ޚަބަރު

ޖެންޒީ މުޒާހަރާ އަކީ، ސިޔާސީ މުޒާހަރާއެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އޮޅުވާލުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފި

ދިޔަވަރު
ޖެންޒީ މުޒާހަރާ އަކީ، ސިޔާސީ މުޒާހަރާއެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އޮޅުވާލުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފި

ޖެންޒީ މުޒާހަރާ އަކީ، ސިޔާސީ މުޒާހަރާއެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި، އޮޅުވާލައި، ދޮގު ފެތުރުމަށް ރައީސް މުއިއްޒު އަންގަވައިފިއެވެ. އެމަނިކުފާނު މިގޮތަށް އެކަން ކުރަން އަންގާފައިވަނީ ރައީސް އޮފީހުގެ މީޑިޔާގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޚަލީލު އަށެވެ.

މިގޮތުން ޝިއުނާއާއި، ރައީސް އޮފީހުން ގެންގުޅޭ އެތައް ފޭކް އެކައުންޓްތަކުން ދަނީ، ޒުވާނުންގެ އަޑު އިއްވުމުން، އެކަން ނުވާކަމެއް ކަމަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ޚަލީލު ދަނީ އޭނާގެ ދަށުން މަސައްކަތް ކުރާ ފަރާތްތައް ލައްވައި ޖެންޒީ މުޒާހަރާގެ މަގުޞަދު އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެއީ ސިޔާސީ ކުލަ ޖެހިފައިވާ، އެމްޑީޕީ އަޑީ އޮވެގެން ކުރުވާ ކަމެއް ކަމަށް ބުނެ ދޮގު ހަދައިގެން އެގޮތަށް ސޯޝަލް މީޑިޔާގައި ޖެއްސުމަށް މުއިއްޒު ވަނީ އަންގާފައެވެ.

ކޮންމެ ރެއަކު ހިނގަމުންދާ ސިލްސިލާ މުޒާހަރާ ތަކަކީ ޔުމްނު އުސް އިމާރާތަކުން ވައްޓާލުމުގެ މައްސަލާގައި މުއިއްޒުގެ ސަރުކާރުން އެކަން ވަންހަނާކޮށް، އެކަމުގައި އުޅުނު ރައީސް އޮފީހުގެ މުއިއްޒުގެ އަރިސް ފަރާތްތައް ހިމާޔަތްކޮށް ފުލުހުން މައްސަލަ ހިންދާލަމުންދާތީ އެކަމާއި ދެކޮޅަށް ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާއެކެވެ. މިކަމުގައި ސިޔާސީ އެއްވެސް ޕާޓީއެއްގެ އެއްވެސް ހިއްސާއެއް ނުވެއެވެ.

ބައެއް ސިޔާސީ ޕާޓީތަކުން ފެންނަ ފަރާތްތައް ޒުވާނެއްގެ ހައިސިއްޔަތުން މި މުޒާހަރާތަކުގައި އަމިއްލަ ގޮތުން ބައިވެރިވިއަސް އެފަރާތްތަކަކީ އެއްވެސް ޕާޓީއެއް ތަމްސީލް ކުރުމަށް ނުވަތަ އެފަދަ އެއްވެސް ސިޔާސީ މަގްޞަދެއް އޮވެގެން މުޒާހަރާގައި ބައިވެރިވާ ބައެއް ނޫންކަން ރައީސް އޮފީހަށާއި ފުލުހުންނަށްވެސް އެނެގެއެވެ.

ރައީސް މުއިއްޒު ވަކި ކަމެއް ނޫން، ކޮންމެ ކަމެއްގައި ވެސް، ބައްލަވަނީ ދޮގު ހަދައި އޮޅުވާލުމަށެވެ. އެމަނިކުފާނުގެ އިތުރުފުޅު ހެއްދެވުން އިންތާހައަށް އިތުރުވުމުން، "ކައްޒާބު"ގެ ނަމުން އާންމު ރައްޔިތުން އެމަނިކުފާނަށް މުހާތަބު ކުރާއިރު ޖެންޒީ އިން މުއިއްޒަށް ކިޔަމުންދަނީ ކައްޒާބު ކުރުކޮށް "ކަޒް" އެވެ.