މިއަދުގެ ޒަމާނުގައި، ސޯޝަލް މީޑިއާގެ ސަބަބުން ޒުވާނުންގެ މެދުގައި ފެތުރިފައިވާ މޮޅެތި ލައިފްސްޓައިލްއަށް ބަލާއިރު, ގިނަ ބަޔަކު ދެކޭގޮތުގައި, ރާއްޖޭގެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުއަކީ އަރާހުންނެވި ބޭކަނބަލެކެވެ. އޭގެ އެއް ސަބަބަކީ މާލޭގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރުންނާއި ވާދަކޮށްވެސް ސާޖިދާ އަކީ ޚާއްސަ އަގުބޮޑު އަދި މީހުންގެ ލޮލުގައި އަޅައިގަންނަފަދަ އެކިއެކި ކުލަކުލަައިގެ އަގުބޮޑު ޑިޒައިންތަކަށް ތައްޔާރުކޮށްފައިވާ ހެދުން ތުރުކުރައްވާ ބޭކަނބަލަކަށް ވާތީއެވެ. އޭނާގެ ޙައިރާންކުރުވަނިވި ފެޝަން ސެންސް އަދި އަގުބޮޑު ދިރިއުޅުމުގެ ސްޓައިލަށް މޭރުންކޮށް ބަލާއިރު, މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް ސާޖިދާގެ ކޮންމެ ފެނުލުމަކަށް ވަނީ އާ ކޮސްޓިއުމެއް އަދި މުޅިން އާ ޑިޒައިނެއްގެ ހެދުންތައް ތުރުކުރައްވާފައެވެ. އެގޮތުން ހެދުން އެޅުމުގެ ވައްޓަފާޅިއާއި ވައްތަރުތަކަކީ ގިނަބައެއްގެ ވަރަށް ބޮޑު ސަމާލުކަމެއް ހޯދާފައިވާ ވައްޓަފާޅިއަކާއި ވައްތަރުތަކެއް ކަމުގައި ދަންނަވާން ޖެހެއެވެ. އަދި ރާއްޖެ ދެކެފައިވާ ފަސްޓް ލޭޑީންގެ ތެރެއިން, އެންމެ އަގުބޮޑު ދިރިއުޅުއްވުމަކަށް ލޯބި ކުރައްވަމުން ގެންދަވަނީވެސް ސާޖިދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސާޖިދާ ގިނަފަހަރަށް ސިފަވެގެން ދަނީ ގައުމުގެ ނާއިބު ރައީސަކަށް ވެގެން އުޅުއްވާ ކަހަލަ ގޮތަކަށްކަމަށް ގިނަބަޔަކު ސިފަ ކުރަމުން ދެއެވެ.
މިހާތަނަށް ރާއްޖެ ދެކެފައިވާ އެހެން ހުރިހާ ފަސްޓް ލޭޑީންނަކީވެސް ވަރަށް ސިމްޕަލް, އާދައިގެ ދިރިއުޅުއްވުމަކަށް ލޯބި ކުރައްވާފައިވާ ފަސްޓް ލޭޑީންކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ކުރިއަށް އޮތް އީދު ދުވަހާއި ގުޅޭގޮތުން، ގިނަބަޔަކު ކުރާ ސުވާލަކީ "ސާޖިދާ މިފަހަރު އީދަށް ބޭނުންކުރާނީ ކޮން ބާވަތެއްގެ ކިހާ އަގުބޮޑު ކޮސްޓިއުމެއް ބާވައޭ؟"
ތިރީގައި މި ބަލާލަނީ ސާޖިދާގެ މިއަގުބޮޑު ދިއިރުޅުއްވުމާއި, އަދި ކުރިޔަށް އޮތް އީދު ސަލާމަށް ސާޖިދާ ބޭނުން ކުރައްވަފާނޭ ކޮސްޓިއުމްއަކާއި ގުޅޭގޮތުންނެވެ.
