ޚަބަރު

އަސްވާޑުގެ ބާރު ކަނޑުވާލާ, މިނިސްޓަރުން ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް! ނަރީޝް ރިޕޯޓު ކުރާނީ ސީދާ ރައީސަށް! މުއިއްޒު ބޭނުންފުޅުވަނީ އަސްވާޑު އަމިއްލައަށް އިސްތިއުފަ ދެއްވުމަށް!

ދިޔަވަރު
އަސްވާޑުގެ ބާރު ކަނޑުވާލާ, މިނިސްޓަރުން ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް! ނަރީޝް ރިޕޯޓު ކުރާނީ ސީދާ ރައީސަށް! މުއިއްޒު ބޭނުންފުޅުވަނީ އަސްވާޑު އަމިއްލައަށް އިސްތިއުފަ ދެއްވުމަށް!

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކުރައްވައިފައެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް ވިދާޅުވީ ނަރީޝް އައްޔަންކުރައްވައިފައިވަނީ މިނިސްޓަރު ފެންވަރުގައިި، މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރެއްގެ ގޮތުގައި ކަމަށެވެ. ނަރީޝް އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އޮފޮޝަލް ވިދާޅުވީ ނަރީޝް މިނިސްޓަރުން ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަން ކޮށްފައިވަނީ, ޔޫތު މިނިސްޓަރުކަމުގައި ހުރި އަސްވާޑު މިވަގުތަށް މަގާމުން ވަކި ކުރުމުގެ މަދަލުގައި އޭނާ މަގާމުގައި ބަހައްޓާފަ, ބާރުތައް ނަރީޝްއާއި ހަވާލުރުމަށް ކަމުގައެވެ. އެގޮތުން ނަރީޝް ސީދާ ރައީސަށް ރިޕޯޓު ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށާއި, އަސްވާޑު ކެބިނެޓުގައި އިންނެވި ނަމަވެސް, ކެބިނެޓުގައިވެސް މަޝްވަރާ ކުރުމަށް ހަމަޖައްސާފައިވަނީ ނަރީޝް ރައީސަށް ރިޕޯޓުކުރާ ކަންކަމުގެ މައްޗަށް ކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން އޮފިޝަން ވިދާޅުވެފައި ވެއެވެ.

އޮފިޝަލް ވިދާޅުވީ އަނެއްކާ އިތުރު މިނިސްޓަރަކު މަގާމުން ވަކިކުރުމުން ސަރުކާރަށް ގެއްލުންވާނެތީ, މުއިއްޒު ބޭނުންވަނީ އަސްވާޑި އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ކަމުގައެވެ.

މިނިސްޓަރު ފެންވަރުގައި ގިނަ އަދަދެއްގެ ބޭފުޅުން މި ސަރުކާރުގެ މަގާމުތަކަށް މިހާރު ވަނީ އައްޔަންކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުން ތިއްބަވައެވެ.

އިސްލާމިކް މިނިސްޓްރީގައި މިނިސްޓަރު ފެންވަރުގައި ޝެއިޚް މުޙައްމަދު ލަޠީފަށް ވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމުކަން ދެއްވައިފައެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގައި މިނިސްޓަރު ފެންވަރުގައި މުޙައްމަދު ޠަލާލް ވަނީ އައްޔަންކުރައްވައިފައވެެ.

މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯކަމާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމާއި، ގައުމީ ޔުނިވާސިޓީއާއި، އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަކީ ވެސް މިނިސްޓަރު ފެންވަރުގެ މަގާމެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 12ވަނަ ދުވަހެވެ.

ސޯޝަލް މީޑިއާގައި ނަރީޝް ހާމަކުރެއްވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން މަގާމެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އޭނާއަށް ލިބިލެއްވުމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް އަހުމަދު ނަރީޝް އިންތިޚާބު ކޮށްފައިވަނީ ޖޫން 21، 2021ގައެވެ. އެ މަގާމަށް ނަރީޝްއާ އޭރު ވާދަކުރީ އެމްޑީޕީގެ ޓިކެޓުގައި މަންޗަންގޯޅީ މެދު ދާއިރާއަށް އިންތިޚާބުވި، މިހާރުގެ މަޖިލިސް މެންބަރު އަހުމަދު ޒަމީރެވެ. ނަރީޝަށް 12 ވޯޓު ލިބުނުއިރު އަހުމަދަށް ލިބުނީ ހަތް ވޯޓެވެ.

އޭރު މާލޭގެ މޭޔަރު ކަމުގައި ހުންނެވީ ރައީސް މުއިއްޒެވެ.

ނަރީޝްގެ އިސްތިއުފާ ސިޓީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ތައުރީފުކުރައްވައިފައެވެ.