ޝަމްއާން އަކީ ކޮރަޕްޓު މީހެއްކަން އަބަދުވެސް މުއިއްޒަށް އެނގެއެވެ. ޝަމްއާނު 2021 ވަނަ އަހަރު ކޮންމެ ކޯޓާއަކުން 9500ރ އިން ވައްކަން ކޮށްގެން ކަނޑާލިކަންވެސް މުއިއްޒަށް އެނގެއެވެ. ޝަމްއާނު އެ މަޤާމަށް އައްޔަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ވައްކަމާއި ކޮރަޕްޝަން ކުރަން ކެރޭނެ މީހަކު އެ މަގާމަށް ގެނައުމެވެ.
ޝަމްއާނު މަގާމުން ވަކިކޮށް، ހައްޔަރު ކުރި ކުރުމުގައި އޮތީ ސިޔާސީ ސަބަބު ތަކަކާއި، މުއިއްޒު އާއި އިހްސާނު އިމިގްރޭޝަނުގައި ހިންގަމުންދާ ކޮރަޕްޝަން ފުޅާ ކުރުމެވެ.
ޝަމްއާނުގެ ކޮރަޕްޝަންގެ އެތައް ސަފްހާތަކެއް ސޯޝަލް މީޑިޔާގެ މަޝްހޫރު ހަސަން ކުރުސީވެސް ވަނީ މީގެ ކުރިން ގެނެސްދީފައެވެ. މުއިއްޒު ދިނީ ހަމަ ބީރު ކަންފަތެކެވެ. މުއިއްޒު ބޭނުންވީ އޭރު ޝަމްއާނު ލައްވައި ވައްކަން ކުރުވާށެވެ.
ޝަމްއާނަކީ އަބްދުއްރަހީމުގެ ފަރާތުން މަގާމަށް އައި މީހެއް ކަމުން، އަބްދުއްރަހީމް އާއި މުއިއްޒު އާއި ދެމެދު އޮތް ގުޅުން ގޯސްވި ހިސާބުން މުއިއްޒަށް ލިބެމުންދިޔަ ކޮރަޕްޓް ފައިސާ އިމިގްރޭޝަނުން ޝަމްއާނު ނަގާ ނުދިނުމަކީ އޭނާ ވަކި ކުރަން އޭރުންސުރެ މުއިއްޒު ބޭނުންވެފައި ހުރި ކަމެކެވެ.
ޝަމްއާނަށް ފާރަލައި މުއިއްޒުއާއި އިހްސާން އެތައް ދުވަހެއްގެ މަސައްކަތުން މިރޭ ހައްޔަރު ކޮށްފައިވަނީ، އިމިގްރޭޝަންގެ ތެރެއިން އެތައް މިލިއަން ޑޮލަރެއްގެ ބެސްޓިނެޓް ކުންފުނިން މުއިއްޒު އާއި އިހްސާން ނަގައިގެން ހިންގަމުންދާ ކޮރަޕްޝަނުގެ ހާލި ބޮޑު ކުރުމަށެވެ.
ހައްޔަރުކުރި އަނެއް ސަބަބަކީ މުއިއްޒު އާއި ދެކޮޅަށް ސަރުކާރުގައި ހުރެ މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އާއި، ސަރުކާރުގެ ހާއްސަކޮށް މުއިއްޒު އާއި އިހްސާނުއާއި ގުޅޭ ކޮރަޕްޝަނާއި ޒާތީ މައުލޫމާތު ލީކު ކުރާކަމަށް ބުނެއެވެ.
ތިރީގައި މިވަނީ ބެސްޓިނެޓްގެ ކޮރަޕްޝަންގެ މަންފާ މުއިއްޒު އެތައް މިލިއަން ޑޮލަރަކުން ހާސިލް ކުރަމުންދާއިރު، ރައްޔިތުންނަށް އެއިން ކުރާ އަސަރުގެ ކުޑަ މިންވަރެކެވެ.