މާތްވެގެންވާ ރަމަޝާންމަހުގެ ރޯދައަށްފަހު އަންނަ ޝައްވާލު މަހުގެ 6 ރޯދައަށް އިހުތިރާމް ކުރުމަށް ނެތި މި ސަރުކާރުން ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ދުވަސްތައް, ކުޅިވަރު ކުޅުމަށް ދިގު ދަންމާލައިފިއެވެ.
ޝައްވާލު މަހުގެ 6 ރޯދަ ވިދިވިދިގެން ހިފުމަކީ ޝަރުޠެއް ނޫނެވެ. ނަމަވެސް ވިދިވިދިގެން ހިފުން މޮޅުއިތުރު ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ ހެޔޮކަމުގައި އަވަސްވެގަތުމަށެވެ. އަދި ލަސްކުރުމުގެ ސަބަބުން ކަމެއް ދިމާވެ ޝައްވާލު މަސް ނިމޭއިރު 6 ރޯދަ ނުހިފިދާނެ ކަމަށެވެ.
ރޯދަމަހަށްފަހު މުސްލިމުން ފާހަގަކުރާ ފިތުރު ޢިދު ކޮންމެ އަހަރަކުވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރެއެވެ. އެހެންނަމަވެސް އެ ދުވަސް ކުޑަ އީދުގެ ގޮތުގައި އާންމުކޮށް ފާހަގަ ކުރަނީ, ރޯދަ މަސް ނިމިގެން ޖެހިގެން އަންނަ ދުވަހު އެކަންޏެއްވެ. އެއައްފަހު ފަހަކަށްއައިސް ސަރުކާރުން އީދުކުޅިވަރުތައް އިންތިޒާމެއް ނުކުރެއެވެ.
އެހެންނަމަވެސް މިއަހަރު މުއިއްޒު ނިންމަވާފައިވަނީ, އީދު ކުޅިވަރުތައް މިފަތާގެ އަންގާރަ ދުވަހާއި ހަމައަށް ދިގު ދަންމާލުމަށެވެ.
ފިތުރު އީދުދުވަހުގެ މުނާސަބަތުގައި ދުވަސްތައް އާންމުކޮށް ފާހަގަ ނުކުރަނީ އީދަށްފަހު ޖެހިގެން އަންނަ 6 ރޯދަ ގިނަ ބަޔަކު ހިފާތީ އެ ދުވަސްތަކަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. އެގޮތުން ޝައްވާލު މަހުގެ 6 ރޯދަ ވިދިވިދިގެން ހިފުމަކީ ޝަރުޠެއް ނުވި ނަމަވެސް, ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޖެހިގެން އަންނަ 6 ދުވަހު ރޯދަ ހިފައެވެ. އެގޮތުން އެ 6 ދުވަހު ސަރުކާރުން އާންމުކޮށް ކުޅިވަރުތައް އިންތިޒާމެއް ނުކުރެއެވެ.
އެހެންނަމަވެސް މުއިއްޒުގެ ސަރުކާރުން ނިންމާފައިވަނީ, އީދު ދުވަހަށްފަހުވެސް މި ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް އީދުކުޅިވަރު އިންތިޒާމް ކުރުމަށެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, އީދު ދުވަސްތަކުން އިސްލާމީ ވަންތަ ކަމުގެ ކުލަތައް ފަނޑުކޮށް, އިސްލާމް ދީނާއި ބީރައްޓެހި ސަގާފަތަކަށް އިސްކަން, ބޮކި ދިއްލުމާއި އަލިން މުޖުތަމައު ޒީނަތްރެރި ކުރާންވަނީ ފަށާފައެވެ. އަދި މިހާރު މުއިއްޒު މިވަނީ, ރޯދައަށްފަހު އަންނަ 6 ރޯދައިގެ މުއްދަތުގައިވެސް ކުޅިވަރު ކުޅުމާއި މަޖަލުގައި މީހުން އަވަދި ނެތި އުޅެވޭނޭ މަގުތައް ފަހިކޮށް ދީފައެވެ.