ޚަބަރު

ޝާމިލު އާއި ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަ ހުށައެޅުމުން ވަޒީފާއިން ވަގުތީ ގޮތުން ތަނާޒުލްނުވެ، ލަދު ހަޔާތް ކުޑަކަމުން މަގާމުގައި ހުރީ ނަޒާހަތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތުމުން

ދިޔަވަރު
ޝާމިލު އާއި ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަ ހުށައެޅުމުން ވަޒީފާއިން ވަގުތީ ގޮތުން ތަނާޒުލްނުވެ، ލަދު ހަޔާތް ކުޑަކަމުން މަގާމުގައި ހުރީ ނަޒާހަތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތުމުން

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައީސް އަކަށް ތުހުމަތުކޮށް ކޮރަޕްޝަންގެ މައްސަލަ އެއް ހުށައެޅުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް ހަޔާތެއްގައި ޤައުމެއްގައި ހިނގާނެ އެންމެ ބޮޑު އެއް ކަމެވެ. އެފަދަ ކަމެއް، އެ ކޮމިޝަނުން ބަލައިގަންނަ ހިސާބުން އެ ކޮމިޝަނުގެ ރައީސްއަކަށް ހުންނަ ފަރާތް އެ މައްސަލަ ބަލާ ނިމެންދެން މަގާމުން އަމިއްލައަށް ތަނާޒުލް ވުމަކީ އެކަން މުޅި ދުނިޔޭގައިވެސް އޮންނަ ގޮތެވެ.

ނަމަވެސް ރާއްޖޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަކަސް ހުރި ޝާމިލް އަކީ އިންސާފުގެ ޒައްރެއްގެ މިންވަރުވެސް، އަދި ދުނިޔެއަށް ކުޑަވެސް ލަދުވެތި ކަމެއް ހުރި ފަރާތަކަށް ނުވާތީ އެވެ.

ޝާމިލު ވަނީ އަޒްމިރަލްދާގެ މައްސަލައެއް އޭސީސީއިން ނުބަލަނީވެސް، ނުވަތަ ބަލަން ނުނިންމަނީސް އެފަދަ މައްސަލައެއް ބަލާކަމަށް ބުނެ، ރޯދަމަހު ރޯދައަށް ހުރެ ދޮގު ހަދައި، އުސޫލުން ބޭރުން ސިޓީއެއް ފޮނުވާފައެވެ.

އަޒްމިރަލްދާ މި މައްސަލަ ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އަޒްމިރާލްދާ ސަސްޕެންޑު ކުރީ "ޖިނާއީ ތަހުގީގެއް" ހިންގަމުންދާ ކަމަށް ބުނެ ޝާމިލް ސޮއިކޮށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ. ޖޭއެސްސީން ފަނޑިޔާރުންތައް ސަސްޕެންޑުކުރީ މި ސިޓީއަށް ބިނާކޮށެވެ.

މި ސިޓީއަކީ އާންމުކޮށް އޭސީސީއަށް ހުށަހަޅާ މައްސަލަތަކާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަަމަށް "އަދަދު" އަށް މައުލޫމާތު ލިބިފައިވެ އެވެ. އަޒްމިރަލްދާ ވެސް ތުހުމަތުކުރައްވަނީ މި މައްސަލަ ފޮނުވުމުގައި އޭސީސީން އަމަލުކޮށްފައި ވަނީ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ކަމަށެވެ.

އެ ގޮތުން ޝާމިލް ސޮއިކުރައްވާ, ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ނަންބަރެއް ނެތް ކަމަށާއި ޖޭއެސްސީއަށް ޖިނާއީ ތަހުގީގެއް ހިންގާކަން އެންގިއިރު އެފަދަ ތަހުގީގެއް އޭނާގެ މައްޗަށް ކުރަން އޭސީސީން ނިންމާފައި ނުވާކަން އަޒްމިރާލްދާ ފާހަގަކުރެއްވި އެވެ.

"ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލައި ފަނޑިޔާރުން ސަސްޕެންޑު ކުރުވުމަށް ސިޓީ ފޮނުވާފައި ވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށްދިނުމަށާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށް އެ ކޮމިޝަނުގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތުގައި ކަމަށް ދެކެމެވެ،" އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލައިގައި ލިޔުއްވާފައިވެ އެވެ.

އޭގެ އިތުރުން, ޝާމިލްގެ އަމަލުތަކަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި އެކަމުގައި މަންފާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ކޮށްފައިވާ އަމަލެއް ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.

އޭސީސީން އަޒްމިރަލްދާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނި ނަމަވެސް މިއަދާ ހަމައަށް އެ މައްސަލަ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އަދި މި މައްސަލައާ ގުޅިގެން ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލަމުން އަންނަ ޖޭއެސްސީން ވެސް ވަނީ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުވާނެ ގޮތަށް ހުރިހާ އަޑުއެހުންތަކެއް ސިއްރުކޮށްފަ އެވެ.

ޝާމިލު އަކީ މުއިއްޒު އަތުން ފައިސާ ނަގައިގެން މީގެ ކުރިން މައްސަލަ ބެލި އަނިޔާވެރިއެކެވެ. މިހާރު ޝާމިލު ދަނީ އޭނާގެ މަގާމު ދިފާޢު ކުރަމުންނެވެ. އަމިއްލަ މައްސަލައެއް ތިމާ އެ މިނިވަން މުއައްސަސާގެ އިސް ފަރާތުގެ ގޮތުގައި ހުރެ ނަޒާހަތްތެރި ކަމައި އެކު ބެލޭނެ އެއްވެސް ގޮތެއް ނެތް އިރު، ކުޑަ މިނުން އިންސާފުން ކަންހިނގާކަން ދެއްކުމަށް ވަގުތީ ގޮތުން މަގާމުގެ ޒިންމާތަކުން ތަނާޒަލުވާން ޝާމިލު ބޭނުން ނުވަނީ ކޮރަޕްޝަންގައި އޭނާ ޝާމިލު ވެފައިވާ މިންވަރު ބޮޑު ކަމުންނެވެ.