ޕްރެސެންޓަރު ޝަކީއްބެ މި ކުރާ މަސައްކަތަކީ, ޕްރެސެންޓް ކުރުމުގެ ނަމުގައި ރައީސް މުއިއްޒުއަށް ގުލާނު ކޮށްދިނުމެވެ. ރައީސް މުއިއްޒުގެ ކިލަނބު ވެފައިވާ މޫނު ރީތި ކޮށްދިނުމުގެ އަޅު މަސައްކަތެވެ. އެތައް އަހަރެއްވަންދެން ޕްރެޒެންޓް ކުރުމުގައި ދާއިރާގައި މަސައްކަތް ކުރި ޕްރެޒެންޓަރަކު, މެދުއުމުރަށްވުރެ އެއަތަށް އަޅާލީމަ, މޫނުމަތި ކިލަނބުވެ, އުއްމީދު ގެއްލިފައިވާ ރައީސެއްގެ ގޮނޑި ކޮއްކޮއަކަށްވެ އިންނަވާ, ޕޮޑްކާސްޓު ކުރުމުގައި ނަމުގައި މިގެނެސްދަނީ ޕޮޑްކާސްޓް އެއްތޯއެވެ.
މުއިއްޒު ބޭނުންވާ ސުވާލުތަކެއް ކުރައްވަމުން, މުއިއްޒު ދެއްވާ ޖަވާބުތަކަށް ކުރުނީސްކޮށް "އާދެ އާދެ" ކިޔުއްވަމުން, ޝަކީއްބެ މި ކުރައްވާ މަސައްކަތަކީ ޕްރެޒެންޓް ކުރުމުގެ ދާއިރާއަށްވެސް ހުތުރު މަސައްކަތެކެވެ. އެހެނީ ޕްރެޒެންޓް ކުރުމަކީ ކުރުނީސް ކުރުންކަމުގައި ނުވާތީއެވެ. އެއީ އާދެ މަސާހިބު ކިޔުން ކަމުގައިވެސް ނުވާތީއެވެ. އެއީ ވެރިމީހާ ކުރިމަތީގައި ގުދަށް އޮތުން ކަމުގައިވެސް ނުމެވާތީމެއެވެ.
އޭގެ ބަދަލުގައި ޕްރެސެންޓް ކުރުމަކީ, ޕްރެސެންޓަރުގެ ކުރިމަތީގައި އިންނަ މީހަކު ޒިންމާދާރު ކޮށް, އާންމު ރައްޔިތުންނާއި ހަމައަށް ތެދު މައުލޫމާތު ފޯރުކޮށް ދިނުމެވެ. ވަކީ ޚާއްސަކޮށް ސިޔާސީ ފަރާތެއްގެ ފަރާތުން މައުލޫމާތު އާންމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭނަމަ, އެފަރާތެއް ޒިންމާދާރު ކުރުވާ, ތެދާއި ދޮގު ވަކިކޮށް, ޒިންމާދާރު ކުރުވުމުގެ ޒިންމާ ޕްރެޒެންޓަރު އުފުލާން ޖެހޭނެއެވެ. އެއީ ޕްރެސެންޓަރުގެ މައްޗަށް އޮތް ނަފްސީ ޒިންމާއެކެވެ. ފަރުދީ ވާޖިބެކެވެ.
އެހެންނަމަވެސް, މިހުރިހާ ޒިންމާއަކުން ބަރީއަވެ އިންނަވާ, ޝަކީއްބެ ކުރައްވަމުން މިގެންދަވަނީ, ރައްޔިތުންގެ އެތައް ހައްގެއް ނިގުޅައިގެން އިންނަވާ, މުއިއްޒު ހަދަމުންދާހާ ދޮގާއި މަކަރު ތެދުކޮށް, އާންމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނު ހުތުރު އަމަލެވެ.
އާދޭހެވެ! މިއީ ޕޮޑްކާސްޓު ކުރުމެއް ނޫނެވެ. މިއީ ޕްރެސެންޓް ކުރުމުގެ ދާއިރާއަށް ޖެއްސުން ކުރުމެވެ. މިއީ ހެވި ދިއްލިގެން އިނދެ, ކޮރަޕްޝަނާއި ފަސާދަ ޒީނަތްތެރި ކުރުމުވެ. މިއީ ގައުމުގެ ވަލިއްޔުލްއަމުރު ހައްދަވަމުންދާ ދޮގާއި މަކަރު ތެދު ކުރުމުގެ ނުބައި އަމަލެވެ. މީގެން ހާމަކޮށްދޭ ވަރަށްވެސް ބޮޑު ހަގީގަތެއް އެބައޮތެވެ. މުޅި އުމުރުގައި ޕްރެޒެންޓް ކުރިއެއްކަމަކު, ޝަކީއްބެމެންގެ ނަފުސުގައި އެއްވެސް އަގެއް ނެތްކަމެވެ. ތެދުވެރިކަމެއް ނެތްކަމެވެ. ކުރުނީސްކުރުމާއި, ވެރިމީހާ ފެނުމުން ހެވިދިއްލި, ހޭބުއްދި ފިލާ ދިއުމަކީ މިމީހުން ތަބީއަތްކެމެވެ.