ޚަބަރު

500 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން މިސައިލް ޑިފެންސް ސިސްޓަމެއް ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ސަރުކާރު ހަނު!

ދިޔަވަރު
500 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން މިސައިލް ޑިފެންސް ސިސްޓަމެއް ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ސަރުކާރު ހަނު!

މިއަހަރު ސްޓޫޑަންޓް ލޯން ސްކީމު އިއުލާން ނުކޮށް, ދައުލަތުގެ މާލިއްޔަތުން ހޭދަކޮށްގެން 500 މިލިއަން ރުފިޔާގެ މިސައިލް ޑިފެންސް ސިސްޓަމެއް ގަތުމަށް ނިންމާފައިވާކަމަށް ފެތުރެމުންދާ އަޑުތަކަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިސްވެރިން ހަނު ތިބެއްޖެއެވެ.

ފާއިތުވި ހަފްތާގައި, އިތުބާރުހުރި ފަރާތްތަކާއި ހަވާލާދީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި, މިސަރުކާރުން ދަނީ މެދު ރާސްތާގެ މިސައިލް ޑިފެންސް ސިސްޓަމެއް ތުރުކީން ގަތުމަށް އެގައުމުގެ ރައީސް އުރުދޮގާންގެ އާއިލީ ގާތް ބޭފުޅުންނާ މަޝްވަރާ ކުރައްވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި, މިސަރުކާރުން ވަނީ, އެމްޑީޕީ ސަރުކާރުން ފެށި ސްޑޫޓަލް ލޯން ހުއްޓާލުމަށްފަހު, އޭގެ ބަދަލުގައި 500 މިލިއަން ރުރިޔާ, ތުރުކީން ގަންނަ މިސައިލް ޑިފެންސް ސިސްޓަމްއަށް ހޭދަކުރުމަށް ނިންމާފައެވެ.

މިސައިލް ޑިފެންސް ސިސްޓަމް ގަތުމަށް ހަދަމުންދާ ޑީލް

މި ސައިލް ޑިފެންސް ސިސްޓަމް ގަތުމުގެ ޑީލް މުއިއްޒުއާއެކީ ހަދާ, ނިންމަޖެހޭ ކަންކަން ނިންމުމަށްޓަކާ, ތުރުކީ ރައީސް އެރްދޮގާންގެ ދަރިފުޅު ބިލާލް އެރްދޮގާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އިސްމާޢީލް ކަރާއޮސްމާނޮގްލޫ 12 ފެބްރުއަރީ 2025 ގައި އަމިއްލަ ޖެޓެއްގައި ރާއްޖެ އައިސް މިސައިލް ޑީލްއަކާ ބެހޭގޮތުން އާރަށުގައިވަނީ މުއިއްޒުއާއި މަޝްވަރާކ ކޮށްފައެވެ.

އިސްމާޢީލް ކަރާއޮސްމާނޮގްލޫއަކީ 2017 ގައި ޤާއިމުކުރެވުނު އެމްޑީއެސް މޮޑަން ޑިފެންސް ސޮލިއުޝަންސް ހިންގާ ފަރާތެވެ. މިއީ ޑިފެންސް ކުންފުންޏެއް ނަމަވެސް، އެމީހުންނަކީ މިސައިލް އުފައްދާ ތަނެއް ނޫނެވެ. އެމްޑީއެސްއިން މަސައްކަތްކުރަނީ ރާއްޖޭގެ ސަރުކާރާއި މިސައިލް އުފައްދާ ކުންފުނީގެ ދެމެދު މެދުވެރިއެއްގެ ގޮތުގައެވެ. މުޢިއްޒުގެ ޤަޞްދަކީ މިއަހަރުގެ ބަޖެޓުން 500 މިލިއަން ރުފިޔާ މިކަމަށް ހޭދަކުރުމެވެ.

އެގޮތުން މުއިއްޒު ދުބާއީއަށް ކުރި ދަތުރުތަކުގެ ތެރެއިން އެއް ދަތުރުގައި، ބޭންކު އެކައުންޓެއް ހުޅުވުމަށް ޔޫއޭއީގައި ބޭންކިންގ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅާފައިވެއެވެ. މިކަން މައުލޫމާތު އެނގިހުރި ފަތާތްކަށް ޔަޤީންކޮށްދީފައިވަނީ މުޢިއްޒާ ގާތް ފަރާތްތަކުންނެވެ.

