ޚަބަރު

ޝިއުނާ އަށް އިހްސާން އޮރިޔާން ކާޑު ފޮނުވިކަން ޝިއުނާ ދޮގު ނުކުރި

ދިޔަވަރު
ޝިއުނާ އަށް އިހްސާން އޮރިޔާން ކާޑު ފޮނުވިކަން ޝިއުނާ ދޮގު ނުކުރި

ޝިއުނާ އަށް އިހްސާން އޮރިޔާން ކާޑު ފޮނުވިކަން ޝިއުނާ ދޮގު ނުކުރިއެވެ. ކާކު ކަން ނޭނގޭ ގޮތަށް ހިންގާ ސޯޝަލް މީޑިޔާ އެކްޓިވިޓްސް އެކައުންޓުން ދެވަނަ ފަހަރަށް މި ފުރުޞަތު ދީފައިވާއިރު، މިފަހަރު އެދިފައިވަނީ މާތްﷲ ހެކިކޮށް، ޝިއުނާއަށް އިޙްސާން އޮރިޔާން ކާޑު ފޮނުވިކަން ދޮގު ކޮށްފި ނަމަ އޭނާ އަކީ ކާކު ކަން ހާމަ ކުރާނެ ކަމަށެވެ.

https://twitter.com/HKurusee/status/1902321158231322669

އޭގެ ކުރިން ހަސަން ކުރުސީ ވަނީ އޭނާގެ އެކައުންޓް ޑީއެކްޓިވޭޓް ކުރާނެ ކަމަށް ބުނެ، ޝަރުތަކީ އިހްސާނުގެ އަމިއްލަ އޮރިޔާން ކާޑު އޭނާ ޝިއުނާއަށް ނުފޮނުވާކަމަށް އެއްބަސްވުން ކަމަށް ބުނެފައެވެެ.

ހަސަން ކުރުސީ ވަނީ މި މައުލޫމާތު ޝިއުނާގެ ފަރާތުން މުއިއްޒު އާއި ހަމައަށް ގެންގޮސްފައި ކަމަށާއި، އިހްސާން އަކީ ކޮމްޕްރޮމައިޒްވެ، އޭނާގެ އޮރީޔާން ގޭންގުތަކުން އޭނާއާއި ދެކޮޅަށް ބޭނުން ކުރަމުންދާ ފަރާތެއް ކަން މުއިއްޒަށް އެނގޭ ކަމަށް ބުނެ ހެއްކެއް ގޮތުގައި މި ޓްވީޓް ތައް ކޮށްފައެވެ.

އިހްސާނުގެ އޮރިޔާން ކާޑުތައް އޭނާގެ ފާހާނައިގެ ހުރި މުށިތައް އެނގޭހެން އެއީ އޭނާގެ ފޮޓޯކަން ޔަގީން ވާ ވަރަށް އާންމުވުމުން، ފާހަނައިން މުށި ބަދަލުކޮށް، މިނިސްޓަރުން އެގެއަށް ގެނެސް ފާހަނަ ދައްކައި ޙަޤީގަތް އޮޅުވާލަން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޝިއުނާ، ހަސަން ކުރުސީ އާއި އިންތިހާއަށް ދެކޮޅު މީހެއް ގޮތުގައި ހުރެ، އެފަދަ ފޮޓޯއެއް އިހްސާނު ނުފޮނުވާކަމަށް ﷲ ހެކިކޮށް ބުނެފައި ނުވަނީ އެކަމުގައި ހަޤީގަތެއް އޮތުމުން ކަމަށް އާންމުން ޤަބޫލު ކުރާއިރު، މުއިއްޒުވެސް، ސަރުކާރުންވެސް، އަދި އިހްސާންވެސް ލީކުވެފައިވާ ފޮޓޯތަކާއި މެދު އެއްވެސް ވާހަކައެއް ބުނެފައި ނުވެއެވެ.