ޚަބަރު

އަނބުރާ ދައްކާގޮތަށް, ރިޔާސީ ކެމްޕޭނަށް މުއިއްޒު ސަން ސިޔާމް އަތުން ނެގި 8 މިލިއަން ޑޮލަރު ނުދައްކައިގެން ސިޔާމް ކޯޓަށް! ސިޔާމްގެ ފޯނު ކޯލަކަށް މުއިއްޒު ޖަވާބު ނުދެއްވާތާ 8 މަސް!

ދިޔަވަރު
އަނބުރާ ދައްކާގޮތަށް, ރިޔާސީ ކެމްޕޭނަށް މުއިއްޒު ސަން ސިޔާމް އަތުން ނެގި 8 މިލިއަން ޑޮލަރު ނުދައްކައިގެން ސިޔާމް ކޯޓަށް! ސިޔާމްގެ ފޯނު ކޯލަކަށް މުއިއްޒު ޖަވާބު ނުދެއްވާތާ 8 މަސް!

މުއިއްޒު ސަން ސިޔާމް އަތުން ލޭންދޭނަށް ނެގި 8 މިލިއަން ޑޮލަރު ހޯދުމަށް ސަން ސިޔާމް ކޯޓަށް ދާން ނިންމާފައިކަމަށް "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ކުރެވިއްޖެއެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ސަން ސިޔާމްގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި, 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މުއިއްޒު ވިދާޅުވެގެން ސަން ސިޔާމް 8 މިލިއަން ޑޮލަރު ދީފައިވާ ކަމުގައެވެ. އެހެންނަމަވެސް އެއީ އެފައިސާ މުއިއްޒު ސިޔާމްއަށް އަނބުރާ ދައްކާގޮތަށް ދިން ފައިސާކަމަށްވެސް "ދިޔަވަރު އޮންލައިން" އާއި މައުލޫމާތު ހިއްސާކުރި ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް, މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވެގެން ދާއިރު, އެފައިސާ އަބުރާ ހޯދުމަށް ސަން ސިޔާމްގެ ފަރާތުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައިވާ ނުވާއިރު, ސިޔާމްގެ އެއްވެސް ފޯން ކޯލަކަށްވެސް މުއިއްޒު ޖަވާބު ނުދެއްވާތާ މިހާރު 8 މަސްވެފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން" އާއި މައުލޫމާތު ހިއްސާކުރި ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވެފައިވެއެވެ.

ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވި ގޮތުގައި, އަނބުރާ ދައްކާގޮތަށް, ރިޔާސީ ކެމްޕޭނަށް ސިޔާމް އަތުން މުއިއްޒު ނެގި 8 މިލިއަން ޑޮލަރު ހޯދޭނެ އިތުރު ގޮތެއް ނެތިގެން, ފައިސާ ހޯދުމަށް ކޯޓަށް ދިއުމަށް ސިޔާމް ނިންމާފައިވަނީ އިތުރު ގޮތެއް ނެތިގެން ކަމުގައެވެ. އަދި މުއިއްޒުގެ އަރިސް ފަރާތްތައް މެދުވެރިކޮށްވެސް މުއިއްޒު އާއި ވާހަކަ ދެއްކުމަށް ސިޔާމް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްވެސް ނާކާމިޔާބު ވަފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން" އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި, އެފައިސާ ކޯޓު މެދުވެރިކޮށް ހޯއްދެވޭނެކަމަށް ސިޔާމް ގަބޫލު ކުރައްވައެވެ. އެއީ އަނބުރާ ދައްކާގޮތަށް މުއިއްޒުއާއި ފައިސާ ހަވާލުކުރިކަމަށް ހެކިދޭނެ ފާރާތްތައް ތިބީމަކަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާމް އަތުން އަނބުރާ ދައްކާގޮތަށް މުއިއްޒު ނެގި 8 މިލިއަން ޑޮލަރަށް މުއިއްޒު ޚިޔާނާތްތެރި ވެފައިވާއިރު, މުއިއްޒު މިހާރުވަނީ ދ. އަތޮޅުން ސިޔާމްއަށް ލިބިފައި އޮތް 3 ރަށެއްވެސް ސިޔާމްގެ ކުންފުނިން އަނބުރާ ނަގާފައެވެ. އެގޮތުން ދ. އަތޮޅު މީހުން ދަތުރު ދިއުމަށް މުއިއްޒު ދާދިފަހުން ޚާއްސަ ކޮށްފައިވާ ދ. އުއްދޫއަކީވެސް, ސިޔާމް ކޮންމެވެސް ވަރަކަށް ޚަރަދުވެސް ކޮށްފައި އޮތް ރަށެކެވެ. މިރަށްތައް ސިޔާމް އަތުން މުއިއްޒު އަތުލާފައިވަނީ އިތުރު ނޯޓިސްއެއްވެސް ދިނުމަކާ ނުލައެވެ.

މުއިއްޒު ސިޔާމްއަށް އަނިޔާވެރިވަމުންދާއިރު, ދާދިފަހުން މުއިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައިވެސް ސިޔާމް ބައިވެރިކޮށްފައެއް ނުވެއެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސިޔާމް ތާއީދު ކުރައްވާފައިވަނީ އޭރުގެ ރައީސް ސާލިހުއަށެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި ސިޔާމް މުއިއްޒުއަށް ތާއީދުކޮށް ކެމްޕޭންވެސް ކޮށްދެއްވާފައި ވެއެވެ. އެހެންނަމަވެސް އެ ކެމްޕޭންގައި ސިޔާމްގެ ޕާޓީއަށް ދޭން ވައުދުވި ސިޔާސީ މަގާމްތައްވެސް މުއިއްޒު ހަމަޖައްސަވާ ދެއްވާފައެއް ނުވެއެވެ.

މުއިއްޒު ގެންދަވަނީ, ސިޔާމްފަދަ ގައުމަށް އެތަކެއް ޚިދުމަތްތަކެއްކޮށް, އަދި ރާއްޖޭގެ ބޮޑެތި އިންވެސްޓަރުންގެ ވިޔަފާރިތަކަށް ގެއްލުންދީ, އެބޭފުޅުން ނުފޫޒު ކަނޑުވާލުމަށް އެފަރާތްތަކުގެ މައްޗަށް އަނިޔާވެރިވަމުންނެވެ.