ރައީސް އޮފީހުގެ ބައެއް ފަރާތްތަކާއި، އަދި ރައީސް މުއިއްޒުގެ ކެބިނެޓުގެ ވަޒީރުންގެ އާއިލާގެ ބައެއް ފަރާތްތައް ބައިވެރިވި، ރަލާއި މަސްތުވާތަކެއްޗާއި ފާހިޝު ޖިންސީ އަމަލުތައް ހިންގި ޕާޓީއަކަށް ފަހު، އާންމު ގިނަ ރައްޔިތުން ގަބޫލު ކުރާގޮތުންނަމަ، ރޭޕް ކޮށްފައިވާ ކުއްޖަކު މަރާލުމަށް ގަސްތުގައި މަތިން ވައްޓައި، އެ ކުއްޖާ ޖެހުނު ފުރާޅު ބަދަލު ކޮށް، މި ސަރުކާރުން އެކަމުގެ ހެކި ފޮރުވައިފިއެވެ.
މި ގޮތަށް މިކަން ކުރުމަކީ ދުނިޔޭގެ އެންމެ އިންސާނިއްޔަތުކަން އެއްވެސް ވަރަކަށް ނެތް ޔަހޫދީން ނޫން އިތުރު ބަޔަކު ކުރާނެ ކަމެއް ނޫނެވެ.
ރައީސް އޮފީހުގެ މަސައްކަތް ކުރައްވާ ފަރާތެއް ދިޔަވަރު ނޫހަށް މައުލޫމާތު ދިން ގޮތުގައި މިފަދަ ބޮޑު ކަމެއް ކުރުމުގެ ކުރިން ހޯމް މިނިސްޓަރ އިހްސާން މުއިއްޒުގެ ބަސް ހޯއްދަވާނެ ކަމަށާއި، ހެކި ނައްތައި ކްރައިމް ސީން ރޫޅާލާފައި ވަނީ ވަކި ބަޔަކު ހިމާޔަތް ކުރުމަށް ރައީސް މުއިއްޒުގެ އިޒުނަފުޅާއި އެކީ ކަމަށެވެ.
ފުލުހުންވެސް ވަނީ އާންމު އެއްވެސް ރައްޔިތަކަށް ގަބޫލު ނުކުރެވޭ ވާހަކަ ތަކެއް ތަހްގީގާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދެކެވެމުންދިޔަ ވާހަކަތައް އޮއްބާލުމަށް ދައްކާފައެވެ.
މިގޮތުން އެކުއްޖާ ކޮށްޕާލީ ނޫން ކަމަށާއި، ފެންލައިޓުން ވެއްޓުނީ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުނެފައިވާއިރު، ފެންލައިޓުން ވެއްޓުނު ކުއްޖެއް ނަމަ ވެއްޓި ޖެހޭނީ ބިން މަތީގައި ކަން އެ އިމާރާތުގެ ފޮޓޯތަކާއި އެ ހާދިސާގައި އެ އަންހުން ކުއްޖާ ވެއްޓި ޖެހިފައިވާ ތަނުން ސާފު ކޮށް އެނގެއެވެ. ފުލުހުންގެ މި ދޮގު ފަޅާ އެރުމުން، ރައީސް މުއިއްޒު އަންގައިވައިގެން ފުރާޅު މައްޗަށް ވެއްޓުނުތަން ބަދަލުކޮށް ވަނީ ފެންނަން ހުރި ހެކި މައްސަލަ ބަލާ ނުނިމެނީސް ނައްތާލާފައެވެ.
ފުލުހުން އަމިއްލަ އިއުތިރާފުން މި މައްސަލާގައި ޝާމިލުވި ފަރާތްތައް ޑްރަގަށް ޓެސްޓް ކޮށްފައިވަނީވެސް އެއްދުވަސް ފަހުންކަން ސާފުވާއިރު، މިއީ ފުލުހުން ގަސްތުގައި މިކަމުގައި އުޅުނު ރައީސް މުއިއްޒުގެ އަރިސް ފަރާތްތަކުގެ އާއިލާތައް ހިމާޔަތް ކުރަން ކުރި ކަމެއް ކަމުގައި ގަބޫލު ކުރެއެވެ.
ކުޑަ ދޮރުން މީހަކު ވެއްޓުނަސް އެ ފުރާޅު މައްޗަކަށް ނުވެއްޓޭނެކަން ސާފުކޮށް އެނގެއެވެ. ފުރާޅު މައްޗަށް އެ ކުއްޖާ ވެއްޓޭނެ ގޮތެއް ކަމުގައި ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ބުނަމުން ދަނީ ޓެރަސް މަތިން ކޮށްޕާލައިގެންނެވެ.
އަނިޔާ ލިބުނު ފަރާތް އައިސީޔޫގައި ވެންޓިލޭޓަރުގައި އޮތް އިރު، ހޮސްޕިޓަލުންވެސް ދަނީ މި ހާދިސާގެ ހަގީގަތް ވަންހަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރަށް ފަރުވާއަށް ދިޔުމަށް ހޮސްޕިޓަލުން ހުރަސް އަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން މިހާތަނަށް މިކަމާއި ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރު ނުކުރާއިރު، މި މައްސަލަ ހިންދާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް ފަރާތްތަކުގެ އާއިލާތަކުން މާލޭގައި ފާހިޝް އަމަލު ހިންގާ މަސްތުވާތަކެތީގެ ޕާޓީތައް ބާއްވަނީ އެފަދަ ކަމެއްގައި އެމީހުން ނުހުއްޓުވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްވެރިންގެ ފަރާތްތަކުން އެ އާއިލާތަކަށް ލިބިފައި އޮންނާތީއެވެ.