ޚަބަރު

ރޯދަ ވީއްލި ގަޑީގަވެސް މާޒް ސަލީމް އިނީ ތަހުގީގަށް ފުލުހުންގެ އިދާރާގައި ހައްޔަރު ކޮށްފައި, މުއިއްޒުގެ ވެރިކަމުގައި ފުލުހުން ތަހުގީގު ހިންގަމުން ދަނީ ޔަހޫދީން ފަލަސްތީނު ރައްޔިތުންނާމެދު އަމަލުކުރާ ބީދައިން!

ދިޔަވަރު
ރޯދަ ވީއްލި ގަޑީގަވެސް މާޒް ސަލީމް އިނީ ތަހުގީގަށް ފުލުހުންގެ އިދާރާގައި ހައްޔަރު ކޮށްފައި, މުއިއްޒުގެ ވެރިކަމުގައި ފުލުހުން ތަހުގީގު ހިންގަމުން ދަނީ ޔަހޫދީން ފަލަސްތީނު ރައްޔިތުންނާމެދު އަމަލުކުރާ ބީދައިން!

އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މާޒް ސަލީމް ފުލުހަށް ހާޒިރުކޮށް ބަންގި ގޮވިފަހުންވެސް ދޫކޮށްނުލާ، 4 ގަޑި އިރަށްވުރެ ގިނައިރުވިފަހުން ދޫކޮށްލައިފި އެވެ.

މާޒް ވިދާޅުވީ އެބަޔަކު ބޭނުންވާ ސުވާލެއްކޮށް، އެބަޔަކު ބޭނުންވާ ކަމެއް ކުރުމަށްޓަކައި މުޒާހަރާގެ ބައިވެރިން ގެންނަމުންދާ ކަމަށެވެ. އަދި ފުލުހުން ބޭނުންވާ ސުވާލުތަކެއް ކޮށްފައި ދޫކޮށްލާނެ ކަމަށާއި، ލަސްވީ އެ ސަބަބާއި ގުޅިގެން ކަމަށް މާޒު ވިދާޅުވި އެވެ. މާޒު ވިދާޅުވީ ހުންނެވީ ގާނޫނަށް ބޯ ލަނބައިގެން ކަމަށާއި، ދެންވެސް ހާޒިރުކުރާނަމަ ވަޑައިގަންނަވާނެ ކަމަށެވެ.

މާޒު ވިދާޅުވީ މުޒާހަރާގެ ބައިވެރިން އިރުއިރުކޮޅާ ފުލުހަށް ހާޒިރުކުރިނަމަވެސް، މުޒާހަރާއަށް ބަދަލެއް ނާންނާނެ ކަމަށާއި، މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކު ހީފުޅުނުކުރައްވާތި އަޅުގަނޑުމެން ދަމާ، ދެއިރުކާ ބޭހެއްހެން އެކިއެކި ފުލުސް އޮފީހަށް ގެނެޔަސް އަޅުގަނޑުމެން ނުހުއްޓާނަން. އަޅުގަނޑުމެން ވަކާލާތުކުރަމުންދަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ހިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރަމުން މިދަނީ.

މާޒް ސަލީމް

ހެންވޭރުގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން އަށް މާޒް ހާޒިރުކުރީ އަންގާރަ ދުވަހުގެ ހަވީރު 4:30 ގައެވެ. އަދި އޭނާ އާއި ސުވާލުކުރުމަށްފަހު ފޮނުވާލީ އަންގާރަ ދުވަހުގެރޭ އިޝާ ނަމާދަށްފަހު އެވެ.

މާތް ވެގެންވާ ރަމަޟާންމަހުގެ ހުރުމަތަށް ބެލުމެއްނެތި, ރޯދަ ވީއްލާ ގަޑީގައިވެސް ސިޔާސީ މީހުން ފުލުހުން މުވައްސަސާގައި ބައިތިއްބައިގެން, މުއިއްޒުގެ ވެރިކަމުގައި ފުލުހުންގެ މުވައްސަސާއިން މިހާރު ހިންގަމުންދާ ތަހުގީގުތަކާއި ޔަހޫދީން ފަލަސްތީނު ރައްޔިތުންނާމެދު އަމަލު ކުރަމުންދާ ގޮތާއި އެއްވެސް ތަފާތެއް ނެތްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.