"އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއާއި އޭނާގެ "އައުވާނުންނަށް" ފިޔަވަޅު އަޅާނެކަމަށް ބުނެ, މުއިއްޒު ފިޔާޒުއަށް ބިރުދައްކާ އިންޒާރުދިން މައްސަލަ ފުލުހުން ނުބެލިއެވެ. އަދި މިމައްސަލައާއި ގުޅޭގޮތުން ރައީސް އޮފީހާ ބައްދަލުކުރުމަށް މީޑިއާ ކައުންސިލުން އެދުނުނަމަވެސް ރައީސް އޮފީހުން
ފަހުން ހާމަވފައިވާ ގޮތުގައި މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ފިޔާޒަށް ގުޅުއްވާ އިންޒާރުދީ ބިރު ދައްކާފައިވަނީ އެނޫހުން މުއިއްޒުގެ އާއިލާއާ ގުޅޭ އެއްވެސް ޚަބަރެއް ރިޕޯޓު ކޮށްފައި ނުވަނީހެވެ.
އަދަދު ނޫހުގެ ސީއީއޯ، ހުސައިން ފިޔާޒަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރުދައްކާ, މި ދަށުދަރަޖައިގެ އަމަލު ހިންގާފައިވަނީ ފާއިތުވި ހުކުރު ދުވަހުގެ ރޭ 7:04 ގައެވެ. ފިޔާޒަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވާފައިވަނީ، އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު މުއިއްޒުގެ ޢާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވައިގެންނެވެ.
މިނެޓެއްހާއިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒަށް މުއިއްޒު އިންޒާރު ދެއްވީ، އަދަދު ނޫހާއި ފިޔާޒާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެއެވެ.
އަދަދު ނޫހުގެ ނޫސްވެރިންނަށާއި ފިޔާޒަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ މުއިއްޒު ތިން ފަހަރު ފިޔާޒަށް އިންޒާރު ދެއްވާފައި ވެއެވެ.
”ތިންވަނަ ފަހަރަށް މި ބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،“ ފޯނު ބޭއްވެވުމުގެ ކުރިން މުއިއްޒު ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒުގެ ޢާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދަދު ނޫހަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ މުއިއްޒު އެނޫހަށް އިންޒާރު ދެއްވިއިރު، އެކަމަކު މުއިއްޒު ޢާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަ އެ ނޫހުގައި ރިޕޯޓުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
މިކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް އެ ނޫހުގައި ޚަބަރެއް ޝާއިޢު ކުރީ، އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަތައް ކުށްވެރިކޮށް ސަރުކާރުގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކުގެ މައްޗަށް ކަމަށް އަދަދު ނޫހުން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅުއްވާ, ރައްޔިތުންގެ ޙިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ނަމުގައި ވައުދުތައް ވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ހަގީގަތާއި ޚިލާފް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް, އަދަދު ނޫހުގެ ސީއީއޯއަށް ބިރު ދެއްކުމަކީ, ރާއްޖޭ އެހެން ނޫސްތައް ބިރު ގަންނުވާލާ, މިނިވަން ނޫސްވެރިކަން ނެތި ކޮށްލުމުގެ ނުބައި މަގުސަދުގައި ހިންގެވި އަމަލެއް ކަމުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.
އަދި މީޑިއާއަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ ދިވެހިރާއްޖޭގައި މިނިވަންކަމާއެކު ބަސްބުނުމުގެ ހައްގަށް ހުރަސްއެޅޭފަދަ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް މުއިއްޒުއަށް ގޮވާލަމުންނެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މިނިވަން ނޫސްވެރިކަމެއް ގާއިމް ކޮށްދީ, ރާއްޖޭގެ މިނިވަން މީޑިއާ ހިމާޔަތް ކޮށްދޭނެ ކަމުގެ ވައުދުތަކާ އެކީއެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ ދޮޅު އަހަރު ނުވަނީސް މުއިއްޒު މިވަނީ ނޫސްތަކަށާއި ނޫސްތަކުގެ އިސްވެރީންނަށް ބިރުދައްކާ އިންޒާރު ދެއްވަން ފައްޓަވާފައެވެ.
އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާ ނުކޮށް, މުއިއްޒު އަދަދު ނޫހަށާއި އެ ނޫހުގެ ސީއީއޯއަށް އިންޒާރުދިން މައްސަލަ އެނޫހުގެ ފަރާތުން ޕޮލިހަށް ހުށަހަޅާފައި ވެއެވެ.
އަދި މިމައްސަލަ ބެލުމަށް އެމްޖޭއޭއިންނާއި އައިއެފްޖޭ އެޝިއާ ޕެސިފިކުންވެސް ވަނީ ގޮވާލާފައެވެ.