ޚަބަރު

އެންމެ އާދައިގެ ނިންމުންތައްވެސް ޓުވީޓު ކުރުން ވަޒީރުންނަށް މަނާކޮށް, ސަރުކާރުގެ ކުދިކުދި ނިންމުންތައްވެސް މުއިއްޒުގެ އަމިއްލަ އެކައުންޓުން މެނުވީ ޓުވީޓުކުރުން މަނާކޮށްފި, މަގާމާ ހެދި ހޭބުއްދި ފިލި ރައީސެއް މިނޫނީ ރާއްޖެ ދެކެފައެއް ނުވޭ!

ދިޔަވަރު
އެންމެ އާދައިގެ ނިންމުންތައްވެސް ޓުވީޓު ކުރުން ވަޒީރުންނަށް މަނާކޮށް, ސަރުކާރުގެ ކުދިކުދި ނިންމުންތައްވެސް މުއިއްޒުގެ އަމިއްލަ އެކައުންޓުން މެނުވީ ޓުވީޓުކުރުން މަނާކޮށްފި, މަގާމާ ހެދި ހޭބުއްދި ފިލި ރައީސެއް މިނޫނީ ރާއްޖެ ދެކެފައެއް ނުވޭ!

ސަރުކާރުގެ މިނިސްޓްރީތަކުން ނިންމާ އެންމެ އާދައިގެން ނިންމުންތައްވެސް ޓުވީޓު ކުރުން ވަޒީރުންނަށް މަނާކޮށް, ސަރުކާރުގެ އެންމެ އާދައިގެން ނިންމުންތައްވެސް މުއިއްޒުގެ ޕާސަނަލް އެކްސް ހޭންޑްލްއިން މުއިއްޒު ޓުވީޓު ކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން ރޭ މުއިއްޒުވަނީ, ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެއްވަން ފެއްޓެވި ސްޓޫޑަންޓް ލޯންއަކީ އިސްލާމީ ޝަރީއާއި އެއްގޮތަށް ދޭން ލޯނަކަށް ބަދަކުކޮށް, އިދާރީ ފީގެ ގޮތުގައި އެލޯނަށް ނަގަމުންދާ %1 ކަނޑުއްވާލައްވަން ނިންމަވައިފިކަން ހާމަ ކޮށްފައެވެ.

އެހެންނަމަވެސް މި ބަދަލު ގެނައިކަން މުއިއްޒުގެ އަމިއްލަ އެކްސް ހޭލްޑްއިން ޓުވީޓު ކުރެއްވިއިރު, މި ލޯނަކީ މީގެކުރިންވެސް ބޭންކުތަކުން ދޫކުރާ ކޮންވެންޝަނަލް ލޯނުތަކާއި އެއްގޮތަށް, އިންޓަރެސްޓް ހިމަނައިގެން ދެމުން އަންނަ ލޯނެއް ނޫނެވެ. އެ ލޯނަށް ނަގަމުންދާ %1 ނަގަމުން ދަނީ އިދާރީ ފީއެއްގެ ގޮތުގައެވެ.

އެހެންނަމަވެސް, ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ތާވަލްތަކާއި އެއްގޮތަށް ދޫނުރާ މައްސަލަ ބޮޑު ވެފައި ވަނިކޮށް, މާބޮޑު ކަމަކަށް ނުވާ ބަދަލެއް އެއީ މުއިއްޒު ނިންމެވި ބޮޑު ނިންމުމަކަށް ހަދައިގެން, މުއިއްޒުވަނީ އެއީ ވަރަށްވެސް ބޮޑު ޕީއާރު ސްޓަންޓަކަށް ހައްދަވާ ކިޔަވާ ކުދިންނަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލައިގެމަތިން އިހުމާލު ވެފައެވެ.

ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ނުލިބިގެން ބައެއް ކުދީންގެ ކިޔެވުން މެދުކަނޑާލަން ޖެހޭ ހިސާބަށް ހާލަތު ގޮސްފައިވާއިރު, އެމައްސަލައަށް އެޑްރެސް ކުރުމުގެ ގޮތުން މުއިއްޒު މިހާތަނަށް އެއްވެސް އެކްސް ޕޯސްޓެއް ކޮށްފައެއް ނުވެއެވެ.

އޭގެ އިތުރުން, ހައްޖު ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭގޮތަށް ހަމަޖެއްސިކަން އިސްލާމިކް މިނިސްޓަރ ޝަހީމު ޓުވީޓު ކޮށްފައި ވަނިކޮށް މުއިއްޒުވަނީ ޝަހީމަށް އަންގަވައިގެން ޝަހީމްގެ އެކްސް ޕޯސްޓު ޑިލީޓްކޮށް ހަމަ އެ ޕޯސްޓު މުއިއްޒުގެ އަމިއްލަ އެކްސް ހޭންޑްލްއިން ޓުވީޓު ކޮށްފައެވެ.

ގިނަ ފަރާތްތަކުން މިއަދު ކުރަމުންދާ އެއް ސުވާކަލީ މި ދަރަޖައަށް މުއިއްޒު "ޑެސްޕަރޭޓް" ނުވަތަ އަމިއްލަ ނަފްސު ޕްރޮމޯޓު ނުކުރެވިދާނެކަމަށް މާޔޫސްވާންވީ ސަބަބަކީ ކޮބައިތޯއެވެ. ގައުމެއްގެ ރައީސަކު އުޅުއްވާންޖެހޭ ހާލަކީ މިއީތޯއެވެ? ނުވަތަ މަގާމަށް ދަހިވެތިވެ, އެނޫންކަމެއް ތިމާގެ ވިސްނުމުގައި ނެތްނަމަ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް މުއިއްޒު ވަގުތު ހުސް ކުރައްވާނީ ކިހިނަކުންތޯއެވެ? މިހާ އާދައިގެން ކުދިކުދި ކަންތައްތަކަށް ތިމާ ތާއަބަދު ވިސްނުން ހުސްކޮށްގެން ހުންނަން ޖެހުމުން, މުއިއްޒު މިއީ މިފަދަ މަގާމަކަށް ކުފޫ ހަމަވާ, ނުވަތަ "ހަމަ" ބޭފުޅެއްތޯވެސް މިއަދު ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

އެހެންނަމަވެސް އެގެން އޮތް އެއް ހަގީގަތަކީ, މިއީ ރާއްޖޭގެ މީގެ ކުރީގެ އެއްވެސް ރައީސަކު އުޅުއްވި ގޮތެއް ނޫންކަމެވެ. އެރައީސުންވެސް ސަރުކާރު ޕްރޮމޯޓްކޮށް, އެ ރައީސުންގެ މޫނުމަތި ރީތިކުރުމުގެ މަސައްކަތްތައްވެސް ކުރެއްވިއެވެ. އެހެންނަމަވެސް މަގާމާ ހެދި ހޭބުއްދި ފިލާ ހިސާބަށް މިނޫނީ ރާއްޖޭގެ އެއްވެސް ރައީސެއްގެ ހާލަތު ދިޔަތަނެއް އަދި ފެނިފައެއް ނުވެއެވެ.