މުއިއްޒުގެ ސަރުކާރުން މިހާތަނަށް އެއްވެސް ސްޓޫޑަންޓް ލޯން ސްކީމެއް އިއުލާން ކޮށްފައި ނުވާއިރު, މިއަހަރު ސްޓޫޑަންޓް ލޯން ސްކީމު އިއުލާން ނުކޮށް, ދައުލަތުގެ މާލިއްޔަތުން ހޭދަކޮށްގެން 500 މިލިއަން ރުފިޔާގެ މިސައިލް ޑިފެންސް ސިސްޓަމެއް ގަތުމަށް ނިންމައިިފިއެވެ.
ސަރުކާރުން އެންމެ ފަހުން ސްޑޫޓަންޓް ލޯން ސްކީމަށް ކުދިންނަށް ލޯން ދޫކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެއީ ރައީސް ސާލިހުގެ ސަރުކާރުން އިއުލާން ކުރި ސްޓޫޑަންޓް ލޯން ސްކީމެކެވެ. އެ ލޯން ސްކީމުން ހޮވުނު ދަރިވަރުން އިއުލާން ކޮށްފައިވަނީ 2024 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.
އެއަށްފަހު މި ސަރުކާރުން ސްޓޫޑަންޓް ލޯން ސްކީމެއް އިއުލާން ކޮށްފައެއް ނުވެއެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި, މިސަރުކާރުން ވަނީ ސްޓޫޑަންޓް ލޯން ސްކީމެއް ދެން އިއުލާން ނުކުރުމަށް ނިންމާފައެވެ. އޭގެ ބަދަލުގައި މުއިއްޒުގެ ސަރުކާރުން މިހާރު ގަތުމަށް ހަމަޖެހިފައިވަނީ, 500 މިލިއަން ރުރިޔާ ހޭދަކޮށްގެން, ތުރުކީން ގަންނަ މިސައިލް ޑިފެންސް ސިސްޓަމްއެކެވެ.
މިސައިލް ޑިފެންސް ސިސްޓަމް ގަތުމަށް ހަދަމުންދާ ޑީލް
މި ސައިލް ޑިފެންސް ސިސްޓަމް ގަތުމުގެ ޑީލް މުއިއްޒުއާއެކީ ހަދާ, ނިންމަޖެހޭ ކަންކަން ނިންމުމަށްޓަކާ, ތުރުކީ ރައީސް އެރްދޮގާންގެ ދަރިފުޅު ބިލާލް އެރްދޮގާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އިސްމާޢީލް ކަރާއޮސްމާނޮގްލޫ 12 ފެބްރުއަރީ 2025 ގައި އަމިއްލަ ޖެޓެއްގައި ރާއްޖެ އައިސް މިސައިލް ޑީލްއަކާ ބެހޭގޮތުން އާރަށުގައިވަނީ މުއިއްޒުއާއި މަޝްވަރާކ ކޮށްފައެވެ.
އިސްމާޢީލް ކަރާއޮސްމާނޮގްލޫއަކީ 2017 ގައި ޤާއިމުކުރެވުނު އެމްޑީއެސް މޮޑަން ޑިފެންސް ސޮލިއުޝަންސް ހިންގާ ފަރާތެވެ. މިއީ ޑިފެންސް ކުންފުންޏެއް ނަމަވެސް، އެމީހުންނަކީ މިސައިލް އުފައްދާ ތަނެއް ނޫނެވެ. އެމްޑީއެސްއިން މަސައްކަތްކުރަނީ ރާއްޖޭގެ ސަރުކާރާއި މިސައިލް އުފައްދާ ކުންފުނީގެ ދެމެދު މެދުވެރިއެއްގެ ގޮތުގައެވެ. މުޢިއްޒުގެ ޤަޞްދަކީ މިއަހަރުގެ ބަޖެޓުން 500 މިލިއަން ރުފިޔާ މިކަމަށް ހޭދަކުރުމެވެ.
އެގޮތުން މުއިއްޒު ދުބާއީއަށް ކުރި ދަތުރުތަކުގެ ތެރެއިން އެއް ދަތުރުގައި، ބޭންކު އެކައުންޓެއް ހުޅުވުމަށް ޔޫއޭއީގައި ބޭންކިންގ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅާފައިވެއެވެ. މިކަން މައުލޫމާތު އެނގިހުރި ފަތާތްކަށް ޔަޤީންކޮށްދީފައިވަނީ މުޢިއްޒާ ގާތް ފަރާތްތަކުންނެވެ.
