ޚަބަރު

މުއިއްޒަކަށް 21 ވަނަ ޤަރުނަށް އެކަށީގެންވާ ކެޕިޓަލް ސިޓީއަކަށް މާލެ ނެހެދުނު: އާޒިމާ ޝުކޫރު

ދިޔަވަރު
މުއިއްޒަކަށް 21 ވަނަ ޤަރުނަށް އެކަށީގެންވާ ކެޕިޓަލް ސިޓީއަކަށް މާލެ ނެހެދުނު: އާޒިމާ ޝުކޫރު

މުއިއްޒަކަށް 21 ވަނަ ޤަރުނުގެ އެކަށީގެންވާ ކެޕިޓަލް ސިޓީއަކަށް ރާއްޖެ ނެހެދުނު ކަމަށް ދޭހަވާހެން އާޒިމާ ޝުކޫރު ވާހަކަ ދައްކާފައިވަނީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައެވެ.

މޭޔަރުކަމަށް ކުރިމަތި ލައްވަން ނިންމެވީ މާލެ ސިޓީއަކީ 21 ވަނަ ޤަރުނުގެ އެކަށީގެންވާ ކެޕިޓަލް ސިޓީއަކަށް ހެދުމަށް އަދި އެކަށީގެންވާ ނޭވާލެވޭ ހައިބަތު ހުރި ސިޓީއަކަށް ހެދުމަށްޓަކާ މަސައްކަތް ކުރުމަށް

ޢާޒިމާ ޝުކޫރު ވިދާޅުވިއެވެ.

އާޒިމާ މިހެން ވިދާޅުވެފައިވާއިރު، މޭޔަރު ކަމުގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ ޑރ. މުއިއްޒު އެވެ. އެހެންކަމުން އާޒިމާގެ ވާހަކައިން މާލެ ސިޓީ މިހާރު އޮތް ނިކަމެތި ހާލަތުގެ ޒިންމާ ދަނީ މުއިއްޒުގެ މައްޗަށެވެ.

އާޒިމާގެ ސަންގު ޓީވީގައި ދެއްކެވި ވާހަކަފުޅު

އާޒިމާ މުއިއްޒަށް ތައުރީފްކޮށް މި ޕްރޮގްރާމުގައި ވާހަކަ ދައްކާފައި ވީނަމަވެސް، މުޢިއްޒު އާއި ދިމާލަށް ނުސީދާކޮށް ބަސް ވަނީ ވިދާޅުވެފައެވެ. އާޒިމާ ޤަބޫލު ކުރައްވާ ގޮތުގައި އޭނާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސިޔާސީ ގޮތުން އެހެން މީހުންނަށްވުރެ ކުޅަދާނަ ބޭފުޅެކެވެ. އަދި ރައީސް ޔާމީނާއި، ވަރަށް އަރިސް ބޭފުޅެއް ގޮތުގައި ފާހަގަ ކުރެވިފައިވާ ފަރާތެކެވެ.