ޚަބަރު

ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލަށް ބަދަލު ކުރުމުގެ ވިސްނުން އައީ ކުރެވުނު މުޒާހިރާއަކަށް ފަހު! މުއިއްޒުއަކީ ވިޝަންއެއް ދުރު ވިސްނުމެއް ނެތް, ރުންކުރުވެ ޕްރެޝަރަށް ނިންމެވުންތައް ނިންމަވާ ވެރިއެއް!

ދިޔަވަރު
ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލަށް ބަދަލު ކުރުމުގެ ވިސްނުން އައީ ކުރެވުނު މުޒާހިރާއަކަށް ފަހު! މުއިއްޒުއަކީ ވިޝަންއެއް ދުރު ވިސްނުމެއް ނެތް, ރުންކުރުވެ ޕްރެޝަރަށް ނިންމެވުންތައް ނިންމަވާ ވެރިއެއް!

ތެލަސީމިއާ ސެންޓަރު ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށްޓަކައި، އެތަނަށް ބޭނުންވާ އެންމެހައި އާލާތްތަކާއި މެޑިކަލް ވަސީލަތްތައް އަދި މުވައްޒަފުން ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށާއި، މިހާރު އެ ސެންޓަރުގައި ދިމާވެފައިވާ އެންމެހައި ދަތިތައް ވަކި ޓައިމްލައިނެއްގެ ތެރޭގައި ރަނގަޅުކުރުމަށް އަންގަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރިތާ ސައުވީސް ގަޑިއިރުނުވަނީސް އެސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވާ ދެއްކެވި ޥާހަކަފުޅުގެ ތެރެއިންނެވެ.

ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ މުއިއްޒުގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މުއިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ކަންކަން ތަފްސީލުކޮށް އޮޅުންފިލުއްވާފައިވާކަމަށާއި އެގޮތުން އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެތަނުގެ ޙަލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމުގެ ވިސްނުން މުއިއްޒުއަށް އައީ, ތެލަސީމިއާ ޕޭޝަންޓުންނާއި ޕޭޝަންޓުންގެ ބެލެނެވެރިން ކުރި މުޒާހިރާއަކަށް ފަހުއެވެ. އެއަށްފަހު މިއަދު އެ ސެންޓަރަށް ވަޑައިގެންނެވުމަށްފަހު މުއިއްޒު ވިދާޅުވީ މިހާތަނަށް އެސެންޓަރުގެ ހާލަތު އެނގިފައި ނުވާކަމުގައެވެ.

އެހެންނަމަވެސް އެ ސެންޓަރުގެ ހާލަތު ކުރިން ނޭގޭކަމަށް މުއިއްޒު ދޮގު ހެއްދެވިކަން މިއަދު ހާމަވީ, އެ ސެންޓަރުގެ ހާލަތުގެ ވާހަކަތައް މުއިއްޒުގެ ފޯނަށްވެ ހިއްސާކޮށްފައިވާނޭކަމަށް ތެލަސީމިއާ ބައެއް ޕޭޝަންޓުންނާއި އެ ޕޭޝަންޓުންގެ ބައެއް ބެލެނެވެރިން މިއަދު ހާމަކުރުމާއި ގުޅިގެންނެވެ. އަދި މުއިއްޒުއަށް އެޑްރެސްކޮށް ހާލަތު ބަޔާންކޮށް ސިޓީ ފޮނުވާފައިވާނެކަމަށްވެސް ތެލަސީމިއާ ބައެއް ޕޭޝަންޓުންނާއި އެ ޕޭޝަންޓުންގެ ބައެއް ބެލެނެވެރިން ވިދާޅުވެފައި ވެއެވެ.

ހަމައެއާއެކު, ތަލަސީމިއާ ސެންޓަރުގެ ހާލަތު ދަށްވެ, އެވާހަކަތައް އެތައް ފަހަރަކު މީޑިއާތަކުގައިވެސް ދެކެވިފައިވެއެވެ. އެހެންނަމަވެސް މުއިއްޒު ވިދާޅުވީ ފާއިތުވި ދޮޅު އަހަރުތެރޭވެސް އެސެންޓަރުގެ ހާލަތުގެ އެއްވެސް ވާހަކައެއް މިހާތަނަށް އަޑު އިވިފައި ނުވާކަމުގައެވެ.

ހަމައެއާއެކު ފާހަގަވާން އޮތް ކަމަކީ ތެލަސީމިއާ ސެންޓަރަކީ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގާންޖެހޭ ތަނެއްކަންވެސް މުއިއްޒުގެ ވިސްނުމަށް އައީ ދުރާލާ ރޭވިފަ އޮތް ޕްލޭނެއްގެ ދަށުން ނޫންކަމެވެ. ކުއްލިއަކަށް ކުރެވުނު މުޒާހިރާއަކާއި ގުޅިގެން އެވިސްނުން ބުއްދިއަށް އައީއެވެ. މުއިއްޒުގެ ދުރުވިސްނުމެއް ތަސައްވުރެއް, ވިޝަންއެއް ނެތެވެ.

ހުރިހާވެސް ނިންމުމެއް ވިސްނުމަށް އަންނަނީ ވަކިވަރަކަށް ޕްރެޝަރ މައްޗަށް ގޮސް, ރުންކުރު ވުމުންނެވެ. މިއީ ހަގީގަތުގައިވެސް ގައުމެއް ހިންގޭނެ ގޮތެއް އުސޫލެއް ނޫންކަން މިއަދު މިވަނީ ގަބޫލު ކުރާން މަޖުބޫރު ވެފައެވެ.