ޚަބަރު

މި ސަރުކާރުން ހިންގާ ތަރައްގީގެ ހުރިހާ މަޝްރޫއެއްވެސް ހަވާލު ކުރަމުންދަނީ ބަގުރޫޓު ވަމުންދާ އެސްއޯއީ ތަކާ, މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުދިނުމަށް މުއިއްޒު ގެންގުޅޭ ސިޔާސަތެއް!

ދިޔަވަރު
މި ސަރުކާރުން ހިންގާ ތަރައްގީގެ ހުރިހާ މަޝްރޫއެއްވެސް ހަވާލު ކުރަމުންދަނީ ބަގުރޫޓު ވަމުންދާ އެސްއޯއީ ތަކާ, މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުދިނުމަށް މުއިއްޒު ގެންގުޅޭ ސިޔާސަތެއް!

ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލާ, ދައުލަތުގެ މާލިއްޔަތުން ކުދިން އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްވެސް ފައިސާއެއް ނުދިނުމުގެ މަގުސަދުގައި, މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ ހުރިހާ މަޝްރޫއެއް, ބަނގުރޫޓު ވަމުންދާ އެސްއޯއީތަކާއި މުއިއްޒުގެ ސަރުކާރުން މިހާރު ގެންދަނީ ހަވާލު ކުރަމުންނެވެ.

ރާއްޖޭގެ ފާއިތުވި ހުރިހާ ސަރުކާރަކުންވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް ބީލަމަށް ހުޅުވާލައިގެން ހަވާލުކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެވެ. އަދި އާންމު ގޮތެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އާމްދަނީ ލިބޭ ހަމަ އެކަނި ވަސީލަތަކަށްވެސް ވެފައި އޮންނަނީ ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެވެ. އޭގެ އެއް ސަބަބަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައިބަދަ ކަމުގައި ވާތީއެވެ. އެ ކުންފުނިތައް ކުރިއަރައިގެންދިޔަ ވަރަކަށް އިގްތިސާދު ކުރިއަރާ, އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވެސް ރަގަޅުވަމުން ދެއެވެ.

އެހެންނަމަވެސް މުއިއްޒުގެ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ސިޔާސަތަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ އެއްވެސް ކުންފުންޏަކާ ސަރުކާރުގެ ތަރައްގީގެ އެއްވެސް މަޝްރޫޢެއް ހަވާލު ނުކުރުމެވެ. އޭގެ ބަދަލުގައި މިސަރުކާރުން ކުރިޔަށް ގެންދާ ހުރިހާ މަޝްރޫޢެއްވެސް މިހާރު ހަވާލުކުރަމުން ދަނީ ފެނަކައާއި, އާރުޑީސީ އަދި އެމްޓީސީސީފަދަ ގަނބުރޫޓުވަމުންދާ ކުންފުނިތަކާއެވެ.

މި ކުންފުނިތަކާ މުއިއްޒު ޕްރޮޖެކްޓްތައް ހަވާލު ކުރަމުންދަނީ, މި ކުންފުނިތަކަށް ދައުލަތުގެ މާލިއްޔަތުން ފައިސާ ނުދިން ކަމުގައިވި ނަމަވެސް, ބައެއް މެޝިނަރީތައް ރަށްރަށަށް އަރުވައިގެން ނަމަވެސް, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް, އަންނަ ކައުންސިލް އިންތިޚާބު އަންނަންވާއިރަށް މަޝްރޫޢުތަކުގެ މަސައްކަތް ކުރިޔަށް ދާކަން ރައްޔިތުންނަށް ދެއްކުމެވެ.

ފެނަކައާއި އާރުޑީސީ އަދި އެމްޓީސީސީފަދަ ކުންފުނިތަކަކީ އެ ކުންފުނިތަކުގެ މާލީ ހާލަތު ގޯސްވެ މިހާރުވެސް އިނދަ ޖެހެމުންދާ ކުންފުނިތަކެވެ. އަދި މިކުންފުނިތަކަށް އެކުންފުނިތަކާއި ހަވާލުކުރަމުންދާ ތަރައްގީގެ މަޝްރޫޢުތައް ނުހިންގޭނެކަން, މި ސަރުކާރުގެ އިސް ފަރާތްތަކުންވެސް ގަބޫލުކުރެއެވެ.

އެހެންނަމަވެސް މުއިއްޒުގެ ބޭނުމަކީ މަކަރާއި ހީލަތުން, އަންނަ އަހަރުގެ ކައުންސިލް އިންތިޚާބު އަންނައިރު, ރަށްރަށުގައު ތަރައްގީގެ މަޝްްރޫއުތައް ކުރިޔަށްދާކަމުގެ ދަޅަ އާންމު ރައްޔިތުންނަށް ދެއްކުމެވެ.