ޚަބަރު

މަސްދަޅު ކޭސް ބެހުމުގެ ނަމުގަވެސް ކުރީ ވައްކަން? މަސްދަޅު ކޭސް ގެންގޮސްފިކަމަށް ބުނެ އެތައް ގޭބިސީއަކަށް މަސް ކޭސް ނުލިބުނު?

ދިޔަވަރު
މަސްދަޅު ކޭސް ބެހުމުގެ ނަމުގަވެސް ކުރީ ވައްކަން? މަސްދަޅު ކޭސް ގެންގޮސްފިކަމަށް ބުނެ އެތައް ގޭބިސީއަކަށް މަސް ކޭސް ނުލިބުނު?

ރޯދަ ހަދިޔާގެ ގޮތުގައި މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބެހުމުގައި އޮޅުވާލާ, މަސްދަޅު ކޭހުން ވައްކަން ކުރަމުންދާ ކަމުގައި ބުނެ, ރައްޔިތުންގެ ޝަކުވާތައް ފުނި ޖެހިފައި ވަނިކޮށް, އެތައް ގޭބިސީއަކަށް މަސްދަޅުކޭސް ލިބިގެން ގޮސްފައި ނުވާތީ, މުއިއްޒުގެ ސަރުކާރުން މަސްދަޅު ކޭސްތަކުންވެސް ވައްކަން ކޮށްފައިވާކަން ހާމަވެއްޖެއެވެ.

މުއިއްޒުގެ އެންގެވުމަށް, މި ރޯދަމަހު ސަރުކާރުން ބަހަމުންދިޔަ މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އެސްޓީއޯއިންނާއި ސިޓީތަކާ ބެހޭ މިނިސްޓްރީންނެވެ. މަސްދަޅު ކޭސްތައް ބެހުމުގައި އެކަށީގެންވާ އިންތިޒާމްތަކެއް ކަމާއި ގުޅުންހުރި މުވައްސަސާތަކުން ހަމަޖައްސާފައި ނުވާކަމުގެ އެތައް ޝަކުވާއެއްވެސް އާންމު ރައްޔިތުން ކޮށްފައި ވެއެވެ.

އެގޮތުން ކޮންމެ ގޭބިސީއަކަށްވެސް ކަރަންޓު ބިލް ދެއްކުމުން މަސްދަޅު ކޭސް ދޫކުރާ ގޮތަށް ހަމަޖެއްސިއިރު, މާލޭ ސިޓީގެ ގެތަކުގެ އޯނަރުން ކަރަންޓު ބިލް ދައްކައިގެން ގެތަކުގައި ކުއްޔަށް އުޅޭ މީހުންގެ ނަމުގައިވެސް މަސްދަޅު ކޭސްތައް ނަގާފައި ވެއެވެ. އެގޮތުން މި އުސޫލުން މަސްދަޅު ކޭސްތައް ނަގާފައިވަނީ, މަސްދަޅު ކޭސްތައް ބެހުމުގައި އިސްކޮށް އުޅޭ ފަރާތްތަކާއި ގުޅިގެންނެވެ.

އަދި މަސްދަޅު ކޭސް ބަހަން ތިބި މީހުންވެސް އެތައް ބައެއްގެ ނަމުގައި މަސްދަޅުކޭސް ނަގާފައިވެއެވެ. ގިނަ ބަޔަކު މަސްދަޅު ކޭސްތައް ބަލާ ދިއުމުން, އެ ގޭބިސީގެ މަސްދަޅުކޭސް ވަނީ ގެންގިސްފައިކަމަށް ދުކުރާ ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.

ހަމަ އެއާއެކު, އެތައް ބަޔަކު ވަނީ, މަސްދަޅު ކޭސްތައް ހޯދުމަށް އެތައް ގަޑިއިރަކު ކިއުގައި ތިބެފައެވެ. އެގޮތުން ގިނަ މީހުން އެތައް ގަޑިއިރަކު ކިއުގައި ތިބެން ޖެހުނީ, ކިއު ނަންބަރު ދޫކުރުމުހައި ހަމަހަމަ ކަމެއް ނެތި, އެތެރެ އެތެރެއިން ބޮޑުން ގާތް މީހުންނަށާއި އަދި އެނޫންވެސް ފަރާތްތަކަށް އިންސާފުން ބޭރުން ކިއު ނަމްބަރު ދޫކުރަމުން ދިއުމުގެ ސަބަބުންކަމަށްވެސް, މަސްދަޅު ކޭސް ބަލާ ދިޔަ ގިނަ ބަޔަކު ބުނެފައި ވެއެވެ.

އެއްވެސް އިންތިޒާމެއް ނެތި, ގޭގެއަށް މަސްދަޅު ކޭސް ބެހުމަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމެެއް ކަމަށް ބުނެ, އެކަން ރައީސް މުއިއްޒުގެ ޕްރޮމޯޝަނަކަށް ސަރުކާރުން ހެދިއިރު, ޚުދު މުއިއްޒުގެ ދެމަފިރި ކަނބަލުންނަށްވެސް މަސްދަޅުކޭސް ލިބޭގޮތަށް މަސްދަޅު ކޭސްތައް ބެހިއިރު, އަސާސީ މި މުހިންމު ވަސީލަތް ފޯރުކޮށް ދިނުމުގައި އެންމެ އާދައިގެން ނިކަމެތި ރައްޔިތު މީހާގެ ހައްގުތަކާއި, މުއްސަދި މަހުޖަނުންގެ ގޮތުގައި ތިއްބެވި, ރައީސް މުއިއްޒުގެ ދެމަފިރި ކަނބަލުންގެ ހައްގުތައް އެއްހަމަޔަކުން މިނާނީ ކޮން އުސޫލަކުންތޯ މިއީވެސް ގިނަ ބަޔަކު ކޮށްފައިވާ ސުވާލެކެވެ.

އަދި މަސްދަޅު ކޭސްތައް ބެހުމުގައި މަކަރާއި ހީލަތް ހަދާފައިވަނީ މިސަރުކާރުގެ އިސް ފަރާތްތައް ގަސްތުގައި ރާވައިގެންކަން ސާފުކޮށް ވަނީ ކަށަވަރުވެ ޔަގީން ވެފައެވެ.