ޚަބަރު

ރައުދު އަކީ ނަފްސާނީ މީހެއް ކަމަށް ދައްކައި މައްސަލައިން ސަލާމަތް ކުރުމަށް ސެނަހިޔާއިން އޭނާ އެންޒައިޓީއާއި ޑިޕްރެޝަން ހުންނަކަމަށް ލިޔުން ދޫކޮށްފި

ދިޔަވަރު
ރައުދު އަކީ ނަފްސާނީ މީހެއް ކަމަށް ދައްކައި މައްސަލައިން ސަލާމަތް ކުރުމަށް ސެނަހިޔާއިން އޭނާ އެންޒައިޓީއާއި ޑިޕްރެޝަން ހުންނަކަމަށް ލިޔުން ދޫކޮށްފި

ސަރުކާރުން ގުޅިގެން ރައުދު އަކީ ނަފްސާނީ މީހެއް ކަމަށް ދައްކައި، ރޭޕް މައްސަލާގައިއާއި، އަދި މަސްތުވާތަކެތި ބޭނުންކޮށް، ފާހިޝް އަމަލު ހިންގި ކަމުގެ ކުށާއި، އަދި ބަލަމުންދާ ފުރާޅުމައްޗަށް ވައްޓާފައިވާ އަންހެން މީހާގެ މައްސަލައިން ސަލާމަތް ކުރުމަށް ކޯޓު މަރުހަލާގައި އާއި، އިންވެސްޓިގޭޝަންގައި ބޭނުން ކުރުމަށް ސަރުކާރާއި، އަމީންގެ އާއިލާ ގުޅިގެން ސެނަހިޔާއިން، ލިޔުން އުފައްދައި ދޫކޮށްފިއެވެ.

ހަސަން ކުރުސީގެ އެކައުންޓުން ހާމަ ކޮށްފައިވާ މި ލިޔުމުގައި، އޭނާގެ ނަފްސާނީ މައްސަލަ ހުންނަކަމަށް ސިފައިންގެ ހޮސްޕިޓަލް ކަމުގައިވާ ސެނަހިޔާއިން ލިޔުން އުފައްދާފައިވާއިރު، ޑޮކްޓަރަށް ދައްކަން އެ ހޮސްޕިޓަލަށް އޭނާ ދިޔަކަން ދިޔަވަރަށް ކަށަވަރު ކުރެވިފައި ނުވެއެވެ.

ޑޮކްޓަރު ވަނީ އޭނާ ޑިޕްރެޝަން ހުންނަ ކަމަށް މި ލިޔުމުގައި ޑައިގްނޯސް ކޮށްފައެވެ. އެހެން ގޮތަކަށް ބުނާނަމަ އޭނާ އަކީ ނަފްސާނީ ބައެއްޔެއް ކަމުގައިވާ ޑިޕްރެޝަން ހުރި މީހެއް ކަމަށް ޑޮކްޓަރވަނީ ނިންމާފައެވެ.

ރައުދުގެ ބޭބެ އަހަދުވެސް ބޮޑު ކުށަކުން ސަލާމަތްކޮށް އާންމުންގެ ތެރޭ އުޅެމުން ދަނީ އޭނާއަކީ ނަފްސާނީ މީހެއް ކަމަށް ބުނެ ކޯޓަށް އޮޅުވާލައިގެން މިފަދައިން ލިޔެކިޔުންތައް ފައިސާ ދީގެން އުފައްދައިގެން ކަމަށް ސޯޝަލް މީޑިޔާގައި މި ހާދިސާއާއި ގުޅިގެން ވަނީ ވާހަކަ ދެކެވިފައެވެ.

ރައުދު އަކީ މިހާދިސާގައި ހިމެނޭ އަންހެން ކުއްޖާ ގޮވައިގެން ފެންޓަނޯއި ކިޔާ ގެއަށް ގޮސްފައިވާ ފަރާތެވެ. އަދި ފުލުހުން ހާމަ ކުރި ސީސީ ޓީވީ ފްޓޭޖްތަކުން މި އަންހެން މީހާ ފުރާޅުން ވެއްޓުމުގެ ކުރިން އުޅެފައިވަނީ ރައުދު އާއި އެކީއެވެ. ރައުދު ފުލުހުންނަށް ދީފައިވާ ބަޔާން އެންމެ ފަހުން ފުލުހުން ބޭއްވި ދެ ބައްދަލުވުމުގައިވެސް ވަނީ ސިއްރުކޮށް އޭގެ މައުލޫމާތު ނޫސްވެރިން އެހުމުންވެސް ނުދީފައެވެ.

ނަފްސާނީ ބަލި ޖެހިފައިވާ މޮޔަ މީހެއްގެ ކިބައިން ދެން އިތުރު ބަޔާނެއް ފުލުހުންނަށް ނެގޭނެ ކަމާއި މެދު ސުވާލު އުފެދެއެވެ. އަދި ފުލުހުން މިހާރު ނަގާފައިވާ ބަޔާންވެސް ނަގާފައިވަނީ ނަފްސާނީ ބަލި ޖެހިފައިވާ ބުއްދި ސަލާމަތުން ނެތް މީހެއްގެ ފަރާތުން ކަމަށް ބަލައި އެ ބަޔާންވެސް ކޯޓުގައި އަދި ތަހުގީގުގައި މި ސަރުކާރުން ބޭނުން ނުކުރާނެ ކަމަށް ބެލެވެއެވެ. މިކަމަށް ހުރިހާ ފުރުޞަތެއް ދެމުން ދަނީ ރައީސް މުއިއްޒުގެ ފަރާތުންނެވެ. މައްސަލައަށް ސީދާ ގޮތުން އެމަނިކުފާނާއި، އެމަނިކުފާނުގެ ކެބިނެޓުގެ ޓްރަންސްޕޯޓް މިނިސްޓަރ އަމީން ދަނީ ހުރަސް އަޅަމުންނެވެ. ޕްރެސް ކޮންފަރަންސްގައިވެސް ޕޮލިސްކޮމިޝަނަރު އިން އިރުވެސް އަމީން ގުޅަމުންދާ ވާހަކަ އެހެން ފުލުހަކު، ކޮމިޝަނަރު ކައިރީ ސިއްރުން ބުނާ އަޑު ވަނީ މައިކަށް އަރައި ރިކޯޑް ވެފައެވެ.