ސާޖިދާގެ ފެޝަން ސްޓައިލްގެ ނަޒަރެއް
ސާޖިދާގެ ފެޝަން ސްޓައިލަށް ބަލާއިރު އޭނާ ކުލަދަ ގަދަ, މީހުންގެ ލޮލުގައި އަޅައިގަންނަ ފަދަ ޑިޒައިންތައް ތުރު ކުރެއްވުމަށެވެ. އަދި އަޅުއްވާ ބުރުގާއާއި ތުރުކުރައްވާ ހެދުން ހުންނަނީ އަބަދުވެސް ޚާއްސަ ޑިޒައިންއަކުން ގުޅުވާލެވިފައެވެ. ސާޖިދާގެ ކޮސްޓިއުމުގައި, ކުލަ ގަދަކޮށް, ތުރުކުރައްވާ ހެދުންކޮޅާއި އަޅުއްވާ ބުރުގާއާއި, ލައްވާ ފައިވާން ދެއްކުންތެރިކަމަށް ބައްޓަން ކޮށްފައި ހުންނަ ނަމަވެސް، ރާއްޖޭގެ ސަގާފަތާއި އިސްލާމީ އަސްލުތަކަށް ހުރުމަތްތެރިކޮށް ހިތާ، ޒަމާނީ މޮޑެސްޓް ފެޝަން ވެސް އޭނާގެ ލައިފްސްޓައިލްގައި އެކުލަވާލައިފައިވާކަން ފާހަގަ ކޮށްލާން ޖެހެއެވެ.
އޭނާ އާންމުކޮށް އިޚްތިޔާރުކުރާ ކުލަތަކަށް ބަލާއިރު، ފަސޭހަ ނިއުޓްރަލް ޓޯންތައް ކަމުގައިވާ ކްރީމް، ބެޖް އަދި ޕެސްޓެލް ޝޭޑްތައް އަދި ބޮލްޑް ކުލަތަކުގެ ގޮތުގައި ރީތި ގަދަ އަދި މަޑު ރަތް (ބަރގަންޑީ) އަދި ރޯޔަލް ބްލޫގެ ތަފާތު ޓޯންތައް ބޭނުންކުރާކަން ފާހަގަކުރެވެއެވެ. ސާޖިދާ އަކީ "ލެސް އިޒް މޯރ" އުސޫލަށް ތަބާވާ މީހެއްކަމުން، ގިނަފަހަރަށް މަދު ގަހަނާތަކާއެކު ޝީކް އޮތޯރިޓީއެއް ދޭހަވާ ސްޓައިލެއް އޭނާ ފާއިތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ގެންގުޅެފައި ވެއެވެ
ވޭތުވެދިޔަ އީދުތަކުގައި ސާޖިދާގެ ކޮސްޓިއުމްތައް
ފާއިތުވި އަހަރުގެ އީދަށް ސާޖިދާ އިޚްތިޔާރުކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރ ސަބްޔަސާޗީގެ ޒަމާނީ ގޮތަކަށް ފަރުމާކޮށްފައިވާ-ލެހެންގާއެކެވެ. އޭގެ ނުރަ ޑީޓެއިލްއާއި ކުލަތަކުގެ އެކުލުވާލުމާއެކު، އަޅައިގަންނަފަދަ ޑި. އޭގެ ކުރީ އަހަރު، އޭނާ ދުނިޔޭގެ މަޝްހޫރު ޓޮޕް ޑިޒައިނަރެއްގެ ކަސްޓަމް މޭޑް ކެފްޓާނެއް ބޭނުންކޮށްފައިވެއެވެ.
ސާޖިދާގެ ތަފާތު ފަންކްޝަންތަކަށް ޚާއްސަކޮށް ކޮސްޓިއުމް ބޭނުން ކުރައްވަނީ އޭނާގެ އަމިއްލަ ސްޓައިލް ބަޔާންކުރުމަށް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. އޭނާ ސަރުކާރުގެ އެތައް އިވެންޓެއްގައި ބައިވެރިވެ ގައުމުގެ ނާއިބު ރައީސެއްގެ ދައުރުވެސް އަދާކުރަމުންނެވެ. މިފަދަ ކޮންމެ އިވެންޓެއްގައިވެސް އޭނާ ގެންދަނީ އަގުބޮޑު ލައިފްސްޓައިލްއެއް ތަމްސީލުކޮށްދީ އޭނާގެ ކޮންމެ އިވެންޓެއް އާދަތާ ޚިލާފަށް ސޯޝަލް މީޑިއާގައި އިސްތިހާރުވެސް ކުރަމުންނެވެ.
