ޚަބަރު

03 މަހުގެ ކުޑަ ދަރިއަކު އޮތް މަޔަކު 14 ދުވަސް ވަންދެން ޖަލުގައި ބާއްވައި ގާތުން ނުދެވޭ ގޮތް ހެދީ ރައީސް މުއިއްޒުގެ ދެމަފިރިން

ދިޔަވަރު
03 މަހުގެ ކުޑަ ދަރިއަކު އޮތް މަޔަކު 14 ދުވަސް ވަންދެން ޖަލުގައި ބާއްވައި ގާތުން ނުދެވޭ ގޮތް ހެދީ ރައީސް މުއިއްޒުގެ ދެމަފިރިން

03 މަހުގެ ކުޑަ ދަރިއަކު އޮތް މަޔަކު 14 ދުވަސް ވަންދެން ޖަލުގައި ބާއްވައި ގާތުން ނުދެވޭ ގޮތް ހެދީ ރައީސް މުއިއްޒުގެ ދެމަފިރިން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ޝަމްނާޒް އަލީ ހައްޔަރު ކުރި ދުވަހުގެ ހެޑްލައިންތައް ދައުރު ކުރަން ފަށައިފިއެވެ.

މި ހެޑްލައިންތައް ދައުރުވާން ފަށާފައިވަނީ، ރައީސްގެ ދަރިކަލުންގެ ހައްޤަށް އަރައިގަނެފައިވާ ކަމަށް މިއަދު ސަރުކާރުން އިންތިޒާމުކޮށްގެން ފަސްޓްލޭޑީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެންނެވެ.

ޝަމްނާޒް އަލީ އާއި، އޭނާގެ ކޮއްކޮ ހައްޔަރު ކޮށް، ދެފަހަރު މަތިން 7 ދުވަހުން 7 ދުވަހުން މުއްދަތު ޖަހައި، 14 ދުވަހު ޖަލުގައި ބާއްވާފައިވާއިރު، ޝަމްނާޒްގެ ފަރާތުން އޭނާގެ އެންމެ 3 މަހުގެ ދަރިއަށް ކައިރިން ދެވޭނެ ގޮތް ހަދާ ނުދީގެން އެވާހަކަ މީޑިޔާއާއި އޭރު ހިއްސާ ކޮށްފައިވެއެވެ.

ޝަމްނާޒު ހައްޔަރު ކޮށްފައި ވަނީ، 23 ޖޫން 2024 ގައެވެ. ދޫކޮށްފައި ވަނީ، 13 ޖުލައި 2024 ގައެވެ.

3 މަހުގެ ކުއްޖަކަށް ގާތުން ނުލިބުމަށްވުރެ، މީހެއްގެ ދަރިއަކަށް ދެވޭނެ ވަކި ބޮޑު އަނިޔާއެއް ނޯންނާނެއެވެ. 3 މަހުގެ ދަރިއަކަށް މައެއްގެ ކިބައިން ބޭނުންވާނެ އަޅާލުން ނުދަންނަ އެއްވެސް މަޔަކު ނެތް އިރު، އޭނާ ޖަލުން ދޫކޮށްލީ 28 ޖޫން 2024 ގައި ބައިނަލްއަގްވާމީ ބޮޑެތި މީޑިޔާތަކުން ސިހުރު ހެދި ކަމުގެ ތުހުމަތުގައި، ރައީސް މުއިއްޒު ޝަމްނާޒް ހައްޔަރު ކުރި ވާހަކަ ގެނައުމާއި ގުޅިގެންނެވެ.

ރައީސް މުއިއްޒުގެ ދެމަފިރިންގެ ތުހުމަތަކަށް ހައްޔަރު ކުރެވުނު ޝަމްނާޒް އަލީގެ މައްސަލަ ނިމުނު އިރު، ސިހުރު ހެދިކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވެއެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި ޝަމްނާޒް އަލީ ހައްޔަރު ކޮށްފައިވަނީ ފަސްޓް ލޭޑީ ސާޖިދާ ކަރޯކޭ ކުރާ ވީޑިޔޯތައް އޭނާ ލީކު ކޮށްލިކަމަށް ބަލައި ބަދަލު ހިފުމުގެ ގޮތުންނެވެ. އެފަހަރުވެސް ވަނީ ކަރޯކޭ ނުކުރާ ކަމަށް ބުނެ، ރައީސް އޮފީހުން މިއަދު ނެރުނުފަދައިން ބަޔާން ނެރެފައެވެ. އެ ބަޔާން ނެރުނު ފަހުން، ޝަމްނާޒް އަލީ ލީކް ކޮށްލި ކަމަށް ބުނާ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި އާންމުވިއެވެ. މިފަދަ ދޮގުތައް ތަކުރާރު ކުރެއްވުމުގެ ސަބަބުން ރައީސް މުއިއްޒުގެ ދެމަފިރިން ދައްކާ ވާހަކަ ރައްޔިތުން މިއަދު ޤަބޫލު ނުކުރައްވައެވެ. ރައީސްގެ ދަރިކަލުން ވޭޕް ނުބޯކަމަށް ބުނެ، ސާޖިދާ އާއި ހަވާލާދީ ކޮށްފައިވާ ހުރިހާ ހަބަރެއްގެ ފޭސްބުކްގައި ރައްޔިތުންގެ ތެރެއިން %99 މީހުން ރިއޭކްޓް ކޮށްފައި ވަނީ ހޭ 😂 އިމޯޖީ ބޭނުން ކޮށްގެންނެވެ. މާނަ އަކީ އެއިން އެއްވެސް ފަރާތެއް މިއަދު ސާޖިދާގެ ފަރާތުން ދެއްކި އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެއެވެ.