ނަތަންޔާހޫގެ ޒައެނިސްޓް ސަރުކާރުން ރާއްޖެއަށް މެދުއިރުމަތީ ޤައުމެއް މެދުވެރިކޮށް އެހީދޭން ނިންމައިފިއެވެ. މި ގޮތަށް އިޒްރޭލުން އެހީ ދޭން ނިންމުމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ ނަތަންޔާހޫ އަށް ފޯނުން ގުޅުއްވައި ޝުކުރު އަދާކޮށް، އަދި މި އެހީ މެދުއިރުމަތީ ޤައުމެއް މެދުވެރިކޮށް ރާއްޖެ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި މެދު މަޝްވަރާކޮށްފައެވެ.
މެދުއިރުމަތީ ޤައުމަކަށް އިޒްރޭލުން އެ ފައިސާ ފޮނުވުމުން، އެޤައުމުން އެފައިސާ ރާއްޖެއަށް ފޮނުވުމަށް ދަނީ މަޝްވަރާތައް މިހާރު ކުރެވެމުންނެވެ.
މުއިއްޒު ނަތަންހާޔޫ އާއި ފޯނުން ދެއްކި ވާހަކާގައި، ރާއްޖޭގެ ރައްޔިތުން އިޒްރޭލާއި ދެކޮޅަށް އަޑު އުފުލާފައި ނުވާތީ އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެެ. އަދި އެކަން ހުއްޓުވުމަށް މުއިއްޒުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ޝުކުރު އަދާކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރިއެވެ. އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ނުވާތީއާއި، އަދި ސަރުކާރުން އިސް ނަގައިގެން އިޒްރޭލާއި ދެކޮޅަށް ބާއްވާނެ ކަމަށް އިއުލާނު ކުރި މުޒާހަރާ ބާއްވާފައި ނުވާތީ އެކަންކަމަށް ނަތަންޔާހޫ ޝުކުރު އަދާކޮށްފައިވެއެވެ.
މެދުއިރުމަތީ ޤައުމެއް މެދުވެރިކޮށް އެހީ ދޭގޮތަށް ވާހަކަ ދައްކަމުން ދަނީ ސީދާ އިޒްރޭލު ސަރުކާރުން އެ ފައިސާ ރާއްޖެއަށް ދީފިނަމަ، އޭގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި އިޒްރޭލާއި އަދި މުއިއްޒުގެ ސަރުކާރާއި މެދު އިތުރު ނުތަނަވަސް ކަމެއް އުފެދިދާނޭ ކަމަށް ބުނެއެވެ.