ޚަބަރު

މުއިއްޒުގެ އާއިލާގެ ފަރާތުން ނޫސްވެރިންނާ ބައްދަލު ކުރަނީ ހަގީގަތް އޮޅުވާލުމަށް, މުއިއްޒުގެ ދަރިފުޅު ސްކޫލު ފާޚާނަ ތެރޭގައި ސިއްރުން ވޭޕް ބޮމުން ދިޔަކަމަށް ހެކިދޭނެ ޓީޗަރުންވެސް އެބަތިބި!

ދިޔަވަރު
މުއިއްޒުގެ އާއިލާގެ ފަރާތުން ނޫސްވެރިންނާ ބައްދަލު ކުރަނީ ހަގީގަތް އޮޅުވާލުމަށް, މުއިއްޒުގެ ދަރިފުޅު ސްކޫލު ފާޚާނަ ތެރޭގައި ސިއްރުން ވޭޕް ބޮމުން ދިޔަކަމަށް ހެކިދޭނެ ޓީޗަރުންވެސް އެބަތިބި!

ރައީސް މުއިއްޒުއާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާގެ ދަރިފުޅު ވޭޕް ބޯކަމަށް ބުނެ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ, އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަންދީ, މުއިއްޒުއާއި ސާޖިދާގެ ދަރިފުޅު ވޭޕް ބޯކަމަށް ބުނުމުން, ސޯޝަލް މީޑިއާގައި އަޑު ފެތުރިފައި ވަނިކޮށް, މިއަދު މެންދު މުއިއްޒުގެ އާއިލާގެ ފަރާތުން ނޫސްވެރިންނާއި ބައްދަލު ކުރުމަށް ނިންމައިފިއެވެ.

މުއިއްޒުގެ ދަރިފުޅު ވޭޕް ބޯންކަން ހާމަވެ, އާންމު ރައްޔިތުން އެވާހަކަތައް ދައްކާން ފެށުމާއެކު މުއިއްޒުގެ އާއިލާގެ ފަރާތުން މިއަދު ނޫސްވެރިންނާ ބައްދަލު ކުރަނީ އެވާހަކަތައް ދޮގުކޮށް ހަގީގަތް އޮޅުވާލުމަށްކަމަށް ބެލެވެއެވެ. އެހެންނަމަވެސް, މުއިއްޒުގެ ދަރިފުޅު ސްކޫލް ފާޚާނާ ތެރޭގައި ވަގަށް ވޭޕް ބޮމުން ދިޔަކަމާއި, އެކަން ސްކޫލުގެ ޓީޗަރުންނަށް އެނގި, އެކަން ހުޓުއްވުމަށް އާއިލާއާއި ތަކުރާރުކޮށް ސްކޫލުގެ މެނޭމަންޓުން ވާހަކަ ދައްކާފައިވާކަމަށް އެނގިފައި ވެއެވެ. އަދި މުއިއްޒުއާއި ސާޖިދާގެ ދަރިފުޅު ސްކޫލް ފާޚާނާ ތެރޭގައި ސިއްރުން ވޭޕް ބޮމުންދިޔަކަމަށް ހެކިދޭނެ ސްކޫލުގެ ޓީޗަރުންވެސް ތިބިކަމަށް, "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކު, މައުލޫމާތު އެގި ހުރި ފަރާތުން ބުނެފައި ވެއެވެ.

އެމްޑީޕީން ކުރީރޭ ބޭއްވި މުޒާހިރާގައި ވާހަކަ ދައްކަމުން މަންދީ ބުނެފައިވަނީ, އޭނާ ސަޖިދާގެ ދަރިންގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި, އެހެންނަމަވެސް ޒުވާނުންގެ ހައްގުގައި އެވާހަކަ ދައްކަން މަޖުބޫރުވާ ކަމުގައެވެ.

މަންދީ ބުނެފައިވަނީ ޒުވާނުން މިހާރު ބިޑި އަނބުރަން މަޖުބޫރު ވީ މުއިއްޒު ވޭޕް މަނާ ކުރުމުގެ ސަބަބުން ކަމުގައެވެ.

މަންދީ ބުނެފައިވަނީ, ރާއްޖެއިން ވޭޕް މަނާ ކޮށްފައިވަނީ މުއިއްޒުއާއި ސާޖިދާގެ ފިރިހެން ދަރިފުޅު ވޭޕް ބޯން ފެށުމުން ކަމުގައެވެ.

މުއިއްޒުއާއި ސާޖިދާގެ ދަރިފުޅު ވޭޕް ބޯން ފެށުމުން އެކަމުގެ އުދަގޫ ތަހައްމަލް ކުރަން ޖެހިފައިވަނީ ރާއްޖޭގެ އެންމެހާ ޒުވާނުން ކަމުގައިވެސް މަންދީ ބުނެފައި ވެއެވެ. އަދި މިހާރު ކަންކަން މަތީގައި ބިޑި އަނބުރަން ޒުވާނުންނަށް މިއަދު ތިބެން ޖެހިފައިވަނީ އެއްވެސް އިންސާފެއް ނެތި ވޭޕް މަނާ ކުރުމުން ކަމަށާއި, ޒުވާނުން އެހާލުގައި އުޅެން ޖެހިފައިވަނީ, މުއިއްޒުއާއި ސާޖިދާއަށް އެދެމީހުންގެ ދަރިންނަށް ރަގަޅު ތަރުބިއްޔަތެއް ނުދެވިގެން ކަމުގައިވެސް މަންދީ ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި މުއިއްޒު ވޭޕް މަނާ ކޮށްފައިވަނީ މުއިއްޒުއާއި ސާޖިދާގެ ދަރިފުޅު ވޭޕް ބޯން ފެށުމުންނެވެ.

ކުރީ ރޭގެ މުޒާހިރާގައި މަންދީ ބުނެފައިވަނީ, ސާޖިދާ ހުރީ މަންމައަކަށް ވެހުރެ ފެއިލް ވެފައިކަމަށާއި, ދެންވެސް ދަރިން ރަގަޅު ގޮތުގައި ބަލާ ބޮޑު ކުރުމަށް ނަސޭހަތްތެރި ވާކަމުގައެވެ.

އަދި މަންދީ ބުނެފައިވަނީ, މަގުމައްޗަށް ކުދިންކޮޅެއް ނެރެ ކިތަންމެ ބިރެއް ސާޖިދާ ދެއްކިޔަސް ފަހަތަށް ނުޖެއްސޭނެ ކަމުގައެވެ.