ޚަބަރު

ސާޖިދާގެ ކޮއްކޮ, ހަލީމަތު ބުޝްރާ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ޕްރޮމޯޓު ކޮށްފި, މުސާރައަށް މަހަކު 70,000 ރުފިޔާ ގެއަށް ގެންދަން ލިބޭނެ!

ދިޔަވަރު
ސާޖިދާގެ ކޮއްކޮ, ހަލީމަތު ބުޝްރާ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ޕްރޮމޯޓު ކޮށްފި, މުސާރައަށް މަހަކު 70,000 ރުފިޔާ ގެއަށް ގެންދަން ލިބޭނެ!

މާލެ، 16 މާރޗް 2025 - އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އިން ހަލީމަތު ބުޝްރާ ޖެނެރަލް މެނޭޖަރ (ޑިވިޜަން ހެޑް) ގެ މަޤާމަށް ޢައްޔަންކޮށްފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަލީމަތު ބުޝްރާ އެމްޓީސީސީގެ އެންމެ އިސްމަގާމްތަކުގެ ތެރެއިން މަގާމެއް ހަމަޖައްސާފައިވަނީ ސީދާ މެޑަމް ސާޖިދާ އަންގަވައިގެން ކަމަށާއި, މިއީ މަސައްކަތުގެ ތަޖުރިބާ ނެތް, ޖޫނިއަރ ކުއްޖަކު އެމްޓީސީސީފަދަ ތަޖުރިހާ ހުރި, އަދި އެއްފަހަރާ އެތައް ސަތޭކަ ޕްރޮޖެކްޓެއް ހިންގާންޖެހޭ ކުންފުންޏެއްގެ އެންމެ އިސް އެއް މަގާމަށް އެކުންފުނީގެ ތާރީޚުގައިވެސް ހަމަޖެއްސި ފުރަތަމަ ފަހަރު ކަމުގައެވެ. މިމަޤާމުގައި ބުޝްރާ އެންމެ އިސްކޮށް ބަލަހައްޓާނީ އެމްޓީސީސީގެ އޮޕަރޭޝަންސްއާއި ޕްރޮޖެކްޓްތަކުގެ ހިންގުމުގެ މަސައްކަތްތައް ކަމަށްވެސް އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެމްޓީސީސީއަކީ ދައުލަތުގެ "އޭ" ކެޓަގަރީގެ ކުންފުންޏަކަށްވާއިރު, އެކުންފުނީގެ ޖެނެރަލް މެނޭޖަރަށް 70,000 ރުފިޔާ ކޮންމެ މަހަކުވެސް ގެއަށް ގެންދަން ލިބޭނެ ކަމުގައެވެ.

ބުޝްރާއަކީ ސާޖިދާގެ އަންހެން ކޮއްކޮއަށް ވާއިރު, ސާޖިދާގެ އާއިލީ ގިނަ ބޭފުޅުން މިވަގުތު ސަރުކާރުގެ ކުންފުނިތަކުގެ އެންމެ ބޮޑު މުސާރަ ލިބޭ, އިސް މަގާމްތަކުގައިކަން ފާހަގަ ކޮށްލެވެއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް ދައުލަތުގެ ޚަރަދުތައް މަތިވެ, ކުންފުނިތައް ބަގުރޫޓު ވުމާއި ހަމައަށް ގޮސްފައިވާއިރު, މުއިއްޒު އަދިވެސް ގެންދަވަނީ ބޮޑެތި މުސާލިބޭގޮތަށް އާއިލީ ބޭފުޅުން ސަރުކާރުގެ ކުންފުނިތަކާއި ސިޔާސީ އިސްމަގާމްތަކަށް ހަމަޖައްސަވަމުންނެވެ.