ސިޔާސީ ޕާޓީތަކަށް މިއަހަރު 29،911،256 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ ތެރެެއިން 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުން ފާސްކުރި ބަޖެޓްގައި ހިމަނާފައިވާ އަމްދަނީގެ %0.01 ބަހަން ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލާޒިމް ކޮށްފައިވާ ގޮތަށް މިއަހަރު އެ ފައިސާ ލިބެނީ އިލެކްޝަންސް ކޮމިޝަނުގެ ދަފަތަރުގައި ހިމެނޭ ޕާޓީ ތަކުގެ ތެރެއިން 5 ސިޔާސީ ޕާޓީ އަކަށެވެ.
އެގޮތުން މިއަހަރު އިލެކްޝަންސް އިން ދޫކުރާ ފައިސާ އެންމެ ގިނައިން ލިބެނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެެވެ. 2 ވަނައަށް އެންމެ ގިނަ ފައިސާ ދޫކުރަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަށެވެ.
އެހެންނަމަވެސް ވެރިކަން ކުރާ ޕީއެންސީއަށް ދޭން އިލެކްޝަންއިން ނިންމާފައިވާ 13 މިލިއަން ރުފިޔާގެ ތެރެއިން 9 މިލިއަން ރުފިޔާއަކީ ޕީއެންސީން އިލްކެޝަންއަށް ހުށަހެޅުނު ވަގު ފޯމުތަކުގެ އަދަދަށް ހިސާބުކޮށް ދޭ ފައިސާއެވެ.
ޕީއެންސީން އެޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ހުށަހެޅި ފޯމުތަކުން %70 ފޯމަކީ ސައްޙަ ނޫން ފޯމުކަމަށް ޚުދު އިލެކްޝަންއިންވެސް ބުނެފައި ވެއެވެ. އަދި އެއަށްފަހު އިލެކްޝަންސް ކޮމިޝަނަށް ވަގު ފޯމު ހުށަހެޅުކަމަށް ޕީއެންސީންވެސް އެއްބަސްވެފައި ވެއެވެ. އަދި އެމައްސަލަ ތަހުގީގު ކުރުމަށް އިދިކޮޅު އެމްޑީޕީން ޕޮލިހަށް މައްސަލަ ހުށަހެޅި ނަމަވެސް ފުލުހުން އެމައްސަލަ ތަހުގީގު ކޮށްފައެއްވެސް ނުވެއެވެ.
31 ޑިސެމްބަރ 2024 ގެ ނިއަލަށް ޕާޓީ ގެ މެމްބަރުންގެ އަދަދާއި އިލެކްޝަންސް އިން ފައިސާ ދޫކުރަން ކަނޑައަޅާފައިވާ އަދަދު:
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް 68،968 މެމްބަރުން -/13،325،689.57 ރުރިޔާ
- މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ 43،755 މެމްބަރުން -/8454،780.51 ރުފިޔާ
- ޖުމްހޫރީ ޕާޓީ 13،826 މެމްބަރުން -/2671،598.57 ރުފިޔާ
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް 9،210 މެމްބަރުން -/1،779،648.69 ރުފިޔާ
- އަދާލަތު ޕާޓީ 9،049 މެމްބަރުން -/1،748،538.65 ރުފިޔާ