ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ އެމްޑީޕީ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް މަދަނީ ދައުވާތަކެއް ކުރުމަށް ނިންމަވާފައެވެ. މިއީ ރައީސްގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުއަކީ ދުންފަތު އިސްތިއުމާލުކުރާ ބޭފުޅެއްކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ ޖިނާއީ ދައުވާއެއް ނުކުރާނެ ކަމަށާއި، ރައީސްގެ 18 އަހަރު ނުފުރޭ ބޭފުޅުންގެ ހައްގުތައް ގެއްލި ނުރައްކަލަށް ހުށަހެޅުނީމާ މި ނިންމުން ނިންމީ ކަމަށެވެ. ނަމަވެސް ދައުވާގެ ތަފްސީލު މިވަގުތު ހާމައެއް ނުކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ދަރިކަލުންނާ ގުޅުވައި ކުރި ތުހުމަތެއްގެ ސަބަބުން، ފައްޔާޒް އާއި މަންދީގެ އިތުރުން އެމްޑީޕީ އާއި ދެކޮޅަށް ފަސްޓް ލޭޑީ ދައުވާ ކުރަން ނިންމައިފި