އިޒްރޭލުގެ ހުރިހާ ރައްޔިތުންނަކީވެސް ދުނިޔޭގެ އެހެން ޤައުމެއްގެ ޕާސްޕޯޓު އޮންނަ މީހުންނެވެ. އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކާ އަޅާބަލާއިރު، އިޒްރޭލުގައި ދެ ޤައުމެއްގެ ރައްޔިތެއްގެ ގޮތުގައި (ޑުއަލް ސިޓިޒަންޝިޕް) އުޅޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަތިވާ ސަބަބުތައްވެސް އެބަހުއްޓެވެ.
އޭގެ ބައެއް ސަބަބުތަކަކީ:
- ޑުއަލް ސިޓިޒަންޝިޕް: އިޒްރޭލުގެ ޤާނޫނުތަކުން ދެ ޤައުމެއްގެ ރައްޔިތެއްގެ ގޮތުގައި އުޅުމަށް ހުއްދަ ދެއެވެ. އެހެންކަމުން، އިޒްރޭލުގެ މެޖޯރިޓީ ރައްޔިތުންނަކީ އެހެން ޤައުމެއްގެ ޕާސްޕޯޓު އޮންނަ ބައެކެވެ.
- ޔަހޫދީންގެ އަނބުރާ އައުމުގެ ޤާނޫނު (ލޯ އޮފް ރިޓާން): މި ޤާނޫނުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޔަހޫދީންނަށް އިޒްރޭލަށް ހިޖުރަކޮށް، ފަސޭހައިން އިޒްރޭލުގެ ރައްޔިތަކަށް ވުމުގެ ފުރުޞަތު ލިބެއެވެ. މީގެ ސަބަބުން، އިޒްރޭލުގެ ވަރަށް ގިނަ ރައްޔިތުންނަކީ އެހެން ޤައުމުތަކުން އައިސް، އިޒްރޭލުގެ ރައްޔިތުންގެ ގޮތުގައި އުޅޭ މީހުންނެވެ.
- އެމެރިކާ-އިޒްރޭލު ގުޅުން: އިޒްރޭލާއި އެމެރިކާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އެހެންކަމުން، އެމެރިކާގެ ރައްޔިތުންގެ ގޮތުގައި ވެސް އުޅޭ އިޒްރޭލުގެ ރައްޔިތުންގެ އަދަދު އުޅެނީ ނިސްބަތުން ވަރަށްވެސް މަތީގައެވެ.
- އުޅޭ އެހެނިހެން ޤައުމުތައް: އެމެރިކާގެ އިތުރުން، އިޒްރޭލުގެ ރައްޔިތުން އާންމުކޮށް ދެވަނަ ޕާސްޕޯޓެއްގެ ގޮތުގައި ބޭނުންކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ:
- ރަޝިޔާ
- ފްރާންސް
- ޖަރުމަނުވިލާތް
- ޕޮލެންޑް
- ރޫމޭނިޔާ
- ޔުނައިޓެޑް ކިންގްޑަމް
ކުރުކޮށް ދަންނަވާނަމަ، އިޒްރޭލުގެ މެޖޯރިޓީ ރައްޔިތުންނަކީ ހުޅަނގުގެ ކޮންމެވެސް ގައުމެއްގެ ރައްޔިތުކަން އޮންނަ މީހެކެވެ.
މިހަގީގަތް މި ގޮތުގައި އޮއްވާ, ފަލަސްތީނާ ދެކޮޅަށް ނަސްލު ނައްތާލުމަށް ޔަހޫދީން ގަތުލުއާންމެއް ހިންގަމުން ދަނިކޮށް, އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގު ފަހި ކުރުމަށްފަހު، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެބިލު ތަސްދީގު ކުރައްވާފައެވެ.
އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ސަރުކާރުން ވަނީ މިހާރު ގެޒެޓުކޮށްފަ އެވެ. މިއާއެކީ މިއަދުން ފެށިގެން އިޒްރޭލުގެ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުން މަނާވެގެން ދިޔައީ އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.
ނަމަވެސް އެ ބިލު މިއަދު ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.
އެ ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ބިލަށް ވޯޓު ދިނެވެ.
މީގެ 77 އަހަރު ކުރިން އިޒްރޭލުގެ ނަމުގައި ފަލަސްތީނުގެ ބިމުގައި ގައުމެއް އުފެއްދީއްސުރެ، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. މިއަދު ފާސް ކުރި ބިލުގެ ބޭނުމަށް، އެ ހަމަލާތައް ހުއްޓާލި ކަމަށް ކަނޑައަޅާނެ ބަޔަކު ބިލުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ. ބިލު ފާސްކޮށް ގާނޫނު ބަދަލުކުރީވެސް އެގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކޮށް, މުއިއްޒު މި ބިލް ތަސްދީގު ކުރުމާއެކު, ގިނަ ބަޔަކު ދަނީ, މިއީ މަކަރުވެރި ރޭވުމެއްގައި, ހުޅަނގު ގައުމުތަކުން ރުހޭގޮތަށް ފަރުމާކޮށްފައި އޮތް ބިލެއްކަމުގައި ބުނެ ނުރުހުން ފާޅު ކުރަމުންނެވެ. އެއީ އިޒްރޭލުގެ ކޮންމެ ރައްޔިތަކީވެސް ދުނިޔޭގެ ކޮންމެވެސް އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ ބަޔަކަށް ވާތީއެވެ. އަދި އަމުދުން އިޒްރޭލުގެ ވަރަށް ގިނަ ރައްޔިތުންނަކީ އެމެރިކާގެ ރައްޔިތުންކަން އޮންނަ ރައްޔިތުންނެވެ.
ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ މަކަރާއި ހީލަތުން, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް, ހުޅަނގުގެ ގައުމުތައް ރުހޭގޮތަށް ފަރުމާކޮށް, ފާސްކޮށްފައިވާ ބިލެއް ކަމުގައެވެ.