ޚަބަރު

ބޯފަން އަބުލޯއަކީ އެންމެ ގިނައިން މުއިއްޒުއާއި ރިޝްވަތުގެ ފައިސާ ހަވާލުކުރާ އެއް އެމްޑީ, ގޭހުން ކުރި ވައްކަމުގައި ބޯފަން އަބުލޯގެ ދައުރެއް ނެތްކަމަށް ނިންމުމަށް މުއިއްޒުވަނީ އޭސީސީއަށް އަންގާފަ!

ދިޔަވަރު
ބޯފަން އަބުލޯއަކީ އެންމެ ގިނައިން މުއިއްޒުއާއި ރިޝްވަތުގެ ފައިސާ ހަވާލުކުރާ އެއް އެމްޑީ, ގޭހުން ކުރި ވައްކަމުގައި ބޯފަން އަބުލޯގެ ދައުރެއް ނެތްކަމަށް ނިންމުމަށް މުއިއްޒުވަނީ އޭސީސީއަށް އަންގާފަ!

މޯލްޑިވްސްް ގޭސް ކުންނިން ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެ, އޭސީސީން އެމައްސަލަ ބަލަމުންދާކަމަށް ބުނި ނަމަވެސް, އެމައްސަލައިގެން ތަހުގީގުގައި, ބޯފަން އަބުލޯގެ ދައުރެއް ނެތްކަމަށް ނިންމުމަށް މުއިއްޒު އޭސީސީއަށް އަންގާފައިވާކަން "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ވެއްޖެއެވެ.

މޯލްޑިވްސްް ގޭސް ކުންނިން ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ އަނބުރާ ލިބިފައި ނުވާކަން އެނގިފައިވަނީ, މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް އެކަން ހާމަ ކުރެއްވުމުން ނެވެ.

ނާޒިމް ވިދާޅުވީ ޝިޕްމަންޓަށް ދެއްކި ފައިސާ ހޯދަން ކުރި މަސައްކަތުން ވެސް އެއްވެސް ކާމިޔާބީއެއް ނުލިބުނު ކަމަށެވެ.

"ޕީސީބީން ޕްރޮކިއުމަންޓް ޕޮލިސީޢާ އެއްޗެހި ވަކި ގޮތަކަށް ހަމަޖައްސާފައި އޮއްވާ އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސަށް ލާރިދީ އެ ފައިސާ ގެއްލުނީމާ އެއީ ވަރަށް ބޮޑު މައްސަލައެއް." ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ގެންދަން ޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މޯލްޑިވް ގޭސް ކުންނިން އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި އަދަދެއް ސާފެއް ނުވެއެވެ.

އެހެންނަމަވެސް, މިމައްސަލަ ބަލަމުންދާކަމަށް އޭސީސީން މިރޭ ބުނި ނަމަވެސް, ބޯފަން އަބުލޯއަކީ, އެސްއޯއީތަކުގެތެރެއިން މުއިއްޒުއާއި އެންމެ ގިނައިން ރިޝަވަތުގެ ފައިސާ ހަވާލުކުރަމުންދާ ފަރާތެވެ. މުއިއްޒު ގެންދަނީ, މަޖިލިސް މެމްބަރުނަށާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން, އަމިއްލަ ޒާތީ ސިޔާސީ މަންފާއަށް, ކުންފުނިތަކުގެ އެމްޑީން މެދުވެރިކޮށް ކޮންމެ މަހަކުވެސް ރިޝްވަތުގެ ފައިސާ ނަގަމުންނެވެ.

އެހެންނަމަވެެސް ބޯފަން އަބުލޯއަކީ އެންމެ ގިނައިން މުއިއްޒުއަށް ރިޝްވަތުގެ ހަރާމް ފައިސާ ފޯރުކޮށްދެމުންދާ ފަރާތްކަމަށް ވުމާއެކު, އޭނާގެ މައްސަލަ ނުބެލުމަށް ނުވަތާ ގޭސް ކުންފުނީގެ ކޮރަޕްޝަންގައި ބޯފަން އަބުލޯގެ ކުށެއް ނެތްކަމަށް ނިންމުމަށް މުއިއްޒު ވަނީ އޭސީސީއަށް އަންގާ އަމުރު ކޮށްފައެވެ.