ކޮމިޓީ އެކުލަވާލާފައިވަނީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް އަޒްމިރާލްދާ ވިދާޅުވިއެވެ. އަދި އޭނާގެ ދިފާއުގައި އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އެދުނަސް، އާންމު މަސްލަހަތަށް ގެއްލުންވެދާނެ ކަމަށް ބުނެ ތަހުގީގު ސިއްރުކުރުމަށް މުއިއްޒު އަންގައިގެން ވަނީ ނިންމާފައެވެ. ނަމަވެސް ޙަޤީގަތުގައި އަޑުއެހުން ސިއްރު ކޮށްފައިވަނީ މުއިއްޒުގެ އަނިޔާވެރިކަން ފަޟީހަތްވާލެއް ބޮޑުވެދާނެތީއެވެ.

މި ކޮމިޓީގެ ޗެއަރ ޔަޒްމީދަކީ މުއިއްޒުގެ ކޮރަޕްޝަން މައްސަލަތައް މުއިއްޒު ބޭނުންވާ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ގެންދިޔަ ފައިސާއަށް މައްސަލަ ނިންމާ ފަރާތެއްކަން ރާއްޖޭގެ ކުޑަ ބޮޑު އެންމެންނަށް އެނގޭ މީހެކެވެ. ފަނޑިޔާރުންގެ އަސާސީ ހައްޤުތައް ނިގުޅައިގަނެ، ފަނޑިޔާރުން ވަކި ކުރުމަށް މި ތަހުގީގުތައް ހިންގަނީ މުއިއްޒުގެ އެންގުމުގެ މަތިންނެވެ.