އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާނަމަ އިހުތިޖާޖުކުރަން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު، އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖްލިސް މެމްބަރުންގެ އިތުބާރު ނެތް ރިޔާސަތެއް ކަމުގައިވާ ނަމަ އެކަމަށް އެމްޑީޕީއިން އިހުތިޖާޖު ކުރާނެ،" ކަމަށެވެ.
"އިހުތިޖާޖު ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީ ޕީޖީއިން،" ނިޔާޒު ވިދާޅުވި އެވެ.
ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އަންނަ އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔުމަށް ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިޔަށް ނުގެންގޮސްގެން އެމްޑީޕީން ހުށަހެޅި މައްސަލާގައި، ސުޕްރީމް ކޯޓުން ކުރި ހުރުމަށް ފަހު، އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.