ބޭސްފަރުވާގެ ޚަރަދު ހަމަޖައްސަ ދޭނެ ކަމަށް ބުނެ އެންމެ ފަހު ވަގުތު ސަރުކާރުން ޔުމްނުގެ ޚަރަދު ހަމަޖައްސައި ނުދިނީ، ބޭރުން ފަރުވާ ދިނުމުގެ ފުރުޞަތު ގަސްތުގައި ގެއްލުވާލުމަށެވެ. ޔުމްނު ވެއްޓިފައި އޮތް ހާދިސާ ގައި ގަސްތުގައި ވައްޓާލިއަސް އަދި ވެއްޓުނު ނަމަވެސް، ޔުމްނު ފުރާޅު މަތީ މަރުވުމަށް ބޭއްވުމަށްފަހު، މުއިއްޒުގެ ސަރުކާރާއި ގުޅުންހުރި އެކަމުގެ ތުހުމަތު ކުރެވޭ ރައުދު ހުރީ އަޅާވެސް ނުލައެވެ. ކުޑަމިނުން ފުލުހަށްވެސް އަންގާފައި ނުވެއެވެ. އެކަމުގެ ފަހަތުގައި ތިބި ބަޔަކު ޔުމްނު މަރު ނުވެ، ސަލާމަތް ވެދާނެ ކަމަކަށް ނުވިސްނައެވެ.
މުއިއްޒުގެ ސަރުކާރުން އަމަލު ކުރާ ގޮތުން ގަބޫލު ކުރެވެނީ ޔުމްނު ސަލާމަތްވެ އެނބުރި އައުމަކީ އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ސަރުކާރުން ޤަބޫލު ކުރާކަމެވެ. އަދި ސަރުކާރުން ނޫނީ މި މައްސަލާގައި ހިއްސާވާ ފަރާތަކުން، ޔުމްނުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވަފާނެ ކަމަށް ބަލައި، އާއިލާއިން މިކަމަށް ސަމާލުވެ ތިއްބެވުމަކީ މުހިންމު ކަމެކެވެ.