އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހިރާތަކުގައި މިރޭވެސް ގިނަ ބަޔަކު މުޒާހިރާގައި ބައިވެރިވެ "ފްލެޓް ވަގު" "ކައްޒާބު" އިސްތިއުފާއަށް ގޮވައިފިއެވެ.
އެމްޑީޕީގެ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށް ދިން ފެލްޓެތްކާއި ގޯތިތަށް މިސަރުކާރުން ނިގުޅައިގެންފައިވާތީ, މުއިއްޒުގެ ބޭއިންސާފާ ދެކޮޅަށް އެމްޑީޕީން މާލޭގެ މަގުތަކުގައި ކޮންމެ ރެއަކުވެސް ބާއްވަމުންދާ މުޒާހިރާތަކުގައި, މިރޭގެ މުޒާހިރާގެ ބައިވެރިންވެސް ވަނީ "ކައްޒާބު"ގެ އިސްތިއުފާއަށް ގޮވާ, ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވުމަށްވެސް ވަނީ ގޮވާފައެވެ.
އަދި އޭގެ އިތުރުން އިޒްރޭލް ޕާސްޕޯޓު ބޭން ކުރުމަށާއި, ދިވެހިން ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓުވުމަށްވެސް މުޒާހިރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އަދި އޭގެ އިތުރުން މުއިއްޒު މަޖިލިސް މެމަރުންގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށާއި, މުއިއްޒު ދިވެހިންގެ ފްލެޓްތައް ފޭރިގެންފައިވާކަމަށްވެސް މުޒާހިރާގެ ބައިވެރިން ވަނީ އަޑު އުފުލާފައެވެ.
އެމްޑީޕީން މާލޭގެ މަގުތަކުގައި ބާއްވަމުންދާ މުޒާހިރާތަކުގައި ބައިވެރިވާ އާންމު ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަ ކޮށްލެވެއެވެ.