ވައިޑް ބޮޑީ މަތިންދާ ބޯޓުން ލިބުނު ކަޓު މުއިއްޒުގެ އެކައުންޓަށް ޖަމާ ނުވަނީސް، އަމީން ވަކި ކުރެވޭކަށް ނެތްކަމަށް ދިޔަވަރު ނޫހަށް މުއިއްޒުގެ ކެބިނެޓް މިނިސްޓަރެއް މައުލޫމާތު ދެއްވައިފިއެވެ. މި މައުލޫމާތު ދިޔަވަރު ނޫހަށް ދެއްވާފައިވަނީ ނަން ނުޖެހުމަށް ޝަރުތުކޮށް މުއިއްޒުގެ ކެބިނެޓްގެ މިނިސްޓަރެކެވެ.
އަމީން އިސްތިއުފާގެ ސިޓީއެއް މުއިއްޒަށް ފޮނުވި ވާހަކަ ދެކެވެމުންދިޔުމާއި ގުޅިގެން، ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި މިނިސްޓަރ ހާމަ ކޮށްފައިވަނީ، އަމީން ބޭނުންވިއަސް އޭނާ އަށް އެ މަގާމަކުން ވަކިވެވެން ނެތް ކަމަށާއި، ރައީސް މުއިއްޒު ބޭނުންވާ ކަޓު، ވައިޑް ބޮޑީ މަތިންދާ ބޯޓު ޑީލުން ނުލިބެނީސް އަމީން މިނިސްޓަރ ކަމުން ވަކި ނުކުރާނެކަމަށެވެ. މިނިސްޓަރ ކަމުން ވަކިކޮށްފިނަމަ، އެ ފައިސާ މުއިއްޒަށް ނުލިބޭނެ ކަމަށް މުއިއްޒު ވިސްނަވާ ކަމަށް އޭނާ ހާމަ ކުރިއެވެ.
ކިތަންމެ ވަރަކަށް ޖެންޒީ އެދުނަސް، އަދި އަމީން އަމިއްލަ އަށް ބޭނުންވިއަސް މިނިސްޓަރު ކަމުން ވަކި ކުރުމަކީ މުއިއްޒު ކުރާނެ ކަމެއް ނޫން
މުއިއްޒަކީ ދިވެހި ދައުލަތުން ވައްކަން ކުރުމާއި ފޭރުމުގައި އެއްވެސް މީހަކު ރާއްޖޭގެ ތާރީޚުގައި އަދި ކޮށްފައި ނުވާ ވަރަށް ވައްކަން ކުރަމުންދާ ފަރާތެކެވެ.
އަމީން އަށް މިފައިސާ ލިބިފައި ވީނަމަވެސް، އަދި މުއިއްޒުގެ އެކައުންޓަށް މިފައިސާ ނުވަދެއެވެ. އަދި މަގާމުގައި ގިނަ ދުވަހު ހުރުމަށް މި ފައިސާ ނުލިބޭ ކަމަށް މުއިއްޒަށް އަމީން މައުލޫމާތު ދެއްވައި، މަގާމުގައި ހުރެގެން މައްސަލައަށް ނުފޫޒު ފޯރުވުމުގައި އަމީން ދެމިހުންނާނެ ކަމަށް ބެލެވެއެވެ. އަދި އަމީން އަމިއްލަ އަށް މަގާމުން ވަކިވުމަށް ސިޓީ ފޮނުވާނެ ކަމަކަށް ނުބެލެވެއެވެ. އިސްތިއުފާދީ އަމީނުގެ ބާރު ސަރުކާރުގެ ތެރެއިން ގެއްލިއްޖެނަމަ، މައްސަލަ އަމީން އާއި އޭނާގެ އާއިލާ ބޭނުންވާ ގޮތަށް ނިއްމުމަށް ދަތިވެގެން ގޮސްފާނެ ކަމަށް އަމީން ވިސްނާނެއެވެ.
ވައިޑް ބޮޑީ މަތިންދާބޯޓު ގަތުމުގެ ޑީލްގައި އެމެރިކާ އެމްބަސީއާއި، މުއިއްޒުގެ ސަރުކާރާއި އޮތް ގުޅުމަށް ވެސް ވަނީ ބުރު އަރާފައެވެ. މަތިންދާ ބޯޓު ގަތުމަށް ބޮއިންގ އާއި ވާހަކަ ދެއްކުމަށްފަހު، އަދި ގަންނާނެ ކަމުގެ ޔަގީންކަން މުއިއްޒުގެ ފަރާތުން ޔޫއެސް އެމްބަސަޑަރ އަށް ދިނުމަށް ފަހު އެހެން ފަރާތެއް އަތުން ގަނެފައިވަނީ އެމެރިކާގެ ކުންފުނި ބޮއިންގ އިން މުއިއްޒަށް ކަޓު ނުދިން މައްސަލާގައެވެ. މިކަމާއި ގުޅިގެން އެމްބަސަޑަރ ވަނީ މުއިއްޒަކީ އިތުބާރު ކުރެވޭ މީހެއް ނޫންކަމަށް ބުނެފައި ކަމަށް ދިޔަވަރު ނޫހަށް މައުލޫތު ދިން އެހެން މިނިސްޓަރަކު ޔަގީން ކޮށް ދެއްވިއެވެ.