މިއަހަރުގެ އީދަށް ކޮންބާވަތެއްގެ ކޮސްޓިއުމެއް؟
އީދުގެ ދުވަސް ގާތްވަމުން އަންނަވަރަކަށް، ޓްރެންޑް ހުރިގޮތުން ބަލާއިރު، މިއަހަރު ސާޖިދާ އިޚްތިޔާރުކުރާނެ ކޮސްޓިއުމްއާމެދު ބައެއް އަންދާޒާތައް ކުރެވެއެވެ:
- ޒަމާނީ ދިވެހި ލިބާސް: ގިނަބަޔަކު ޤަބޫލުކުރާގޮތުގައި، ސާޖިދާ މިއަހަރު ދިވެހި ލިބާސް ޒަމާނީ ގޮތަކަށް ތަރައްޤީކޮށްފައިވާ ފެޝަނަށް އަލިއަޅުވާލުމަށް ރާއްޖޭގެ ކުޅަދާނަ ޑިޒައިނަރަކާ ގުޅިގެން، އައު ޒަމާނަށް އެކަށީގެންވާ ދިވެހި ލިބާހެއް ތައްޔާރުކުރުން އެކަށީގެންވެއެވެ. ޚާއްޞަކޮށް ސާޖިދާއަކީ ރާއްޖޭގެ ނާއިބު އަދާކުރައްވަންޖެހޭ ދައުރު, ނުވަތަ އަމަސްއޫލިއްޔަތު އަމިއްލަފުޅަށް މަތިކުރައްވައިގެން އުޅުއްވާ ފަސްޓް ލޭޑީއަކަށްވާތީ، މިފަހަރުގެ ކޮސްޓިއުމް އެހެން އަހަރުތަކާއި ތަފާތު ކޮށްލެއްވުމަށް, މިފަހަރު ސިލްވަރ ވައިޓް ނުވަތަ ޕާލް ކްރީމް ޓޯންތަކުގެ ލިބާހަކާއެކު ދުނީގަލު ބޭނުންކޮށް، ދިވެހި ސަގާފަތުގެ ރީތިކަން ދައްކުވައިދިނުމަށް މަސައްކަތްކުރުން އެކަށީގެންވެއެވެ.
- މެދުއިރުމަތީގެ ހައި ފެޝަން: ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ގަތުލުކުރަމުންދާއިރުވެސް, ސާޖިދާގެ ފިުރިކަލުން ރައީސް މުއިއްޒު އިސްރާއީލުގެ ޕާސްޕޯޓު މަނާ ކޮސްފައި ނުވާތީ އަމާޒުވަމުންދާ ފާޑުކިއުންތައް ހިންދާލުމުގެ ބޭނުމުގައި, މި އީދުގައި ފަސްތީނަށް އޮތް ތައީދު ދައްކުވައި ދިނުމުގެ ގޮތުން، ސަޢޫދީ ނުވަތަ ޔޫއޭއީގެ ފަހުގެ ޑިޒައިނަރެއްގެ އަބާޔާއެއް ނުވަތަ ކަފްޓާނެއް އިޚްތިޔާރުކުރުން ވެސް އެކަށީގެންވެއެވެ. ރޯޔަލް ބްލޫ ނުވަތަ އެމެރަލްޑް ގްރީން ގަދަ ކުލައެއްގެ މައްޗަށް ރަންކުލައިގެ އެމްބްރޮއިޑަރީއާއެކު ޒަމާނީ ޕްރިންސެސް ވައްތަރުގެ ސްޓައިލެއް އޭނާއަށް ދިވެހި ޒުވާނުންގެ މެދުގައި ހިތްވަރުދޭ ނަމޫނާއެއްގެ ގޮތުގައި އަތާރަފް ކޮށްފާނެކަމަށްވެސް ޤަބޫލުކުރެވެއެވެ.
- ގްލޯބަލް ފިއުޝަން: ސާޖިދާއަކީ ދެއްކުންތެރިކަމަށް ލޯބިކުރާ އަދި އަގުބޮޑު ކޮސްޓިއުމްތަކަށް ލޯބިކުރާ ފަސްޓް ލޭޑިއަކަށްވާތީ, ދުނިޔޭގެ މަޝްހޫރުކަން ހޯދާލުމަށް, ޓްރެޑިޝަނަލް އިސްލާމިކް މޮޑެސްޓީއާއި ބައިނަލްއަޤްވާމީ ހައި ފެޝަން އެއްކޮށްފައިވާ ކޮސްޓިއުމެއް ބޭނުންކުރުންވެސް އެކަށީގެންވެއެވެ. މިގޮތުން ޖަޕާނުގެ ކިމޯނޯ ސްޓައިލްގެ ބައެއް ވައްތަރުތައް ނުވަތަ އެފްރިކާގެ ސަގާފީ ވައްތަރުތައް މެދުއިރުމަތީގެ ފެޝަނާ އެއްކޮށްފައިވާ ކޮސްޓިއުމެއް ދިވެހި ވަންތަކަމާއި ގުޅުވާލައިގެން, އާދަޔާ ޚިލާފަށް އަގުބޮޑު, މުޅީން ތަފާތު ކޮސްޓިއުމެއް ބޭނުން ކޮށްލުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ބެލެވެއެވެ.
