ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ ދެވަނަ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލަން އޭނާ އެދުނު ނަމަވެސް، ކޮމިޝަނުން އެކަން ނުކުރަން ނިންމައިފިއެވެ. ފުރަތަމަ މައްސަލައިގައިވެސް އާންމުކޮށް ހުޅުވާލުމަށް އަޒްމިރާލްދާ އެދުނު ނަމަވެސް އެ ފުރުސަތު ނުދެވުނެވެ.
މި މައްސަލަތަކަކީ އޭނާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލަ އަދި ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަށް ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރުބަހުން" ވާހަކަދެއްކި މަޖިލީހުގައި އަޒްމިރަލްދާ އިން މައްސަލައެވެ.
މި މައްސަލަތަކުގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށްވެސް ތުހުމަތުކުރެވި، ދެފަނޑިޔާރުންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
މުއިއްޒު ދަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، ފަނޑިޔާރުން ވަކި ކުރުމަށް ޤާނޫނުން ބޭރުން ޖޭއެސްސީއަށް އަމިއްލަ ކޮމިޓީއެއް އައްޔަން ކޮށްގެން މަސައްކަތް ކުރަމުންނެވެ.