މުޢިއްޒާއި އިސްމާޢީލް ފުރަތަމަ ބައްދަލުވެފައިވަނީ މުޢިއްޒު އަދާލަތު ޕާޓީގައި ހުރިއިރު އެވެ. އޭރުގެ މުއާމަލާތްތަކުގެ ޚަބަރުތައް އަދާލަތު ޕާޓީގެ ރައީސް ޝޭޅް އިމްރާންއައި އެޕާޓީގެ އިސް ފަރާތެއް ކަމަށްވާ އަލީ ޒާހިުމެންދަ ފަރާތްތަކަށް އެނގޭ ކަމަށް ވެއެވެ. އަދާލަތު ޕާޓީން ފުރަތަމަ މަސައްކަތްކުރީ އިޚްވާނުލް މުސްލިމީންގެ ވިސްނުމާ އެއްގޮތްވާ ބައިނަލްއަޤުވާމީ ސިޔާސީ ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމަށެވެ. އޭރި އެޕާޓީން އިސްމާޢީލްއާ ބައްދަލުކުރީ އެ ބޭނުމުގައެވެ.

އިސްމާޢީލް ގުޅިފައިވަނީ ތުރުކީގެ އޭކޭ ޕާޓީ (ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ) އާއެވެ. އޭނާ އަދާކޮށްފައިވަނީ އޭކޭ ޕާޓީގެ ޔޫތު ބްރާންޗް (ގެންޗްލިކް ކޮލްލަރީ) ގެ ރައީސްކަމެވެ. މި އެމްޑީއެސް ކުންފުނި ހިންގަނީ ޑިފެންސް ދާއިރާގައި، މިލިޓަރީ ތަމްރީނު، ހަތިޔާރާއި ވަޒަން ގުދަންތައް ބިނާކުރުމާއި މެނޭޖްކުރުމާއި އަދި އަސްކަރިއްޔާ، އެއަރ އަދި ނޭވަލް ބޭސްތަކާއެކު ކޮންޓްރެކްޓްތައް ބެލެހެއްޓުމުގައި ޚާއްޞަވެގެންނެވެ. އެމީހުން ޤަޠަރުގެ އާމްޑް ފޯސަސްއާއެކުވެސް ބޮޑު ކޮންޓްރެކްޓެއް ހޯދައިގެން ބުރޯޤް ސްޕެޝަލް މެރިން އޮޕަރޭޝަންސް ތަމްރީނު މަރުކަޒު ޤާއިމުކޮށްފައި ވެއެވެ. މި ކޮންޓްރެކްޓް އެމީހުންނަށް ދިން އިރު އެފަތާތުގެ އިންވެސްމަންޓުގައި ހުރީ އެންމެ 28،000 އެމެރިކާ ޑޮލަރެވެ.

މި ވަކި ޑީލްއާ ގުޅިގެން ފަސާދައިގެ ރިޕޯޓުތައް ގިނައެވެ، އެއީ ތުރުކީ ރައީސް ރެސެޕް ޠައްޔިބް އެރްދޮގާން މިލިޓަރީ އަދި ޑިފެންސް ޑީލްގެ ފަހަތުން މިލިއަން ޑޮލަރުގެ ފައިދާ ޖީބަށްލައިގެންފައިވާކަމުގެ ރިޕޯޓުތައް އޭރު ކޮށްފައި ވެއެވެ. އިސްމާޢީލްއަކީ އެމީހުންނަށް ހުރިހާކަމެއް ކޮށްދޭ މީހާއެވެ. މިއީ ފާޅުގައި ކުރާ ކޮރަޕްޝަނެވެ. މިކަހަލަ ކޮންމެ ޑީލްއެއްވެސް ދެން އަންނަ ސަރުކާރުގައި ތަޙުޤީޤުކުރެވޭނެއެވެ. ބޭނުންވެއްޖެނަމަ ތަޙުޤީޤުތައް ފަސޭހަކުރުމަށް ޤާނޫނެއް ފާސްކުރެވޭނެއެވެ.

ސްޓޫޑަންޓް ލޯނަށް ޚަރަދު ކުރުން ހުއްޓާލީ މިސައިލް ޑިފެންސް ސިސްޓަމް ގަތުމަށް

މުއިއްޒުގެ ސަރުކާރުން ސްޑޫޓަންޓް ލޯނަށް ޚަދުކުރުން ހުއްޓާލީ މި މިސައިލް ޑިފްންސް ސިސްޓަމް ގަތުމަށްކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވިއެވެ.

އަދި މުއިއްޒުގެ ސަރުކާރުން މަޖިލިސް އިންތިޚާބަށް ކޮރަޕްޝަންގެ ފައިސާ ހޯދުމަށް, ތުރުކީ ޑްރޯން މުއާމަލާތް ކުރި ފަދައިން މި ޑީލުގެ ބޭނުމަކީވެސް މުއިއްޒު ބޭނުންވާ އަދަދަށް ރިޝްވަތުގެ ފައިސާ ޖީބަށް ޖަމާކުރުންކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.