ސާޖިދާގެ ދެއްކުންތެރިކަމުގެ ފިލޯސަފީ
ސާޖިދާ ގާތް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ސާޖިދާ ދެކޭ ގޮތުގައި، "ފެޝަން އަކީ ތިމާއަށް އެކަނި ނޫނެވެ. އެއީ ސަގާފަތާއި، އައިޑެންޓިޓީއާއި އެކުގައި ޖަމާޢަތުގެ ވާހަކަދެއްކުމެވެ." އެނޭ ދެކޭ ގޮތުގައި, ފެޝަންއަކީ, އޭނާ ހޮވާ ހެދުންކޮޅުތަކާއި އެކްސެސަރީޒްތަކަކީ ބޭރުފުށުން ފެންނަ ޖަމާލުކަން ގެނެސްދިނުމަށް އެކަނި އޮން އެއްޗެއް ނޫންކަމަށާއި، އޭގެ ބަދަލުގައި ތުރުކުރައްވާ ހެދުން ކޮޅަކީ, އޭނާގެ އަމިއްލަ އައިޑެންޓިޓީ އަދި އުސޫލުތައް ކުރިއެރުވުމަށް ބޭނުންކުރާ ޓޫލްތަކެއް ކަމުގައި ސާޖިދާ ޤަބޫލުކުރާކަމަށް ގާތް ބޭފުޅުން ވިދާޅުވެއެވެ.
އީދުގެ ދުވަހަށް ސާޖިދާ ހޮވާ ކޮސްޓިއުމް ވެގެންދާނީ އެ ސީޒަންގެ ޓްރެންޑްއެއް ކަމަށް ބެލެވެއެވެ. ހަމައެއާއެކު، ދެއްކުންތެރިކަމަށް ލޯބިކުރާ ފެޝަން އިކޮނިކް އެއްގެ ހައިސިއްޔަތުން، އޭނާގެ އިޚްތިޔާރުތަކަކީ ރާއްޖޭގެ ފެޝަން ދާއިރާގައި ބޮޑު ސަމާލުކަމެއް ލިބޭ ބަދަލުތަކުގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.
ނިންމާލުން
ސާޖިދާގެ އީދު ކޮސްޓިއުމްއަކީ ކޮބައިކަން ތާރީޚާއި ޙަޤީޤަތުން އެނގޭނީ އީދު ދުވަހުއެވެ. އެދުވަހު އޭނާ ތުރުކުރައްވާ ހެދުކޮޅުންނެވެ. ނަމަވެސް، ސާޖިދާގެ ފާއިތުވި ދޮޅުއަހަރުގެ ކޮސްޓީއުމަށް ބަލާއިރު، އެއީ ކޮންމެ ކޮސްޓިއުމެއްކަމުގައިވިޔަސް، އޭނާ އިޚްތިޔާރުކުރާނީ ފެޝަން ކޮންވެންޝަންގެ އިންތައްވެސް ފަހަނަ އަޅާދާފަދަ، ކުލަގަދަ، ސަގާފީގޮތުން މުއްސަނދި، އަގުބޮޑު ތަފާތު ވައްތަރެއްގެ ކޮސްޓިއުމެއްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. ކުރިޔަށް އީދު ސަލާމަކީ ސާޖިދާގެ ދެއްކުންތެރިކަމާއި އަގުބޮޑު ދިރިއުޅުމުގެ ސްޓައިލްގެ އެންމެ ރީތި ލޮނުމެއް ފެންނާނޭ އީދު ސަލާމެެއް ކަމުގައި މިފަހަރު އީދު ސަލާމް ވެގެންދާނެއެވެ.
އަންދާޒާކުރެވޭގޮތުގައި، އޭނާގެ ޚާއްޞަ ކޮސްޓިއުމްއާއެކު އަސަރުކުރުވަނިވި ހަނދާންތަކެއް ކޮންމެ ފަހަރަކުމެ ފަދައިން މިފަހަރު ވެސް ތާރީޚަށް ދޫކޮށްލުމަށް ސާޖިދާ ބޭނުންވާނެއެވެ. އީދު ސަލާމުގެ ގިނަ ފޮޓޯ ތަކުންނާއި، ސާޖިދާގެ ލައިފްސްޓައިލްއިން ރާއްޖޭގެ ފެޝަން އިންޑަސްޓްރީ ސިހުން ގެނުވާ, އަދި ސާޖިދާގެ އަގުބޮޑު ލައިފް ސްޓައިގައި އާ ކުލައެއް ޖައްސާ, ފެންނަން ހުރި ޓްރެންޑްތަކަށް ސަމާލުކަންދީ، އޭނާގެ މިއަހަރުގެ އީދު ސަލާމުގެ ދެއްކުންތެރިކަމަށް ޝައުޤުވެރިކަމާއެކު ބަލަން ތިބެމާ ހިނގާށެވެ.