މުޢިއްޒާއި އިސްމާޢީލް ފުރަތަމަ ބައްދަލުވެފައިވަނީ މުޢިއްޒު އަދާލަތު ޕާޓީގައި ހުރިއިރު އެވެ. އޭރުގެ މުއާމަލާތްތަކުގެ ޚަބަރުތައް އަދާލަތު ޕާޓީގެ ރައީސް ޝޭޅް އިމްރާންއައި އެޕާޓީގެ އިސް ފަރާތެއް ކަމަށްވާ އަލީ ޒާހިުމެންދަ ފަރާތްތަކަށް އެނގޭ ކަމަށް ވެއެވެ. އަދާލަތު ޕާޓީން ފުރަތަމަ މަސައްކަތްކުރީ އިޚްވާނުލް މުސްލިމީންގެ ވިސްނުމާ އެއްގޮތްވާ ބައިނަލްއަޤުވާމީ ސިޔާސީ ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމަށެވެ. އޭރި އެޕާޓީން އިސްމާޢީލްއާ ބައްދަލުކުރީ އެ ބޭނުމުގައެވެ.
އިސްމާޢީލް ގުޅިފައިވަނީ ތުރުކީގެ އޭކޭ ޕާޓީ (ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ) އާއެވެ. އޭނާ އަދާކޮށްފައިވަނީ އޭކޭ ޕާޓީގެ ޔޫތު ބްރާންޗް (ގެންޗްލިކް ކޮލްލަރީ) ގެ ރައީސްކަމެވެ. މި އެމްޑީއެސް ކުންފުނި ހިންގަނީ ޑިފެންސް ދާއިރާގައި، މިލިޓަރީ ތަމްރީނު، ހަތިޔާރާއި ވަޒަން ގުދަންތައް ބިނާކުރުމާއި މެނޭޖްކުރުމާއި އަދި އަސްކަރިއްޔާ، އެއަރ އަދި ނޭވަލް ބޭސްތަކާއެކު ކޮންޓްރެކްޓްތައް ބެލެހެއްޓުމުގައި ޚާއްޞަވެގެންނެވެ. އެމީހުން ޤަޠަރުގެ އާމްޑް ފޯސަސްއާއެކުވެސް ބޮޑު ކޮންޓްރެކްޓެއް ހޯދައިގެން ބުރޯޤް ސްޕެޝަލް މެރިން އޮޕަރޭޝަންސް ތަމްރީނު މަރުކަޒު ޤާއިމުކޮށްފައި ވެއެވެ. މި ކޮންޓްރެކްޓް އެމީހުންނަށް ދިން އިރު އެފަތާތުގެ އިންވެސްމަންޓުގައި ހުރީ އެންމެ 28،000 އެމެރިކާ ޑޮލަރެވެ.
މި ވަކި ޑީލްއާ ގުޅިގެން ފަސާދައިގެ ރިޕޯޓުތައް ގިނައެވެ، އެއީ ތުރުކީ ރައީސް ރެސެޕް ޠައްޔިބް އެރްދޮގާން މިލިޓަރީ އަދި ޑިފެންސް ޑީލްގެ ފަހަތުން މިލިއަން ޑޮލަރުގެ ފައިދާ ޖީބަށްލައިގެންފައިވާކަމުގެ ރިޕޯޓުތައް އޭރު ކޮށްފައި ވެއެވެ. އިސްމާޢީލްއަކީ އެމީހުންނަށް ހުރިހާކަމެއް ކޮށްދޭ މީހާއެވެ. މިއީ ފާޅުގައި ކުރާ ކޮރަޕްޝަނެވެ. މިކަހަލަ ކޮންމެ ޑީލްއެއްވެސް ދެން އަންނަ ސަރުކާރުގައި ތަޙުޤީޤުކުރެވޭނެއެވެ. ބޭނުންވެއްޖެނަމަ ތަޙުޤީޤުތައް ފަސޭހަކުރުމަށް ޤާނޫނެއް ފާސްކުރެވޭނެއެވެ.
ސްޓޫޑަންޓް ލޯނަށް ޚަރަދު ކުރުން ހުއްޓާލީ މިސައިލް ޑިފެންސް ސިސްޓަމް ގަތުމަށް
މުއިއްޒުގެ ސަރުކާރުން ސްޑޫޓަންޓް ލޯނަށް ޚަދުކުރުން ހުއްޓާލީ މި މިސައިލް ޑިފްންސް ސިސްޓަމް ގަތުމަށްކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވިއެވެ.
އަދި މުއިއްޒުގެ ސަރުކާރުން މަޖިލިސް އިންތިޚާބަށް ކޮރަޕްޝަންގެ ފައިސާ ހޯދުމަށް, ތުރުކީ ޑްރޯން މުއާމަލާތް ކުރި ފަދައިން މި ޑީލުގެ ބޭނުމަކީ މުއިއްޒު ބޭނުންވާ އަދަދަށް ރިޝްވަތުގެ ފައިސާ ޖީބަށް ޖަމާކުރުންކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.