މިދިޔަ ހުކުރު ދުވަހުގެ ފަތިހު އުސް އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތެއް ލިބުނު ހައްވާ ޔުމްނު ރަޝީދު 21، އަށް އިތުރު ފަރުވާ ދިނުމަށް މެލޭޝިއާއަށް ގެންދިއުމަށް ރައީސް މުއިއްޒު އާއި ޓްރާންސްޕޯޓް މިނިސްޓަރ އަމީން ހުރަސް އަޅައިފިއެވެ.
ޔުމްނުއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. ޔުމްނުގެ އާއިލާއިން ބޭނުންވަނީ އިތުރު ފަރުވާ ދިނުމަށް އޭނާ މެލޭޝިއާއަށް ގެންދިޔުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާއިން ޔުމްނު މެލޭޝިއާއަށް ގެންދަން ބޭނުންވަނީ އެ ގައުމުގައި އާއިލާގެ ބަޔަކު ދިރިއުޅޭތީ އެވެ. އޭނާގެ ބޭސްފަރުވާއަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.
ސަރުކާރުން ހުރަސް އަޅާފައި ވަނީ ޔުމްނު މެލޭޝިއާއަށް ގެންދަން ކުރާ ދަތުރު ހަމަޖެއްސުމަށެވެ.
ފަސޭހައިން މިކަން ކުރުމަށް އާއިލާއިން ސަރުކާރުގައި އެދުނީ މި ފެށޭ ހަފުތާ މޯލްޑިވިއަނުން މެލޭޝިއާއަށް ކުރާ ޗާޓަރު ދަތުރުތަކުން ދަތުރެއްގައި ޔުމްނު ގެންދެވޭނެ ގޮތް ހަދައިދިނުމަށެވެ. ނަމަވެސް އެކަން ހަމަޖެހޭ ގޮތް ވެފައެއް ނުވެ އެވެ.
މި ފުލައިޓުތަކުން ޖާގަ ނުލިބޭ ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނަނީ މޯލްޑިވިއަނުން މި ދަތުރުކުރާ ވައިޑް ބޮޑީ އެއާކްރާފްޓުގައި ސްޓްރެޗާ ހަރުކުރުމުގެ ހުއްދަ މިހާތަނަށް ލިބިފައި ނެތުމެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ލައިސަންސަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.
މިއީ އަމީނު ސޮއެ ކޮށްލާ ސިޓީ އަކުން ހަމަޖެހެން އޮތް ކަމެއް ކަމަށް ވިއަސް މިކަމުގެ ހުއްދަ ނުދީ، ބޭނުންވާ ފަރުވާ ގަސްތުގައި ލަސްކުރަމުން ދަނީ މުއިއްޒު އާއި އަމީނުއެވެ. ފަރުވާއިން އޭނާ ގަސްތުގައި މަހުރޫމު ކުރުމަކީ، އެ އަންހެންމީހާ މަރުވުން ކައިރި ކަމެއް ކަން އެނގިހުރެ، މިކަން މި ގޮތަށް މުއިއްޒުއާއި އަމީންގެ ކުރަމުން މިގެންދަނީ މި ނަތީޖާ ނުނެރެވިގެން ތޯއެވެ؟ ފުރާޅު މަތީ މަރަށް ބާއްވާފައި ދިޔުމުން މަރުނުވުމުން އެގޮތުން ނުވުމުން ފަރުވާ އަށް ހުރަސް އެޅުމަކީ އަނިޔާވެރި ކަމުގައި މުއިއްޒުގެ ސަރުކާރު އަރާހުރި ވަރު ހާމަވެގެންދާ ކަމެކެވެ.