ރައީސް ނަޝީދު ސުޕްރީމް ކޯޓު ހުކުމަށް ގޮންޖައްސަވައި ކޯޓަށް މަލާމާތްކޮށްފިއެވެ. މަޖިލިސް ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ކުރެއްވި މެސެޖްގައި ވަނީ، ކޯޓުން ކުރި ހުކުމުގައި އެ އޮތީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އަދި 7 ދުވަހު މަޖިލީހުގައި ދިގުދަންމައި، ހިފަހައްޓާލުން ކަމަށެވެ. އަދި ކޯޓުން މައްސަލަ ބަލަން ހޭދަވި 5 ދުވަހަކީ، ކޯޓުން އޭނާ އަށްޓަކައި މައްސަލަ ދިގު ދައްމާލުމަށް ވެދިން 5 ދުވަހުގެ އެހީ އެއް ކަމަށް މާނަ ކޮށްފައެވެ. އަދި ހުވާ ކުރުމަށް ހުރަހެއް ނެތް ކަމަށް ކޯޓު ހުކުމުގައި އޮތުމުން އެކަން ފާހަގަ ކޮށް ހުވާކުރުމަށް ހުރަހެއް ނެތް ކަމަށް ބުންޏެވެ.
ހުކުމުގައި އޮތީ ހަތްދުވަހު ހިފަހައްޓާޝޯ! ސްޕްރީމް ކޯޓުންވެސް 5 ދުވަހު ކުޅެދީފީމޯ! ހުވާކުރުމަށް ހުރަހެއް ނެތޯ!
މުހައްމަދު ނަޝީދު ކޯޓުގެ ހުކުމަށް ގޮންޖައްސަވައި ކޯޓުން އޭނާއަށް 5 ދުވަސް ދިންކަމަށް ދޭހަވާހެން ވިދާޅުވިއެވެ.

ނަޝިދުގެ ގާތް ފަރާތަކުން އިތުރުން މައުލޫމާތު ދިން ގޮތުގައި، ދެން މަޖިލީހުގައި ފަށާނީ ބަޖެޓުގެ ބަހުސް ކަމަށާއި، ނަޝީދުގެ ވޯޓު މަޖިލީހުގައި ކުރިއަށް ނުގެންގޮސް ދިގު ދައްމާލަން ނަޝީދު ރާވާފައިވާ ކަމަށާއި، މަޖިލީހުގެ ރިސެޝަންއަށް އެގޮތަށް ބާއްވައިގެން ދިއުމަށް މަޖިލިސް އަމީން އާންމު ނިއުޝާއަށް ގުޅައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.