އަޒްމިރަލްދާ އޭނާގެ ދިފާޢުގައި ވާހަކަ ދައްކާތީ، އެކަން ހުއްޓުވަން މުއިއްޒު އަންގައިގެން، ދިފާޢުގައި ބަޔާން ނެރުންވެސް ކުށަކަށް ހަދައިފިއެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލަކު ދިޔަވަރު ނޫހަށް ވިދާޅުވީ، މުއިއްޒަށް ބައްޔެއް ޖެހިފައިވާކަމަށާއި، މުއިއްޒު ކުރަމުން ދަނީ މިޒަމާނުގައި ރަސްރަސްކަލުންވެސް ކޮށް ނޫޅޭ ފާޑުގެ ހުތުރު ޚުދުމުހުތާރު އަނިޔާވެރި ކަންކަން ކަމަށެވެ.
ސަރުކާރުގެ ނުފޫޒުން އަޒްމިރާލްދާ ޒާހިރު ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ދެކޮޅަށް އުފެއްދި ފޭކު މައްސަލަތަކާ ގުޅިގެން އަޒްމިރާލްދާގެ ފަރާތުން އޭނާގެ ދިފާއުގައި ނޫސްބަޔާން ނެރުން ވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެންމެ ފަހުން ގޯސްވެ، އެކަން ސުލޫކީ މައްސަލައެއްގެ ގޮތަށް ބަލަން ވަނީ ނިންމައިފަ އެވެ.
އުޝާމު އާއި މުއިއްޒު އަންގައިގެން ޖޭއެސްސީއިން އަޒްމިރާލްދާ އާއި ދެކޮޅަށް ވަނި ދޮގު ރިޕޯޓެއް އުފައްދާފައެެވެ. މި ދޮގު ރިޕޯޓު އުފައްދާފައިވަނީ، އެއްވެސް ގާޒީއަކު އަޒްމިރާލްދާއި ދެކޮޅަށް ބަޔާން ދީފައި ނުވާ އިރު އެވެ.
ޖޭއެސްސީގެ ކޮންޓްރޯލް ނަގައިގެން މުއިއްޒު ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް މުޅި ދިވެހި ރާއްޖެ ދެކޮޅެވެ. ޖޭއެސްސީގައި ތިބެގެން މުއިއްޒަށް އެކަން ކޮށްދެމުން ދަނީ ހަރާން ފައިސާއިން ކައިގެން ބޮއެގެން ތިބި ޖައްލާދުން ތަކެކެވެ. މުއިއްޒު އާއި އޭނާގެ އައުވާނުން ހިންގަމުންދާ އަނިޔާތަކަކީ ރާއްޖޭގެ ޤާނޫނާއިވެސް ޚިލާފަށް އަދި މުޅި ދުސްތޫރީ ނިޒާމާއި ޚިލާފަށް އަދި ޤާނޫނު އަސާސީގެ ރޫޚާއި ޚިލާފަށް ހިންގަމުންދާ އަމަލުތަކެކެވެ. މި އަމަލުތަކަކީ "ދިމްޔާތު އާއިލާ" ރާއްޖޭގެ މައްޗަށް ވެރިވެގަނެ، ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލަން ހިންގާ ޣައިރު ޤާނޫނީ އަމަލެކެވެ. ބޭރުގެ ބާރުތަކަށްވުރެ، ބޮޑަށް މިއަދު ދިވެހިން ސަމާލުވާން ޖެހިފައިވަނީ އެތެރެއިން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލަން މިއާއިލާއިން ދިވެހިންނަށް ދެމުންދާ ހަމަލާތަކަށެވެ.