އަމީންމެން ގޭގައި، ދާއޫދު އާއި ރައީސް މުއިއްޒު އަރިސް ޒުވާނުން ބޭއްވީ ސެކްސް ޕާޓީއެއް ކަމަށް މަލްޝާ ޓްވީޓް ކޮށްފިއެވެ. މަލްޝާ މިގޮތަށް ޓްވީޓް ކޮށްފައި ވަނީ ބޭއްވި ޑްރަގް އަދި ސެކްސް ޕާޓީ އިންވެސްޓިގޭޓް ކުރަމުން ދާކަމަށް ބުނެއެވެ.
ނަމަވެސް މީގެ ކުރިން، އެ ޕާޓީ އަކީ ސެކްސް ޕާޓީއެއް ކަމަށް ފުލުހުންވެސް އަދި އެހެން ފަރާތަކުންވެސް ހާމަ ކޮށްފައި ނުވެއެވެ. އާންމުކޮށް އެނގިފައިވާ ގޮތުގައި އެއީ ޑްރަގް ބޭނުން ކުރި ބާރތްޑޭ ޕާޓީއެކެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކާއި ފޮޓޯތަކުން ހާމަވާ ގޮތުގައި މަލްޝާއާއި ޕާޓީގައި ތިބި ބައެއް ފަރާތްތަކާއި ގާތް ގުޅުންތަކެއް އޮވެއެވެ.