ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ އުޅެނީ ރައްޖޭގެ ނައިބު ރައީސް ކަމުގައި ހެދިގެން ކަމަށާއި, އެހެންނަމަވެސް މަންމައަކަށް ވެހުރެ ސާޖިދާ ހުރީ ފެއިލް ވެފައި ކަމަށާއި, ދެންވެސް ދަރިންބަލާ ރަގަޅު ގޮތުގަ މަސައްކަތް ކުރުން ރަގަޅުވާނެކަމަށް ބުނެ އެމްޑީޕީގެ އިސް އެކްޓިވިސްޓު މަންދީ ސާޖިދާއަށް ރައްދު ދީފިއެވެ.
ރައީސް މުއިއްޒުއާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާގެ ފިރިހެން ދަރިފުޅު ވޭޕް ބޯކަމަށް ބުނެ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ, އަދި ގަލޮޅު ދެކުނު ދާއިރާގެ މަންމަ މަންދީ, މުއިއްޒުއާއި ސާޖިދާގެ ފިރިހެން ދަރިފުޅު ވޭޕް ބޯކަމަށް ބުނުމުން, ޕީއެންސީގެ އެކްޓިވިސްޓުން މެދިވެރިކޮށް, ސާޖިދާ މަންދީއަށް ފުރައްސާރަ ކޮށްފައިވާކަމަށް ރޭ އެމްޑީޕީން ބޭއްވި މުޒާހިރާގައި ވަހަކަ ދައްކަމުން މަންދީ ވަނީ ބުނެފައެވެ.
ރޭ އެމްޑީޕީން ބޭއްވި މުޒާހިރާގައި ވާހަކަ ދައްކަމުން މަންދީ ބުނެފައިވަނީ, އޭނާ ސަޖިދާގެ ދަރިންގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި, އެހެންނަމަވެސް ޒުވާނުންގެ ހައްގުގައި އެވާހަކަ ދައްކަން މަޖުބޫރުވާ ކަމުގައެވެ.
މަންދީ ބުނެފައިވަނީ ޒުވާނުން މިހާރު ބިޑި އަނބުރަން މަޖުބޫރު ވީ މުއިއްޒު ވޭޕް މަނާ ކުރުމުގެ ސަބަބުން ކަމުގައެވެ.
މަންދީ ބުނެފައިވަނީ, ރާއްޖެއިން ވޭޕް މަނާ ކޮށްފައިވަނީ މުއިއްޒުއާއި ސާޖިދާގެ ފިރިހެން ދަރިފުޅު ވޭޕް ބޯން ފެށުމުން ކަމުގައެވެ.
މުއިއްޒުއާއި ސާޖިދާގެ ފިރިހެން ދަރިފުޅު ވޭޕް ބޯން ފެށުމުން އެކަމުގެ އުދަގޫ ތަހައްމަލް ކުރަން ޖެހިފައިވަނީ ރާއްޖޭގެ އެންމެހާ ޒުވާނުން ކަމުގައިވެސް މަންދީ ބުނެފައި ވެއެވެ. އަދި މިހާރު ކަންކަން މަތީގައި ބިޑި އަނބުރަން މިއަދު ޒުވާނުންނަށް ތިބެން ޖެހިފައިވަނީ އެއްވެސް އިންސާފެއް ނެތި ވޭޕް މަނާ ކުރުމުން ކަމަށާއި, ޒުވާނުން އެހާލުގައި އުޅެން ޖެހިފައިވަނީ, މުއިއްޒުއާއި ސާޖިދާއަށް އެދެމީހުންގެ ދަރިންނަށް ރަގަޅު ތަރުބިއްޔަތެއް ނުދެވިގެން ކަމުގައިވެސް މަންދީ ބުނެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒު ވޭޕް މަނާ ކޮށްފައިވަނީ މުއިއްޒުއާއި ސާޖިދާގެ ފިރިހެން ދަރިފުޅު ވޭޕް ބޯން ފެށުމުންނެވެ.
ރޭގެ މުޒާހިރާގައި މަންދީ ބުނެފައިވަނީ, ސާޖިދާ ހުރީ މަންމައަކަށް ވެހުރެ ފެއިލް ވެފައިކަމަށާއި, ދެންވެސް ދަރިން ރަގަޅު ގޮތުގައި ބަލާ ބޮޑު ކުރުމަށް ނަސޭހަތްތެރި ވާކަމުގައެވެ.
އަދި މަންދީ ބުނެފައިވަނީ, މަގުމައްޗަށް ކުދިންކޮޅެއް ނެރެ ކިތަންމެ ބިރެއް ސާޖިދާ ދެއްކިޔަސް ފަހަތަށް ނުޖެއްސޭނެ ކަމުގައެވެ.