ރާއްޖޭގައި ތަރައްޤީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސްވިމިން ޕޫލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައިވެރިވުމެއް އެއްވެސް މިންވަރަކަށް އޮންނާނެ މަސައްކަތެއް ނޫން ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވިވިދާޅުވީ ރާއްޖޭގައި ތަރައްޤީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސްވިމިންގް ޕޫލްގެ މަސައްކަތް އޮތީ މިސަރުކާރު ހަވާލުވި އިރު ހުއްޓިފައި ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ އިސްކަމެއްދީގެން ކުރި މަސައްކަތަކީ ސްވިމިންގް ޕޫލްގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތް ކުރުންކަމަށެވެ.
މިނިސްޓަރު ރާފިއުގެ މި ވާހަކަތަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ ރާއްޖޭގައި ތަރައްޤީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސްވިމިން ޕޫލަކީ މިސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އެއްވެސް މިންވަރަކަށް އޮންނާނެ މަސައްކަތެއް ނޫންކަމަށާއި އެތައް އަހަރުތަކެއްގެ ބުރަ މަސައްކަތުން އެކަމަށް ހިނގާ ހަރަދު ކަށަވަރުކޮށް، ބޮޑު ސިންގާ ބިމެއް ކަނޑައަޅާ އަދި އެގްރީމަންޓުގައި ސޮއިކޮށް މިހުރިހާކަމެއް ފެށީ ކުރީގެ ސަރުކާރުން ކަމަށެވެ.
އަދި މިސަރުކާރުން މިމަސައްކަތަށް އެންމެ ރުފިޔާއެއްވެސް ހަރަދުކުރަން ނުޖެހޭނެ ކަމަށާއި އެންމެ ފުރަތަމަ މާލެއިން ކަނޑައެޅި ބިމުގައި އެމަސައްކަތް ކުރަން ޖާގަ ކުޑަވެ އެތައް މިލިއަން ރުފިޔާއެއް އަގުބޮޑުވާތީ ފަހުން ބިން ހަމަޖެއްސީ ހުޅުމާލެއިން ކަމަށް ވެސް މަހުލޫފް ވިދާޅުވެފައި ވެއެވެ.
މަހުލޫފް ވިދާޅުވީ ރައީސް ޞާލިހުގެ އިތުރުން މިކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އޮނަރަބަލް ހުސައިން އަފީފަށް ކަމަށާއި ސުވިންމިން ޕޫލެއް އެޅުމަށް ހިނގާ ހަރަދު ހަމަޖައްސާދެއްވާނެ ކަމުގެ ޔަގީކަން ރައީސް ޞާލިހަށް އަދި ސުވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރަށް ވަރަށް ސާފުކޮށް އަފީފް އޮތީދެއްވާ އެފައިސާ ޔަގީންކޮށްދެއްވާފައި ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި މިކަމަށް ވޯލްޑް އެކުއާޓިކްސްގެ އެހީތެރިކަންވެސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިމަސައްކަތުގައި އެންމެ ގާތުން އެހާމެ ބުރަކޮށް މަސައްކަތްކުރެއްވީ ސުވިމިންގް ރައީސް ސައްތާރު އާއި އިސްމާއިލް ޝާރިފް އަދި ސްޕޯޓްސް އަދި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ވެރިން ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެ އެވެ.
އެތައް ބުރަ މަސައްކަތަކުން ކޮށްފައި ހުންނަ މިކަހަލަ ބޮޑެތި މަސައްކަތުގެ ކުރެޑިޓް، ކުޑަވެސް ބައިބެރިވުމެއްނެތި މިސަރުކާރުން ނަގަން އުޅުމަކީ ލަދުވެތި އަދި ހަޑިކަމެއް ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.