ޚަބަރު

އިތުރު އާ ސްޑޫޑަންޓް ލޯން ސްކީމެއް އިއުލާން ނުކުރަން ސަރުކާރުން ނިންމައިފި, މަތީ ތައުލީމުގެ ހުވަފެން ދެކެމުން އައި އެތައް ސަތޭކަ ދަރިވަރިވަނުންގެ މުސްތަގުބަލްގެ އުއްމީދުތައް ފެނަށް!

ދިޔަވަރު
އިތުރު އާ ސްޑޫޑަންޓް ލޯން ސްކީމެއް އިއުލާން ނުކުރަން ސަރުކާރުން ނިންމައިފި, މަތީ ތައުލީމުގެ ހުވަފެން ދެކެމުން އައި އެތައް ސަތޭކަ ދަރިވަރިވަނުންގެ މުސްތަގުބަލްގެ އުއްމީދުތައް ފެނަށް!

މުއިއްޒުގެ ސަރުކާރުން މިހާތަނަށް އެއްވެސް ސްޓޫޑަންޓް ލޯން ސްކީމެއް އިއުލާން ކޮށްފައި ނުވާއިރު, މިއަހަރު އާ ސްޓޫޑަންޓް ލޯން ސްކީމު ކުރިޔަށް ނުގެންދާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި, ރައީސް ސާލިހުގެ ސަރުކާރުން ފެށި ލޯން ސްކީމް ކުރިޔަށް ގެންދިއުން ހުއްޓާލުމަށްފަހު, މިސަރުކާރުން މިހާރު ނިންމާފައިވަނީ, ދައުލަތުގެ މާލިއްޔަތުން ހޭދަކޮށްގެން 500 މިލިއަން ރުފިޔާގެ މިސައިލް ޑިފެންސް ސިސްޓަމެއް ތުރުކީވިލާތުން ގަތުމަށެވެ.

އެހެންނަމަވެސް ސްޓޫޑަންޓް ލޯން ސްކީމް ހުއްޓާލި ސަބަބު ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން އެންމެ ފަހުން ސްޑޫޓަންޓް ލޯން ސްކީމަށް ކުދިންނަށް ލޯން ދޫކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެއީ ރައީސް ސާލިހުގެ ސަރުކާރުން އިއުލާން ކުރި ސްޓޫޑަންޓް ލޯން ސްކީމެކެވެ. އެ ލޯން ސްކީމުން ހޮވުނު ދަރިވަރުން އިއުލާން ކޮށްފައިވަނީ 2024 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

އެއަށްފަހު މި ސަރުކާރުން ސްޓޫޑަންޓް ލޯން ސްކީމެއް އިއުލާން ކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް, ރޭ މުއިއްޒުވަނީ, ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެއްވަން ފެއްޓެވި ސްޓޫޑަންޓް ލޯންއަކީ އިސްލާމީ ޝަރީއާއި އެއްގޮތަށް ދޭން ލޯނަކަށް ބަދަކުކޮށް, އިދާރީ ފީގެ ގޮތުގައި އެލޯނަށް ނަގަމުންދާ %1 ކަނޑުއްވާލައްވަން ނިންމަވައިފިކަން ހާމަ ކޮށްފައެވެ.

އެހެންނަމަވެސް މި ބަދަލު ގެނައިކަން މުއިއްޒުގެ އަމިއްލަ އެކްސް ހޭލްޑްއިން ޓުވީޓު ކުރެއްވިއިރު, މި ލޯނަކީ މީގެކުރިންވެސް ބޭންކުތަކުން ދޫކުރާ ކޮންވެންޝަނަލް ލޯނުތަކާއި އެއްގޮތަށް, އިންޓަރެސްޓް ހިމަނައިގެން ދެމުން އަންނަ ލޯނެއް ނޫނެވެ. އެ ލޯނަށް ނަގަމުންދާ %1 ނަގަމުން ދަނީ އިދާރީ ފީއެއްގެ ގޮތުގައެވެ.

އެހެންނަމަވެސް, ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ތާވަލްތަކާއި އެއްގޮތަށް ދޫނުރާ މައްސަލަ ބޮޑު ވެފައި ވަނިކޮށް, މާބޮޑު ކަމަކަށް ނުވާ ބަދަލެއް އެއީ މުއިއްޒު ނިންމެވި ބޮޑު ނިންމުމަކަށް ހަދައިގެން, މުއިއްޒުވަނީ އެއީ ވަރަށްވެސް ބޮޑު ޕީއާރު ސްޓަންޓަކަށް ހައްދަވާ ކިޔަވާ ކުދިންނަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލައިގެމަތިން އިހުމާލު ވެފައެވެ.

ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ނުލިބިގެން ބައެއް ކުދީންގެ ކިޔެވުން މެދުކަނޑާލަން ޖެހޭ ހިސާބަށް ހާލަތު ގޮސްފައިވާއިރު, އެމައްސަލައަށް އެޑްރެސް ކުރުމުގެ ގޮތުން މުއިއްޒު މިހާތަނަށް އެއްވެސް އެކްސް ޕޯސްޓެއް ކޮށްފައެއް ނުވެއެވެ.

ކޮންމެ އަހަރަކުވެސް ސްޓޫޑަންޓް ލޯސް ސްކީމުން ޚަރަދު ކޮށްގެން ތައުލީމު ހާސިލްކުރުމުގެ އުއްމީދުގައި އެތައް ދަރިވަރުންނެއް ތިބެއެވެ. އެއީ ބޮޑު ޚަރަދެއް ކޮށްގެން އަމިއްލައަށް މަތީ ތައުލީމު ހާސިލްކުރުމުގެ ގާބިލްކަން ގިނަ އާއިލާތަކުގައި ނުހުންނާތީއެވެ.

އެހެންނަމަވެސް މުއިއްޒު މިވަނީ އެތައް ސަތޭކަ ދަރިވަރުންނެއްގެ އުއްމީދުތައް ފެންނަ ދުއްވާލާ, އެ ދަރިވަރުން މުސްތަގުބަލަށް ކުރަމުން އައި އުއްމީދުތައް ވިއްސިވިހާލި ކޮށްލާފައެވެ.

ސްޓޫޑަންޓް ލޯނަށް ޚަރަދު ކުރުން ހުއްޓާލީ މިސައިލް ޑިފެންސް ސިސްޓަމް ގަތުމަށް

މުއިއްޒުގެ ސަރުކާރުން ސްޑޫޓަންޓް ލޯނަށް ޚަދުކުރުން ހުއްޓާލީ މި މިސައިލް ޑިފްންސް ސިސްޓަމް ގަތުމަށްކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އަދި މުއިއްޒުގެ ސަރުކާރުން މަޖިލިސް އިންތިޚާބަށް ކޮރަޕްޝަންގެ ފައިސާ ހޯދުމަށް, ތުރުކީ ޑްރޯން މުއާމަލާތް ކުރި ފަދައިން މި ޑީލުގެ ބޭނުމަކީ މުއިއްޒު ބޭނުންވާ އަދަދަށް ރިޝްވަތުގެ ފައިސާ ޖީބަށް ޖަމާކުރުންކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.