ޚަބަރު

ކުރިސްޓިއަނުންގެ "އީސްޓަރ" އީދު މިފަހަރު މުޅިން އަލަށް ރިސޯޓުތަކުގައާއި, ގެސްޓު ހައުސްހުރި ބައެއް ރަށްތަކުގައި ކުލަގަދަކޮށް ފާހަގަކުރި އިރުވެސް އިސްލާމިކް މިނިސްޓްރީ ހަނު! ސަރުކާރުން އޮތީ މިދުވަސް ފާހަގަކުރުމަށް ނުރަސްމީ ހުއްދަ ދުރާލާ ދީފަ!

ދިޔަވަރު
ކުރިސްޓިއަނުންގެ "އީސްޓަރ" އީދު މިފަހަރު މުޅިން އަލަށް ރިސޯޓުތަކުގައާއި, ގެސްޓު ހައުސްހުރި ބައެއް ރަށްތަކުގައި ކުލަގަދަކޮށް ފާހަގަކުރި އިރުވެސް އިސްލާމިކް މިނިސްޓްރީ ހަނު! ސަރުކާރުން އޮތީ މިދުވަސް ފާހަގަކުރުމަށް ނުރަސްމީ ހުއްދަ ދުރާލާ ދީފަ!

ކުރިސްޓިއަނުންގެ އީދެއްކަމުގައިވާ "އީސްޓަރ ބަންދު" އަލަށް, މިފަހަރު ސަރުކާރުން ހުއްދަ ދީގެން ރާއްޖޭގެ ރިސޯޓުތަކުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އެގޮތުން ރާއްޖޭގެ ގިނަ ރިސޯޓުތަކުގައިވަނީ ކުރިސްޓިއަނުންގެ އީސްޓަރ ބަންދު ފާހަގަ ކުރުމުގެ ގޮތުން އެދީނުގެ ސަގާފަތް ރަމްޒުކޮށްދޭ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އޭގެ ތެރޭގައި, ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ކުރިސްޓިއަނުންވަނީ މި ހަރަކާތްތަކުގެ ތެރޭގައި ކުރިސްޓިއަން ދީނާއި ގުޅުންހުރި ދީނީ ދަރުސްތައްވެސް ދީފައެވެ. މި ހަރަކާތްތައް ގެސްޓު ހައުސް ހިންގާ ބައެއް ރަށްރަށުގައިވެސް, ގެސްޓުންނާއި ގުޅިގެން ގެސްޓު ހައުސްތަކުންވެސް ފާހަގަ ކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިއީ ކުރިސްޓިއަން ދީނުގެ ބަރަކާތްތެރި ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ މިދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ ސަރުކާރު ތަކުގައި, ކުރިސްމަސް ދުވަހާއި އެނޫނަސް ކުރިސްޓިއަނުން ފާހަގަކުރާ މިފަދަ ބާތިލް ދުވަސްތައް ރާއްޖޭގައި ފާހަގަކުރުން މަނާކޮށްފައި ވެއެވެ.

އެހެންނަމަވެސް އީސްޓަރ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް މިފަހަރު ފާހަގަކުރިއިރު އިސްލާމިކް މިނިސްޓްރީންވެސް މިކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން އޮތީ މިދުވަސް ފާހަގަކުރުން އެންމެ ރަގަޅުކަމަށް ނުރަސްމީކޮށް ރިސޯޓުތަކަށާއި އަދި ގެސްޓު ހައުސް ހިންގާ ފަރާތްތަކަށްވެސް އަންގާފައެވެ.

އެހެންނަމަވެސް ޢައިރު ދީންތައް ފެތުރުމަށް އެ ދީންތަކުގެ އަހުލުވެރީން އާންމުކޮށް ބޭނުންކުރާ އުސޫލަކީ މިއީ ސަގާފީ ކަމެއްގެ ގޮތުގައި ސިފަކޮށް އެދީންތައް ޒީނަތްތެރިކޮށް ޅަދަރިންގެ ހިންތަކުގައި ލޯބި ޖެއްސުމެވެ.

ކުރިސްޓިއަނުން ގަބޫލުކުރާ ގޮތުގައި, އީސްޓަރދުވަހަކީ އިސާގެފާނު އަވަހާރަވުމަށްފަހު އަލުން ދިރުއްވުން ފާހަގަކުރުމަށް ކްރިސްޓިއަނުންނަށް އަންނަ ޗުއްޓީއެކެވެ. ކްރިސްޓިއަން ދީނުގައި ޤަބޫލުކުރާގޮތުގައި މިކަން ހިނގާފައިވަނީ އީސާގެފާނު ސަލީބުގައި އަވަހާރަވިތާ ތިންވަނަ ދުވަހުއެވެ.

އީސްޓަރ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް އާދީއްތަ ދުވަހެއްގައެވެ. ނަމަވެސް މި ތާރީޚް ކޮންމެ އަހަރަކު ބަދަލުވެއެވެ. އެއީ މި ތާރީޚް ގުޅިފައިވަނީ ހަނދުމަހާއެވެ. ގްރިގޯރިއަން ކަލަންޑަރާއެއް ނޫނެވެ. ވަކިން ޚާއްޞަކޮށް، އީސްޓަރ ފާހަގަކުރެވެނީ ބަހާރު އީކުއިނޮކްސް (ގާތްގަނޑަކަށް މާރިޗު 21) އަށްފަހު ނުވަތަ އަންނަ ފުރަތަމަ ހަނދުފުރާ ހަފްތާއެއްގެ އާދީއްތަ ދުވަހުއެވެ. މި ހިސާބުކުރުމުގެ ސަބަބުން، އީސްޓަރ އަންނާނީ މާރިޗު 22 އާއި އޭޕްރިލް 25 އާއި ދެމެދުގައެވެ. މިއަހަރު މި ދުވަސް ފާހަގަ ކޮށްފައިވަނީ މި އެޕްރިލް 20 ވީ އާދީއްތަ ދުވަހުއެވެ.

އީސްޓަރ ގެ ކުރިން ކުރިސްޓިއަނުންނަށް އަންނަނީ ލެންޓް އެވެ. މިއީ 40 ދުވަހުގެ ރޯދަ، ދުޢާ، އަދި ތައުބާގެ މުއްދަތެކެވެ. އީސްޓަރގެ ކުރީ ހަފްތާއަކީ ކުރިސްޓިއަނުންނަށް ބަރަކާތްތެރި ހަފްތާއެކެވެ. އޭގެ ތެރޭގައި ޕާމް ސަންޑޭ، މޯންޑީ ތާރސްޑޭ، އަދި ގުޑް ފްރައިޑޭ ފަދަ ކުރިސްޓިއަނުން މުހިންމުކަމަށް ދެކޭ ދުވަސްތައް ހިމެނެއެވެ.