ޚަބަރު

އަބުދުއްރަހީމްގެ ފިޔަ ކޮށާލުން އަދިވެސް ކުރިޔަށް: އެންމެ ފަހުން ޝަމްއާންވެސް މަގާމުން ވަކިކޮށްފި, ޝަމްއާއަކީ ފައިސަލްގެ އެންމެ ގާތް އެއް އެކުވެރިޔާ!

ދިޔަވަރު
އަބުދުއްރަހީމްގެ ފިޔަ ކޮށާލުން އަދިވެސް ކުރިޔަށް: އެންމެ ފަހުން ޝަމްއާންވެސް މަގާމުން ވަކިކޮށްފި, ޝަމްއާއަކީ ފައިސަލްގެ އެންމެ ގާތް އެއް އެކުވެރިޔާ!

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު އެ މަގާމުން ރޭ ވަކި ކޮށްފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ޝައްމާން ވަކިކުރަން ރައީސް މުއިއްޒު ނިންމެވީ ރޭގެ ވަގުތެއްގަ އެވެ.

ގާނޫނުއަސާސީން ކޮންޓްރޯލަރ ވަކުކުރުމުގެ ބާރު ސީދާ ރައީސަށް ލިބިފައި ވެއެވެ. ޝަމްއާން މަގާމުން ވަކިކުރިއިރު, މަޖިލިސް ރައީސް އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް މަގާމުން ވަކިކުރި ހިސާބުން ޝަމްއާން މަގާމުން ވަކިކިުރާނެކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ފައިސަލް މަގާމުން ވަކިކޮށްފައިވަނީ, އޭގެ ކުރިން އަބުދުއްރަހީމްއާއި ގުޅުން އޮންނަ ގިނަ ބަޔަކު ސަރުކާރުގެ އިސް މަގާމްތަކުން ވަކި ކުރުމަށްފަހުއެވެ. އަދި ފައިސަލް ވަޒީރުކަމުން ވަކި ކުރެއްވުމަށްފަހު, އަބުދުއްރަހީމްގެ ފަރާތުން އެމްޕީއެލްގެ އެމްޑީކަމަށް އައި ވަޖީހުވެސް ފަހުން ވަނީ މަގާމުން ވަކި ކުރައްވާފައެވެ. އޭގެ ފަހުންވެސް އަބުދުއްރަހީމްއާއި ގުޅުން އޮންކަމަށް ޝައްކުރެވޭ އެހެން ގިނަ ބަޔަކުވެސް މަގާމްތަކުން ވަކިކޮށްފައި ވެއެވެ. އެގެ ތެރޭގައި ޕީސީބީގެ ރައީސްގެ މަގާމްގައި ހުންނެވި ހަމްދީ އަގީލްވެސް ހިމެނެއެވެ.

ޝައްމާން ވަކިކުރި ހަބަރު ލިބުނު ފަހުން މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ, އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ބުނެފަ އެވެ. މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ޝަމްއާންއާ ގުޅުމެއް އޮތް ކަމަށް ފުލުހުން ނުބުނި ނަމަވެސް, ކުރިން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި ގޮތުގައި, ޝައްމާން ވަކިކުރީ ބިދޭސީ މަސައްކަތްތެރިން އަތުން ފައިސާ ނަގާ މައްސަލައާ އޭނާއާ ގުޅުމެއް އޮތުމުންނެވެ. އެހެންނަމަވެސް ސާބި ނުހިފޭ ތުހުމަތެއް މި ބީދައިން ޝަމްއަށް ކުރެވުނު ނަމަވެސް, ދަނޑިވަޅު ބަލާފައި އުޒުރެއް ކުރިމަތި ކުރުވައިގެން މުއިއްޒު އޭނާ މަގާމުން ވަކި ކުރީކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫދިން ފަރާތުން ވިދާޅުވެފައި ވެއެވެ.

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމަށް ޝައްމާން އައްޔަންކުރަން ރައީސް މުއިއްޒު ނިންމެވީ ވެރިކަމުގެ ތިންވަނަ ދުވަހު އެވެ.

ޝައްމާން އޭގެ ކުރިން އިމިގްރޭޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލަކަށް އައްޔަނުކުރިއިރު, އޭނާ ހުރީ ވަޒީފާއިން ވަކިކޮށްފަ އެވެ.

އަބްދުއްރަހީމްއާ ގާތްގުޅުމެއް އޮތް މީހުން މަގާމުން ވަކިކުރާނެ ކަމުގެ އަޑުތައް ކުރިން ފެތުރިފައިވެ އެވެ.