ފެނަކަ ކޯޕަރޭޝަންއިން ކަރަންޓް ހިދުމަތް ދެމުންގެންދާ ލ.ކަލައިދޫގެ ކަރަންޓް މައްސަލަޖެހި ގަޑިއިރަކުން، ކަރަންޓް ކަނޑަމުންގެންދާތާ މިއަދަށް 3 ދުވަސް ވެއްޖެއެވެ.
ކަލައިދޫ ފެނަކަ ބްރާންޗުގެ މުވައްޒަފަކު މަޢުލޫމާތުދިން ގޮތުގައި ރޯދަމަސް ފެށުނުތަނާހެން އިންޖީނުތަކަށް މައްސަލަ ދިމާވަން ފަށައިފިއެވެ. އޭނާ ބުނިގޮތުގައި ‘އިންޖީނުތަކަށް މައްސަލަ ދިމާވަންފެށީ އެއަށް ބޭނުންވާ ފިލްޓަރާ، އެހެނިހެން މަރާމާތު ތަކެތި ފެނަކަ ހެޑް އޮފީހުން ނުފޮނުވައިގެން ގިނަދުވަސްވެގެން’ ކަމަށެވެ.

މިހާރު ކަރަންޓް ހިދުމަތް ދެމުން ގެންދަނީ ރަށުގެ ހުރިހާ މަގު ބައްތިތައް ނިވާލައިގެން، މިސްކިތާ އާއްމު ތަންތަނުގައި ބޭނުންކުރާ ބައެއް ކަރަންޓް އާލާތްތައް އެއްކޮށް ނިވާލައިގެނެވެ.
އިސްދޫ ދާއިރާ މެމްބަރު އިސްމާއިލް ޝަފީއު އަކީ މަޖިލިސް ރައީސް އަބްދުއްރަހީމް ފެކްޝަނު މެމްބަރަކަށްވުމުން، އިސްދޫ ދާއިރާގެ ކަންކަން މުވިޒު ވަނީ ދެވަނަ ދަރަޖަކޮށް މެމްބަރާ އޮންނަ ގުޅުން ހީނަރުވެފައެވެ.

ދިޔަވަރު ނޫހަށް ލަފާކުރެވޭގޮތުގައި އާފްޓާރ މެއިންޓެނަންސް ނުކުރެވޭނަމަ ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށުގެ ތެރެއިން 35 އިންސައްތަ ޖުލައި މަހުގެ ކުރިން، ގިނަ ވަގުތު ހޭދަކުރަން ޖެހޭނީ ކަނު އަނދިރީގައެވެ.