ޚަބަރު

ލިވަޕޫލްގެ ދަނޑަށް މުއިއްޒުއަށް ވަދެވުނީ އާދައިގެ "ވިޒިޓަރ"އެއްގެ ގޮތުގަ, ލަދުން މުއިއްޒުއަށް ޖެހުނީ ވިޒިޓަރ ކާޑު ސޫޓުގެ ދަށްޖަހާ ފޮރުވަން!

ދިޔަވަރު
ލިވަޕޫލްގެ ދަނޑަށް މުއިއްޒުއަށް ވަދެވުނީ އާދައިގެ "ވިޒިޓަރ"އެއްގެ ގޮތުގަ, ލަދުން މުއިއްޒުއަށް ޖެހުނީ ވިޒިޓަރ ކާޑު ސޫޓުގެ ދަށްޖަހާ ފޮރުވަން!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލެއްވުމަށް އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މި މެޗު ބަލާލުމަށް, ފުރުސަތު ދީފައިވަނީ އާދައިގެ ވިޒިޓަރ އެއްގެ ގޮތުގައިކަން ހާމަވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.

މިކަން ހާމަވީ, މި މެޗް ބައްލަވާލެއްވުމަށް މުއިއްޒު ލިވަރޕޫލްގެ ފުޓުބޯޅަ ދަނޑަށް ވެންނެވުމަށް ދޫކުރި ކާޑަކީ އާދައިގެ ވިޒިޓަރ ކާޑެއްކަން އެގި, މިހާރު އާންމު ވެފައިވާ ފޮޓޯތަކުން އެކާޑު, މުއިއްޒު ލައްވައިގެން ހުންނެވި ސޫޓްގެ ދަށް ލައްވާ ފޮރުވައިގެން ހުރިކަން ހާމަވުމުންނެވެ.

އެނގިފައިވާ ގޮތުގައި މި ސްޓޭޑިއަމަށް މުއިއްޒު ވަޑައިގަތުމުން, ދުނިޔޭގެ ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނަށް އަރުވާ އެއްވެސް ޕްރޮޓޮކޯލްއެއް ލިވަރޕޫލް އެފްސީން ހަމަޖައްސާދީފައެއް ނުވެއެވެ.

އެގޮތުން މުއިއްޒުއާއެކު ވަޑައިގެން ތޯރިގުއާއި ޝިއުރީ އަޅުއްވައިގެން ހުންނެވި ވިޒިޓަރ ފޮޓޯއިން ފެންނާން އޮތްއިރު, މުއިއްޒު ހުންނެވީ ވިޒިޓަރ ކާޑޫ ސޫޓުގެ ދަށަށް ލައްވާ ފޮރުވައިގެންނެވެ.

އެނގިފައިވާ ގޮތުގައި, އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ވިދާޅުވެ, މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަތް ހަގީގީ މަގުސަދަކީ އިނގިރޭސިވިލާތުގައި ކިޔާވަމުން ދާ މުއިއްޒުގެ ދޮށީ އަންހެން ދަރިފުޅަށް ޒިޔާރަތް ކޮށްލުމެވެ.

މިކަން ހާމަވެފައިވަނީ, މި ދަތުރުގައި މުއިއްޒު އިނގިރޭސިވިލާތުގެ ރަސްމީ އެއްވެސް ފަރާތަކާއި ބައްދަލު ކުރުމަށް ހަމަޖެހިފައި ނުވުމާއެކު, މުއިއްޒުގެ ދަރިފުޅުގެ ޔުނިވަރސިޓީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް, ދަރިފުޅު ޔާސްމީން ތައުލީމު ހާސިލް ކުރަމުންދާ ލީޑްސް ޔުނިވަރސިޓީ ހުންނަ ލީސްޑްސް ސިޓީއަށް ވަޑައިގެން އެ ސިޓީގެ ބައެއް ފަރާތްތަކާއި ބައްދަލުކޮށް, އަދި ލީޑްސް ޔުނިވަރސިޓީއަށް ވަޑައިގަތުމަށް ހަމަޖެހުމާއި ގުޅިގެންނެވެ.

މުއިއްޒުގެ ދަރުފުޅުގެ ޔުނިވަރސިޓީ ޗުއްޓީ (ސްޕްރިންގ ބްރޭކް) ނިމެނީ މިމަހުގެ 28ގައެވެ. ޗުއްޓީ ފެށިފައިވަނީ ނިމިދިޔަ މާރޗް 28 ވަނަ ދުވަހުއެވެ.

ރަސްމީ ހައިސިއްޔަތުން ދައުލަތުގެ ޚަރަދުގައި މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި, މުއިއްޒު އިނގިރޭސި ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތްކާ ބައްދަކުރަން ފުރުސަތު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ލީޑްސް ސިޓީގެ ސިޓީ ކައުންސިލާ މުއިއްޒު ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިހާތަނަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ދުނިޔޭގެ ގައުމުތަކުގެ ވެރީން އެގައުމުގެ ސިޓީ ކައުންސިލްތަކާ ބައްދަލުކޮށް ހަދާފައެއް ނުވެއެވެ.

މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ސަރުކާރުގެ ބޮޑު ވަފުދަކާ އެކީއެވެ. އެ ވަފުދުގައި ފަސްޓު ކުލާހުގައި މުއިއްޒުގެ އަރިހުގައި ދަތުރުކުރައްވާ ވަޒީރުންގެ ތެރޭގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިންވެސް ހިމެނެއެވެ.

މިދަތުރަށް ދައުލަތުގެ މާލިއްޔަތުން 1,5 މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ. މިއީ އިނގިރޭސިވިލާތުގައި ފުލްޓައިމްކޮށް މާސްޓާސް ފެންވަރަށް ދެ ސްކޯލާޝިޕަށް ހިގާނެހާ ޚަރަދެވެ.

މިއީ ސާފުކޮށް ފެންނާންހުރި ކޮރަޕްޝަން ކަމަށްވި ނަމަވެސް, އޭސީސީ އޮތީ މުއިއްޒުގެ ކޮރަޕްޝަންގެ އަމަލުތަކަށް ދެލޯ މަރާލައިގެންނެވެ.