ހާދިސާގެ ވީޑިޔޯ ތައް ފުލުހުން އެޑިޓްކޮށް ހެކި ބަދަލު ކުރާކަން ހާމަވެ، ނޫސްވެރިންގެ ބައްދަލުވުން ހޫނުވެއްޖެއެވެ. ކުރީ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވީޑިޔޯގައި ވެއްޓި ޖެހުނު އަޑު އިއްވައި، މިއަދު ދެއްކި ވީޑީޔޯގައި އެއަޑު ނެތި، އަދި ފަހުން ދެއްކި ވީޑިޔޯގައި ވެއްޓޭ އަޑު ނީވެނީ އެލާމުގެ އަޑުގެ ސަބަބުން ކަމަށް މިއަދު ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވުމުން
ސީޕީ އަށް ވަނީ އަމިއްލަ އަށް ވީޑިޔޯ އެޑިޓް ކޮށްފައިވާ ކަމަށް އިއުތިރާފުވެސް ވެވިފައެވެ. ތަހުގީގުގައި ބޭނުން ކުރާ ވީޑިޔޯތަކަކީ ބޭނުން ގޮތަކަށް އެޑިޓް ކުރަން ހުންނަ ވީޑިޔޯތަކެއް ނޫނެވެ. ފުލުހުން ދަނީ މިކަމުގައި ލިބިފައިވާ ވިޑިޔޯތައް އެޑިޓުކޮށް ކަމުގެ ހަގީގަތް އޮޅުވާލުމުންނެވެ. އަދި އަމީން އާއި މުއިއްޒުގެ ސަރުކާރުގެ ބޮޑުން ހިމާޔަތް ކުރަމުންނެވެ.
ހަނދާނަން އަންނަނީ ޑރ އަފްރާޝީމްގެ މަރުގެ މައްސަލާގައި ސްޓެލްކޯއާއި ދިމާލަށް ހުރި ސީސީޓީވީ ފްޓޭޖް ގެއްލި އަފްރާޝީމްގެ ގާތިލުގެ ވީޑިޔޯ ގެއްލުނު ގޮތުގެ މަތިންނެވެ. ޕީޕީއެމް ޕީއެންސީ ވެރިކަން ތަކުގައި ފުލުހުންގެ މުއައްސަސާ އިންތިހާއަށް ކޮރަޕްޓްވެ، ވެރިކަމުގެ ތިބޭ މީހުން ހިމާޔަތް ކުރަން ހެކި ނެއްތުމަކީ ފުލުހުން އަލަށް ކުރާކަމެއް ނޫނެވެ.