ނަތަންޔާހޫ އާއި މުއިއްޒު ފޯނުން ގުޅައި ވާހަކަ ދައްކައިފި ކަމަށް ދިޔަވަރު ނޫހަށް ރައީސް އޮފީހުން އެކަމުގެ މައުލޫމާތު އެނގި ހުރި ފަރާތަކުން ހާމަކޮށް ދީފިއެވެ.
ފާއިތުވިތާގައި އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތައް ޖަލަށް ލައި، އެމީހުންގެ އަޑު ކަނޑުވާލުމަށް ރައީސް މުއިއްޒު ކުރެއްވި މަސައްކަތަށް ނަތަންޔާހޫ ޝުކުރު އަދާކޮށްފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ. އަދި މުއިއްޒުގެ ސަރުކާރުން އިޒްރޭލުގެ ނަތަންޔާހޫގެ ސަރުކާރާއި ބާއްވަމުންދާ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރުމަށް ދެ ޤައުމުގެ ވެރިން މަޝްވަރާކޮށްފައި ވެއެވެ.
މީގެ އިތުރުން މެދުއިރުމަތީ އެހެން ޤައުމެއް މެދުވެރިކޮށް، އިޒްރޭލުގެ ފަރާތުން މުއިއްޒުގެ ސަރުކާރަށް އެހީ ދިނުމަށް، ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. ސީދާ އިޒުރޭލުން ރާއްޖެއަށް އެހީ ދީފިނަމަ، އެކަމާއި ބައެއް ފަރާތްތައް ހިތްހަމަ ނުޖެހިދާނެ ކަމަށް ބުނެ، އެ އެހީތެރިކަން މެދުއިރުމަތީ ޤައުމެއް މެދުވެރިކޮށް ރާއްޖެއަށް ވުމަށް ދަނީ މިހާރު ގޮތްތަކެއް ހޯދަމުން ކަމަށް ޚަބަރު ލިބެއެވެ.
އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ރައީސް މުއިއްޒު ވިދާޅުވުމަށް ފަހު، އިޒްރޭލާއި އެކު މުއިއްޒު ގުޅުން ބަދަހި ކޮށްފައިވަނީ، އޭރުގެ މި ސަރުކާރުގެ ފޮރިންގ މިނިސްޓަރ ޒަމީރު އެމެރިކާއަށް ކުރަން މަޖުބޫރުވި ދަތުރާއި އެކުގައެވެ. އެ ދަތުރުގައި، އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރާ މަތިން މުއިއްޒަށް ވަނީ, އިޒްރޭލުގެ ލޮބީ ގްރޫޕް AIPAC އިން އެތައް މިލިއަން ޑޮލަރެއް ދީފައިވާކަން ދިޔަވަރު ނޫހުން ވަނީ ކުރިން ރިޕޯޓް ކޮށްފައެވެ. މި ފައިސާ ވަދެފައި ވަނީ، ތުރުކީގައި ހުރި މުއިއްޒުގެ އެކައުންޓަކަށެވެ.
އެމެރިކާއަށް ކުރި ދަތުރަށްފަހު، އިޒްރޭލާއި މުއިއްޒުގެ ސަރުކާރާއި ދެމެދު ގާތް ގުޅުންތަކެއް އުފެދި ރާއްޖެއަށް އެހީވެދިނުމަށް އެ ޤައުމުން ނިންމުމާއި ގުޅިގެން މިއަދު ވަނީ ނަތަންޔާހޫ އާއި ގުޅައި މުއިއްޒު ވަނީ ވާހަކަ ދައްކާފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކީ މި ފަހުގެ ތާރީހެއްގައި ދުނިޔޭގައި އުފެދުނު އެންމެ ދޮގު ހަދާ އަދި މުސްލިމުންނަށް އެންމެ އަނިޔާވެރި އަދި އެތައް މުސްލިމުންގެ ލޭ އޮހޮރުވާލި ފަރާތެވެ. ދޮގު ހެދުމުގައި ރައީސް މުއިއްޒު ހުންނެވީ ނަތަންޔާހޫއަށް ވުރެވެސް ކުރި ހޯއްދަވާފައެވެ. އަދި މުއިއްޒުގެ އަނިޔާވެރިކަން ދަނީ ދުވަހަކަށްފަހު ދުވަހެއް ދިވެހިންގެ މައްޗަށް ފާވެ، ބޮޑުވަމުންނެވެ.