ޚަބަރު

ޓެރަސް ތަޅުލާފަ ކަމަށް ބުނެ، ތަހުގީގުގައި ޓެރަސް ނެތްތަނަކަށް ހަދަނީ އަމީންގެ އާއިލާ ހިމާޔަތް ކޮށް، ޙަޤީގަތް ފޮރުވަން

ދިޔަވަރު
ޓެރަސް ތަޅުލާފަ ކަމަށް ބުނެ، ތަހުގީގުގައި ޓެރަސް ނެތްތަނަކަށް ހަދަނީ އަމީންގެ އާއިލާ ހިމާޔަތް ކޮށް، ޙަޤީގަތް ފޮރުވަން

މިއަދު ފުލުހުން ދެއްކި ވީޑިޔޯތަކުން ޓެރަހަށް އެ އަންހެން ކުއްޖާ އެރިކަމެއް ނުވަތަ ނާރާ ކަމެއް ސާފެއް ނުވެއެވެ. ތަހުގީގަށް ވެސް އެކަން ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް ފުލުހުން ބުނަމުން ދަނީ ޓެރަސް ތަޅުލާފައި ވާކަމަށް އެގޭ ވެރިފަރާތުން ބުނާ ކަމަށެވެ. އެގޭ ވެރި ފަރާތާއި އެގޭ ދިރިއުޅޭ ހުރިހާ ފަރާތްތަކަކީ މައްސަލާގެ ސަސްޕެކްޓްސްއަށް ވާން ޖެހޭ ބަޔަކެވެ. ނަމަވެސް ފުލުހުން އެކަން އެގޮތަށް ނުކުރަނީ އެއީ އަމީން އާއި އަމީންގެ އާއިލާގެ މީހުންގެ ތަނަކަށް ވާތީއެވެ.

ފުލުހުން ނުކުރާ މުހިންމު ސުވާލުތަކަކީ އެ ތަޅުލާފައިވާ ޓެރަސް އަށް އެކްސަސް އޮންނަނީ ކޮން ބަޔަކަށް ތޯއެވެ. ވެއްޓިފައިވާ ފަރާތް ވެއްޓި ޖެހިފަ އޮތް ތަނާއި، ވެއްޓުނު ކަމަށް ފުލުހުން ބުނާ ފެންލައިޓާއި، ފިސިކްސް ހަމަތަކާއި ދިމާވާ އެއްގޮތެއްވެސް ނެތެވެ. ވައްޓާފައިވާ ކުއްޖާ ވައްޓާލާފައި ވަނީ ޓެރަހުން ކަމަށް، ގަބޫލު ކުރަނީ އެހެންވެއެެވެ. ނަމަވެސް ޓެރަސް ތަޅުލާފައި ކަމަށް ބުނެ "މި ކްރައިމް ހިނގި ކަމަށް އެންމެ ގާތް ކުރާ ތަން" ބަލާލަންވެސް ފުލުހުން ބޭނުމެއް ނޫނެވެ. މިކަން ކުރަމުން ދަނީ މިނިސްޓަރ އަމީން އާއި އޭނާގެ އާއިލާގެ ހިމާޔަތް ކުރުމަށް މި ސަރުކާރުން ބޭނުންވާތީއެވެ. ނަމަވެސް މައްސަލަ އަކީ މިނިސްޓަރ އަމީންގެ ގެއަށް ވާތީ އެގެ ބަލާ ފާސް ނުކުރަން ވެގެން އަދި އެކަމުގައި އަމީނުގެ އާއިލާގެ ބައިވެރިވުން އުޅޭތީ ފުލުހުން ގަސްތުގައި ކުރާ ވަންހަނާއެކެވެ. ތަހުގީގަށް ފުލުހުން އަޅާ ހުރަހެކެވެ.

އެންމެ މަތީ ފްލޯގައި ކެމެރާ ނެތް ކަމަށް ބުނާއިރު، އެންމެ މަތީ ތިން ފްލޯގައި ދިރިއުޅޭ އެއްވެސް ފަރާތަކާއި ފުލުހުން ސުވާލު ކޮށްފައި ނުވަނީވެސް މައްސަލަ ބެލުމަށް ބޭނުން ނުވާތީއެވެ. އެ އެންމެންނަކީ ސަސްޕެކްޓުންނެވެ. އެންމެ މަތީ ފްލޯގައި ދިރިއުޅެނީ އަމީންގެ އާއިލާތޯއެވެ؟ މި ކަންކަން ފުލުހުން ސިއްރު ކުރަމުން ދަނީ މައްސަލައިގެ ހަގީގަތަށް ވާސިލް ވާން ފުލުހުން ބޭނުން ނުވާތީ ގަސްތުގައެވެ. މައްސަލައިގައި ހިމެނޭ ކުށްވެރިން ހިމާޔަތް ކުރުމަށް މުއިއްޒުގެ ސަރުކާރުން ތެޅިފޮޅެމުން ދާތީއެވެ.

ސީން ރީ ކޮންސްޓްރެކްޓް ކުރަމުންދަނީ ކަން ހިނގި ކަމަށް ޤަބޫލު ނުކުރެވޭ ތަނެއްގައެވެ. ފިޒިކްސް އިން އެއީ ހިނގާފާނެ ކަމަށް ބެލެވޭ ތަނެއްގައެއް ނޫނެވެ. މިއީ ކޮންކަހަލަ ތަހުގީގެއްތޯއެވެ؟

މިއީ ރައްޔިތުންގެ ފުރާނައަށް އެއްވެސް ރަހުމެއް ނެތް ސަރުކާރެކެވެ. ނެޕޯބޭބީސްގެ ސަރުކާރެކެވެ. އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ ސަރުކާރެކެވެ. ކޮރަޕްޓުވެ ފައިސާއަށް ވިކި ހުސްވެފައިވާ ފުލުހުންގެ މުއައްސަސާއެއް ކަމަށް ރައްޔިތުން ބުނަމުން މިދަނީ އެހެންވެއެވެ.